ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އިތުރު ބާރެއް ލިބޭނެ އެއް ކަމަކީ ރާއްޖެ-އިންޑިއާއާ ދެމެދު ފަށަން އުޅޭ ފެރީގެ ހިދުމަތެވެ. މި ހިދުމަތް ފެށުމަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ހަލުވިކަމާ އެކީގައި މުދާ ލިބޭނެ ފަސޭހަ މަގެކެވެ. އަދި އަގު ހެޔޮކޮށް މުދާ ގެންނަން ލިބޭނެ ދޮރެކެވެ. މިއީ "އަނދަވަޅެއްގައި" އޮތް ރާއްޖޭގެ އިގްތިސާދު އަލުން ނަގާ ކޮޅަށް ޖެހުމަށް ލިބޭނެ ފުރުސަތެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ވަރަށް ބޮޑަށް ވަނީ ބަދަހިވެފައެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިގްތިސާދަށް "ދުޅަހެޔޮކަން" ގެނެސްދިނުމަށް އިންޑިއާ އިން ވަނީ އެހީތެރިވާން ފަށައިފައެވެ. ރާއްޖެ-އިންޑިއާ ކާގޯ ފެރީގެ ހިދުމަތަކީ އެކަމުގެ ހެއްކެކެވެ. އިންޑިއާގެ ވިސްނުން ހުރީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ފެރީގެ ހިދުމަތް ފެށުމަށެވެ.

ރާއްޖެ-އިންޑިއާ ފެރީ ދަތުރުތައް ފެށުމާ ގުޅޭ ގޮތުން ދާދި ފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއެކު، ފޯނުން މަޝްވަރާ ކުރެއްވިއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި، ކާގޯ ފެރީގެ ހިދުމަތާ އެކު، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެއެވެ. އަދި ހދ. ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލް ކަމަށްވުމާ އެކު، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރިއެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް، އަދި އެ ގައުމު މެދުވެރިކޮށް ބައިނަލްއަގުވާމީ މާކެޓަށް ނެރުމަށް ފަސޭހަވެގެން ދާނެ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ގަބޫލު ކުރައްވައެވެ.

އެއީ އެތައް ކޮންޓެއިނަރެއް އުފުލޭ ބޮޑު ފެރީއެއް!

އިންޑިއާ އިން ބޭނުން ކުރުމަށް ހަމަޖެހިފައިވާ ފެރީގެ ނަމަކީ "އެމްސީޕީ ލިންޒް"އެވެ. އެއީ 380 ކޮންޓެއިނަރު، އަދި 3،000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ. އަދި އެ ފެރީގެ ދިގު މިނުގައި 117 މީޓަރު ހުންނާނެއެވެ. ފެރީ ފުރަތަމަ ފުރައިގެން އިންޑިއާގެ ޓުޓިކޮރަން އިން ދާނީ ކޮޗިންއަށެވެ. އޭގެ ފަހުގައި، އެންމެ ފުރަތަމަ އަންނާނީ ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުއްޓަށް ފަހު، ފެރީ އަންނާނީ މާލެއަށެވެ.

މި ފެރީ މަހަކު ދެ ފަހަރު އިންޑިއާ އާއި ރާއްޖެއާ ދޭތެރޭގައި ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ދަތުރު ކުރުމަށް ހަމަޖެހިފައިވާ ފެރީ.

މި ފެރީން ރާއްޖެ އަށް ގާތްގަނޑަކަށް ހުރިހާ ވައްތަރައްގެ މުދާ ގެނެވޭނެއެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި އަންނައުނާއި ފަރުނީޗަރާއި ދަގަނޑާއި އިލެކްޓްރޯނިކް ސާމާނާއި ވެހިކަލް ފަދަ މުދާތައް ހިމެނެއެވެ. އިންޑިއާ އިން މި ހިދުމަތް ފެށުމާ ގުޅޭ ގޮތުން ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެފްއައިސީސީއައި) އާއި ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީއައި) އާ މަޝްވަރާ ކުރިއެވެ. އެފްއައިސީސީއައި އާއި ސީއައި އިން މަޝްވަރާ ދީފައި ވަނީ މިއީ ކުރެވިދާނެ ކަމެއްގެ ގޮތުގައެވެ.

އެކަމަކު، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާނެ ކަމަކާ މެދު އެމީހުން ސުވާލު އުފެއްދިއެވެ. އެއީ އެ ހިދުމަތަށް އެތައް ހަރަދެއް ކުރަން ޖެހުމެވެ. އެގޮތުން ފެރީ ހިންގަން ހަރަދު ކުރަން ޖެހުމާއި ޑީސަލް އަށާއި ބޯޓަށް ހަރަދު ކުރަން ޖެހުމަކީ ފީޒިބަލް ކަމަކަށް ނުވެދާނެ ކަމަށް ލަފާ ދިނެވެ. އެކަމަކު، ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިއްޖެ ނަމަ، ރާއްޖޭގެ އިގްތިސާދަށް ވެސް ހެޔޮ ބަދަލު އަންނާނެ ކަމަށް އެމީހުން ގަބޫލު ކުރެއެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފެށުމާ ގުޅޭ ގޮތުން ދާދި ފަހުން އިންޑިއާގެ ޝިޕިން މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނާއި އެކްސްޓާނަލް އެފެއާޒާއި އެފްއައިސީސީއައި އިން ވަނީ މަޝްވަރާކޮށްފައެވެ.

ހިދުމަތް ފެށުމަށް ތިން މިލިއަން ޑޮލަރުގެ އެހީ!

އިންޑިއާ ހައި ކޮމިޝަންގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެެދު ފެރީގެ ހިދުމަތް ފެށުމަށް ނިންމާފައި ވަނީ އަންނަ މަހުގެ ތިން ވަނަ ހަފްތާގެ ތެރޭގައި ކަމަށެވެ. އަދި އެކަމަށް އިންޑިއާ ސަރުކާރުން ތިން މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ) ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމައެކަނި ފުރަތަމަ އަހަރު އެކަމަށް ހަރަދު ކުރާނީ. ފެރީ ހިންގާނީ އިންޑިއާ އިން. އިންޑިއާ އިން ބޭނުން ވަނީ މިއީ ފީޒިބަލް ކަމަކަށް ހެދުން. އޭރުން ދެން އަންނަ އަހަރު އިންޑިއާ އިން ހަރަދު ކުރަން ނުޖެހޭނެ އެއަށް ގިނަ ބަޔަކު މުދާ އަރުވާ ހަދާ ނަމަ، މިއީ ޓްރޭޑް ކުރުން ކަހަލަ ކަމެއް. އެކްސްޕޯޓަރުންނާއި އިމްޕޯޓަރުން ފެރީ ބޭނުން ކުރަން ފެށީމަ އިންޑިއާ އިން އެހީވާން ނުޖެހޭނެ،" އޮފިޝަލް ވިދާޅުވިއެވެ.

ކާގޯ ފެރީގެ ހިދުމަތުގެ ސަބަބުން، މުދާ އިމްޕޯޓު ކުރުމާއި އެކްސްޕޯޓު ކުރުމުގައި ލުއިތަކެއް ލިބި ފަސޭހަ ވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ހަލުވިކަމާ އެކު، މުދާ ލިބި އަގުހެޔޮކޮށް މުދާ އެއް ތަނުން އަނެއް ތަނަށް ގެންދެވޭނެ ކަން އޭނާ ވެސް ފާހަގަކުރެއްވިއެވެ.

"އޭރުން ކުޅުދުއްފުށިންނާއި މާލެ އިން ގިނަ ބަޔަކު ފެރީ ބޭނުން ކުރާނެ މުދާ އިންޑިއާ އިން ގެނައުމަށް. އޭރުން މި ހިދުމަތް ރަނގަޅަށް ފަށައިގަންނާނެ. މިއީ އިންޑިއާ އިން ބޭނުންވާ ގޮތަކީ ވެސް. އުންމީދު ކުރަނީ މި ފެރީގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް،" ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގެ އޮފިޝަލް ވިދާޅުވިއެވެ.

ގޮންޖެހުންތައް އޮތީ ކުރިއަށް؟

ރާއްޖެއަކީ އާންމުކޮށް އިންޑިއާ އަށް އެކްސްޕޯޓް ކުރާ ގައުމެއް ނޫނެވެ. އެހެންވެ، އިންޑިއާ އިން މުދާ ހިފައިގެން ރާއްޖެ އައިސް އެނބުރި ހުސްކޮށް ދާ ނަމަ، އެއީ ދިމާވާނެ ގޮންޖެހުމެކެވެ. އެހެންވެ، ރާއްޖެ އިން އިންޑިއާ އަށް އެކްސްޕޯޓް ކުރުން އިތުރު ކުރުމަކީ ހައްލެކެވެ. މިސާލަކަށް މަހުގެ އެކިއެކި ބާވަތްތައް އިންޑިއާ އަށް އެތެރެ ކުރެވިދާނެއެވެ. އޭރުން ރާއްޖެ އަށް އެތައް ގޮތަކުން ފައިދާ ލިބޭނެއެވެ.

އިންޑިއާގެ ބެންގަލޫރާއި ނިއު ދިއްލީ އަދި މުމްބާއީގައި ދިރިއުޅޭ ޒުވާނުންނަށް ކަނޑު މަހާއި ކަޅުބިލަ މަހުގެ އެކިއެކި ބާވަތްތައް ކަމުދެއެވެ. ކަނޑުމަހުގައި ހަދާ ސޭންޑްވިޗް ފަދަ ތަކެތި އެ ޒުވާނުންނަށް ވަރަށް ބޮޑަށް ކަމުދާން ވަނީ ފަށައިފައެވެ. ގިނަ ފަހަރު ސުޕަމާކެޓު ފަދަ ތަންތަނުން އެފަދަ ތަކެތި ގަނެއެވެ. އެހެންވެ، އިންޑިއާގައި މަޑުމަޑުން ކަނޑުމަހަށް އޮންނަ ޑިމާންޑް ވަނީ އިތުރުވާން ފަށައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދާލައްވަނީ. ---- ފޮޓޯ: ރައީސް އޮފީސް

އިންޑިއާ ހައި ކޮމިޝަންގެ އޮފިޝަލް ވިދާޅުވީ ކަނޑުމަހުގެ ބާވަތްތައް އިންޑިއާ އަށް އެކްސްޕޯޓް ކުރަން ފަށައިފި ނަމަ، ބޮޑު މާކެޓެއް އުފެދިގެންދާނެ ކަމަށެވެ. އެހެންވެ، ކަނޑުމަހުގެ ބާވަތްތައް އިންޑިއާގައި ޕްރޮމޯޓް ކުރަން ރާއްޖޭގެ ކުންފުނިތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެކަމުގައި ކުންފުނިތަކަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭން ތައްޔާރަށް އޮތް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އިންޑިއާ އިން އަބަދުވެސް ފުރަތަމަ އިސްކަން ދޭނީ އަވަށްޓެރި ގައުމުތަކަށެވެ. އިންޑިއާ އިން ހާއްސަ އިސްކަމެއް ދީގެން، ރާއްޖެ އަށް އެހީތެރިވުމުގައި ދެމިތިބޭނެ ކަމަށާއި ބޭނުމަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖެ އަށް އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ، އިންޑިއާ އެންމެ ފުރަތަމަ އެހީތެރިވާނަން. ގަބޫލު ކުރަނީ ރާއްޖެ އިން ވެސް އިންޑިއާއަކީ އެންމެ އިސްކަން ދޭ ގައުމުގެ ގޮތުގައި ބަލާނެ ކަމަށް. އިންޑިއާ އިން ގުޅުން އިތުރަށް ބަދަހި ކުރަން ބޭނުން،" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދަށް އެތައް ކުރިއެރުމެއް ގެނެސްދިނުމަށް އިންޑިއާ އިން ބޭނުންވެއެވެ. ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، މި ފެރީގެ ސަބަބުން ހަލުވިކަމާ އެކު އިގްތިސާދު ކުރިއަރާނެ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.

"ކޮވިޑް-19 ގެ ތެރޭގައި ވެސް މިކަން ކުރެވޭނެ. މި ބަލިމަޑުކަމުގެ ތެރޭގައި ވެސް އެތައް މުދަލެއް އެތެރެކޮށްފައި ހުރީ. އިންޑިއާ އިން ވެސް ފަސޭހަކަމާ އެކީގައި މުދާ ލިބޭނެ މަގު ތަނަވަސްވާނެ. ކޮންމެ 15 ދުވަހަކުން، އެމީހަކު ބޭނުންވާ މުދަލެއް ލިބޭނެ،" އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖެ-އިންޑިއާ ކާގޯ ފެރީގެ ހިދުމަތް ފެށުމަކީ އެތައް ރޮނގަކުން ރާއްޖެ އަށް ކުރިއެރުން ލިބޭނެ މަގެކެވެ. އެކަމުގެ ސަބަބުން ރާއްޖެ އަށް އިންވެސްޓަރުން އައުމަށް ވެސް މަގުފަހިވާނެއެވެ. ހާއްސަކޮށް، ރާއްޖޭގެ އުތުރު ތަރައްގީގެ ނާރެހަކަށް ހެދުމަށް އެޅޭނެ ބާރެކެވެ. މި ހިދުމަތް ކާމިޔާބު ކަމާއެކީގައި ފެށިއްޖެ ނަމަ، މިއީ ދިވެހިންނަށް ވަޒީފާގެ ދޮރުތައް ހުޅުވިގެންދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ޜަނާ

    ޑް ރަގް އެތެ ރެވުމަށް ވެސް ކު ރި އެޜުމެއް

    91
    6
  2. ދިވެހިކޮރަކަލި

    ދިވެހި މަސައްކަތްތެރިންގެ ހައްގު ތައް ގާދޫކޮލުން ބޭރަށް ދިވެހި ދަނޑުވެރިންނަށް ގޮންޖެހުމެއް ހޭލާ

    94
    5
  3. ޞިރާޠު

    ތި ފެށެނީ އަޅުވެތިކަމާއެކު މަސްތުވާތަކެތީގެ މުޅިން އައު ވިޔަފާރިއެއް! ތިޔައީ ރިޔާސީ އިންތިޚާބުގެ ވަޢުދެއް! ދިވެހިން ހެވިފަ ތިބޭ!

    94
    5
  4. ބީރުމީހާ

    ޑްރަގު އެތެރެ ކުރުމަށް އިތުރު ދޮރެއް ސަރިކާރުން ތިޔާ ހުޅުވާދިނީ އަހަރުމެން އިބޫ އާއި ވެރިކަން ހަވާލުކުރީ އިންޑިޔާލައްވާ ރާއްޖެ ތަރައްގީކުރާކަށްނޫން އެދުމެއްނެތި ވެދުމެއް ނުކުރާނެ އިންޑިޔާގައިތިބި ފަގީރުންގެ ހާލުބެލުމެއްނެތި ދިވެހި މުސްލިމުންނަށް ހާދަ ހެވެކޭ މޯދީ ވަނީ ވިސްނާ ދިވެހިންނޭ ހިތާމަހުރި

    84
    3
  5. ހަނި

    އިންޑިޔާގެ ރެވުންތެ ރިކަމާއެކީގާއެދަނީ މިކުޑަގައުމު އަ:ޅުވެތި ކު ރަން ދިވެހިންވަ ރަށް ވިސްނާގެންތިބޭށެވެ މިގަމުގެ އ އެތްވެ ސްްއެޗެތް އިންޑިޔާ ކަށްްއެތެ ރިނުކު ރާނެ ؟؛؛؟؟؟؟؟؟

    32
    2
  6. ކިސަޑު

    ޑްރަގު އެތެރެ ކުރުމަށް އިތުރު ދޮރެއް ސަރިކާރުން ތިޔާ ހުޅުވާދިނީ އަހަރުމެން އިބޫ އާއި ވެރިކަން ހަވާލުކުރީ އިންޑިޔާލައްވާ ރާއްޖެ ތަރައްގީކުރާކަށްނޫން އެދުމެއްނެތި ވެދުމެއް ނުކުރާނެ އިންޑިޔާގައިތިބި ފަގީރުންގެ ހާލުބެލުމެއްނެތި ދިވެހި މުސްލިމުންނަށް ހާދަ ހެވެކޭ މޯދީ ވަނީ ވިސްނާ ދިވެހިންނޭ ހިތާމަހުރި

    20
    1
  7. ކަމަނަ

    ޢަލީރާޖާއަކީ ކާކު
    ވައޭ ހަޑިކުރީ ވިހަ އެ ނޭވާ ތަކުން
    ފައޭ ހަރުކުރަންވެސް ފެށީ މަޑުމަޑުން
    ލެޔޭ އޮހޮރުވަން ދެން ފެށީ ހަމަ ބިމަށް

    78
    3
  8. ޢަދުރޭ

    ޢިންޑިއާ އިން ކިހާވަރެއް ދީގެން ލިޔުނު އާޓިކަލް އެއް މީ

    87
    6
  9. ހުސޭނުބޭ

    އިންޑިޔާގެ އަޅުވެތިކަމަށް ވައްޓާލަން ތި އުޅެނީ!

    84
    6
  10. ޑުރަގުފެރީ

    ތި ފެރީގެ ސަބަބުން ފައިދާވާނީ އިންޑިއާ އަށާއި ޑުރަގު ވިޔަފަރި ކުރާ މީހުންނަށް.. ތިޔައިނ ދިވެހިންނަށް ލިބޭނެ ފައިދާއަށް ވުރެ ގެއްލުން ބޮޑުވާނެ/ ދާދި އަވަހަށް މާލެއަށް ވީހެން އިންޑިއާ މީހުންތައް ކުޅުދޫފުށި ވިޔަވާރިވެރިންގެ މައްޗައް އަތްގަދަ ކުރާނެ .. ކަޑަތަކާއި ހަޓުތަކާއި ރިޝްވަތުން... ޝުކުރިއްޔާ ރައީސް

    78
    2
  11. ާަާަަައަސްލު

    ތީއަޅުވެތިކުރުން، ފިލިކުރަނީ ބޭނުމުގެކުރިން..ސުބުހާނަﷲ..ލަންކާއަށް ތަމަޅައިން އެރާ ޖެފްނާހިސޯރްކުރީ ދެން 25އަހަރު ދާހިލީހަނގުރާމައެއްކުރި ތިމީހުންނާރާތަނެއް މިދިވެހިރާއްޖެނޫނީޔާމު މިއޭސިޔާތެރޭގަނެއް...!؟
    ދިވެހިން ވަރައް ފުންކޮއްވިސްނާ.

    66
    2
  12. ސިކުނޑި

    ތިޔަކަމާ މަ ދެކޮޅު! ތީ ބޮޑަށް ހީވާގޮތުން އެމީހުން މަލިކަށް ހަދާގޮތް! ރާއްޖޭގައި ޑިމާންޑާއި އެއްވަރަށް މުދާލިބޭ! އަދި ރާއްޖޭގެ އާބާދީގެ ބޮޑުބައެއް އިންޑިއާ ގްރޭޑްގެ މުދާ ބޭނުމެއް ނުކުރޭ!

    69
    2
  13. ތެދު

    ޗައިނާއާއި ފްފީޓްރޭޑް އެއްބަސްވުންހެދީމަކަމުނުދިޔައީ ފއަތޮޅު ސައޫދީއަށްދޭން އެއްބަސްނުވީ ެެެެެެެެެެެެެެެެެެެެެެެެެެެ އެކަމަކު އިނޑިޔާގެ އަތްދަށުވެވޭ...ބޯހަލާކު..
    ސައުދީއަކީ އިސްލާމްގައުމެއް އެމީހުން 10ބިލިއަންޑޮލަރު އިންވެސްޓްކުރަންބުނި..
    މޮޔަދިވެހިންތަކެއް ެެެެެ އިދިކޮޅުހެދީ..!؟

    78
    2
  14. ވިސްނާލުމަށް އެދެމޭ

    ހެޔޮނުވާނެ ފައިސާގެ ދަހިވެތިކަމުގަ ނޫސްވެ ރިން ގައުމަށް ތިވަ ރަށް ގައްދާ ރުވާން..ގައުމަށް ދި ރުންތޯލިބޭނީ އަދި ރިތޯލިބޭނީ ނޭގޭވަ ރަށް ދިވެހިން ގަމާ ރެނޫން...ދިވެހިންގެ ގިނަބަޔަކު އެގިތިބެ ގައުމަށް ގައްދާ ރުވެ ޖީބަށްވިކި ދިންވޯޓުގެ ނަތީޖާ މިއަދުވެސް ތަހައްމަލްކު ރަމުން ރައްޔިތުން މިދަނީ..މިދަޑިވަޅުގަ އަނެއްކާ މިހާ ރަށްވު ރެ ނު ރައްކާތެ ރިކަމަށް ގައުމުވައްޓާލަމުންދާކަން އެގިތިބެ ރައްޔިތުންނަ އޮޅުވާލަން މީޑިޔާތަކުން ތިކު ރާ ދަށުދަ ރަޖައިގެ އަމަލު ހުއްޓާނުލެވެންޏާ ސީދާ ފާޅުކޮށް އިގޭގޮތަށް ލިޔެބަލަ ތިމަންނަމެން ދިވެހިގައުމު އިންޑިޔާގެ ހިމާޔަތަށް ގެންދަންށޭމިތިބީ ބައިއަތުހިފައިގެން އިންޑިޔާއަށް..މީގެ 10އަހަ ރުފަހުން މީޑިޔާތަކުގަ ހެޑްލައިންއަޅަން ތިބޭފުޅުންގެ ބަދަލުގަ ތިބޭނީ ކޮއްމެވެސް ރާޖުކުމާ ރަކާ ސަންތޯޝީއެއް..އަހަ ރެމެން އެދުވަހުން ކު ރާނެކަމެނޯނެ ޝަކުވާކު ރަން ޔާމީނެ ނަވާޒެ ޝަ ރުމީލާއެ ނުހުންނާނެ..މަލިކު ހަނޑޫ ގޯންޏަކަށް ދޫވިގޮތަށް ދުނިޔެމަތީ ސުވަ ރުގެފަދަ ދިވެހި ރާއްޖެ އިންޑިޔާގެ ހިމާޔަތުގައޮތުން ނޫންގޮތެނެތި ގެ ރިގާޑިޔާ ދުއްވަންތިބެދާނެ..ތިޔަ ނޫސްވެ ރިންގެ ބެލެނެވެ ރިން ފަޙު ރުވެ ރިކަމާއެކު ތިބޭފުޅުންނަ ޝުކު ރުއަދާކު ރާނެ ތިބޭފުޅުންގެ ދަ ރިފަސްކޮޅު އުފަލުން ނަށާނެ މިއަދު ތިބޭފުޅުންގެ އުހުލާސްތެ ރި ގައުމީ ލޯތްބާ ވަތަނައްޓަކާ ތިވާ ގު ރުބާނީފެނިފަ..

    46
    5
  15. Anonymous

    އިންޑިޔާގައި ވ. ބާރަށް ކޮވިޑް ފެތުރޭ އިރުވެސް އެއްޗެއް ހިތަށްނޭރިދޯ. ދިވެހި ރައްޔިތުން ނަށް އެއްވެސް ހެވެއް ނޭދޭ. މިހާގަދައަށް ބަލިފެތުރޭއިރު ތިޔަކަން ކުރަން ރައްޔިތުން ދެކޮޅު ސޯލިޙަށް ޤައުމުގެ ނުހިންގެންޏާ އިސްތިޢްފާ ދެއްވާ އާދޭސް މިކުރީ.

    50
    3
  16. ވިސްނާ

    މިކަމުގެ ސަބަބުން ރާއޖޭގެ އުފެއްދުންތަށް ދާނީ ދަށައް...އުފެއްދުންތަށް ނުއްވުގަ ދޫކޮށްލަންޖެހޭނީ

    48
    3
  17. ހަމަހޭ

    އެންމެފަހުން ވަގުތުވެސް ގަނެލީ. ދުނިޔޭގައި ފައިސާއަށްވުރެ އެއްވެސް އެއްޗެއް ބާރުގަދަނުވާނެ.

    43
    2
  18. ދުޢާ

    ﷲގެ ޙަޟްރަތުން މިކަމުގައި ބަރަކާތް ލައްވަވައި، މިރާއްޖޭގެ ރައްޔިތުންނަށް މަންފާ މިންވަރު ކުރައްވަވައި، މިފެރީގެ ދަތުރު ތަކަކީ ރައްކާތެރި އަމާން ދަތުރުތަކެއް ކަމުގައި ލައްވާފާނދޭވެ! އާމީން

    7
    32
  19. މަރުމޯލު މޯޑީ

    سُـبْـحَـانَ ٱلله ވަގުތު ނޫހުން ބުދަށް އަޅުކަން ކުރާ ހިންދޫއިންގެ ވާހަކަ އިސްތިހާރުކޮށް ޕުރަމޯޓު ކުރަންފެށީތޯ؟ نَعُوْذُبِالله

    39
    7
  20. mine

    ވަރަށް ރަނގަޅު ނިޒާމަކަށް ވާނެ ކަމަށް އުންމީދު ކުރަން. ހެޔޮ ގޮތުގައި ކުރާ ކަމެއް ނަމަ، އަބަދުވެސް ތާއީދު ކުރާނަން.

    5
    35
  21. ބުއްޅަބޭ

    ވޯރާ ވިޔާފާރިވެރިން މިފަހަރު ވެރިންގެ އެއްބާރުލުމާއި އެކު.
    ޢުތުރު ހުރިހާ ރަށެއްގެ އުފެއްދުންތެރިކަން ބަގުރޫޓްވީ.
    އިގްތިސާދު ކޯޗެއްކަން ނޭނގޭ ބަޔަކު ކުރާނެ ހުރިހާ ކަމެއްވެސް ކޮށްނިމެނީ

    18
    1
  22. ހަވާސާ އިބޫ

    މަސްތުވާތަކެއްޗާއި ވަގުފައިސާ އެތެރެކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް އިންޑިޔާގެ އަޅުވެތިކަމަށް ދިވެހިރާއްޖެ ގެންދިއުމުގެ ފުރަތަމަ މަގު

    22
    2
  23. ވެރިނ ް

    ގައުމެއްނެތް ގައުމު ވިއްކާ ހުސްކޮއްފި އަޅުވެތިކަމުގެ ހިތިރަހަ ނުލަނީސް ގައުމު ސަލާމަތްކުރަމާ...

    20
    1
  24. ރާއްޖެތެރެ

    މީ އިންޑިޔާއިން ޖަހާ މަޅިއެއް މިކަމުގެ ސަބަބުން އިންޑިޔާގެ އިގްތިސޯދު ކުރިއަރާނީ.

  25. ދޮންބެ

    ވަރަށް ދެރަ . މިނޫސްވެސް ވަކިކޮޅަކަށް ގޮސް ހުސްވެއްޖެ.

  26. ނަ

    ވިސްނާން ނުވޭތޯ އެ މިހިރަ ދަނީ އެ ފި އަވަޅަކަ އްފަހު ފި އެވެ އް މިސަރުކާރު ނުވާނެ ދިވެހިން ނަކަ އް އެވެ އް

  27. ނަސްރީނާ

    ހަމަ އެކަނި ތި ދިރުން ލިބޭނީ ކަލޭމެއް ގެ ދެތޮން މީހުނަން

  28. ާއަހުމަދު

    ދިވެހިންގެ ވިޔަފާރި ހަލާކު
    އިގުތިސާދު ބަގުރޫޓު
    އަލުންބޯރާ ވިޔަފާރިފެށުމުގެ ކޮޅުމަތި