(އައްޑޫ ސިޓީ، މީދޫ) މި ރަށުގައި ދަނޑުވެރިކަން ކުރުމަށް ހައްދާފައި ހުރި ދަނޑުތަކުގެ ތެރެއިން ދަނޑެއްގެ ތެރެއަށް ވަދެގެން ދިޔަ އިރު، ލޮލުގައި އަޅައިގަތީ މޭޒެއް މައްޗަށް ފުރެންދެން އަޅާފައި ހުރި މިރުސްތަކަށެވެ. ބިނދެފައި ހުރި މިރުސްތަކުގެ ފެހިކަން ގަދައެވެ. މިރުސްތަކާ ކައިރިވި ވަރަކަށް ކުޅި ވަސްގަނޑު އަރައިގެން ދިޔައެވެ. އެއީ ހަގީގަތުގައި ވެސް ކުޅި، މީރު މިރުހެއް ކަން ކަށަވަރުވީ އެ ހިސާބުންނެވެ. މާލޭގެ މާރުކޭޓުތަކުގައި ވިއްކަން ހުންނަ މިރުސްތަކާ އެއް ކަހަލަ ސިފަތަކެކެވެ. މި ރަށުން ފެނުނު މިރުސްތަކާއި ކަނޑޫދޫ މިރުސްތަކާ ތަފާތެއް ނެތެވެ.
ރާއްޖޭގައި އެންމެ މަޝްހޫރު، ކުޅި މިރުހެއްގެ ގޮތުގައި މިހާތަނަށް ވެސް ފާހަގަ ކުރެވިފައި އޮތީ ތ. ކަނޑޫދޫގައި ހައްދަމުން އަންނަ މިރުހެވެ. ރޯދަ މަހާ ދިމާކޮށް އެ މިރުހުގެ ޑިމާންޑު ބޮޑުވެ، "ރަނަށް"ވާ ފަހަރު ވެސް ދެއެވެ. މީގެކުރިން ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު މާލޭގައި 1،500ރ. އަށް ވެސް އެރިއެވެ. މި އަހަރު ކަނޑޫދޫ މިރުސް ކިލޯއެއް ވިއްކާ އަގު 800-900ރ. އާ ދެމެދުގެ އަގެއްގައި ވެސް ހުއްޓެވެ.
އެކަމަކު، އައްޑޫ ސިޓީ، މީދޫގެ ދަނޑުވެރިން ދޭ ޔަގީން ކަމަކީ މިއީ އެވެ؛ ކަނޑޫދޫގައި ހައްދާ މިރުހާއި މީދޫގައި ހައްދާ މިރުހާ ތަފާތެއް ނެތް ކަމެވެ. ކަނޑޫދޫ މިރުހުގައި ހުންނަ ކުޅި ރަހަ އާއި މީދޫގައި ހައްދާ މިރުހުގައި ހުންނަ ކުޅި ރަހައާ ތަފާތެއް ނުހުންނާނެ ކަމެވެ. ކަނޑޫދޫ މިރުސް "ބްރޭންޑެއް" ގޮތުގައި ބަޔަކު ވިއްކި ނަމަވެސް، މީދޫގައި ހައްދާ މިރުސް ވަކި ދެރައެއް ނުވާނެ ކަމެވެ. ދަނޑުވެރިން ފާހަގަ ކުރާ ގޮތުން ނަމަ، ކަނޑޫދޫ މިރުހެކޭ އެއްގޮތަށް މީދޫ މިރުހަކީ ސައިޒްގެ ގޮތުން ވިޔަސް، ރަހައިގެ ގޮތުން ވިޔަސް ތަފާތެއް ނުހުންނަ މިރުހެކެވެ.
މީދޫގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން އަންނަތާ އަށް އަހަރުވެފައިވާ އަލީ ޝަރީފް 54، ގިނަ އިން ހައްދަމުން އަންނަ އެއް ބާވަތަކީ މިރުހެވެ. އެކަމަކު، ޑިމާންޑް ކުޑަވުމާއި މިރުސް ހެއްދޭ އަދަދު މަދުވުމަކީ އަލީ ޝަރީފްގެ ކަންބޮޑުވުމެކެވެ. އަލީ ޝަރީފް ވިދާޅުވި ގޮތުގައި ކަނޑޫދޫ މިރުހާއި މީދޫގެ މިރުހުގެ ކޮލިޓީއާ ވާނީ އެއް ވަރެކެވެ. އަދި މީދޫގެ މިރުހާއި ކަނޑޫދޫ މިރުހުގައި ތަފާތެއް ނުހުންނަ ކަން ތަޖުރިބާގެ އަލީގައި އެއްބަސްވިއެވެ.
"އެއް ތަނެއްގައި ބެހެއްޓިޔަސް ތަފާތެއް ނުފެންނާނެ ދެ މިރުހުގެ. ބަލާފައި ބުނާކަށް ވެސް ނޭނގޭނެ. މިއޮތީ މިރުހުގެ ރަށެއްގެ ގޮތުގައި ކަނޑޫދޫ މަޝްހޫރުވެފައި، އަޅުގަނޑުމެން މި ހައްދަނީ އެއް މުޑުވަކެއްގައި، ކަނޑޫދޫ މީހުން ހައްދާ މިރުސް ހަމަ" އަލީ ޝަރީފް ކިޔައި ދިނެވެ.
އަލީ ޝަރީފް ވަނީ މުޑުވަށް ކުރާ ގޮތް ވެސް ވަރަށް ތަފްސީލްކޮށް ކިޔައި ދީފައެވެ.
"ފުރަތަމަ ކަމަކަށް ކުރީ މިރުސް ހޯދުން. މިރުސް ހައްދަން ވެގެން އަޅުގަނޑުމެން ގަތިން ދެ ކިލޯ މިރުސް. ފުރަތަމަ ގެނައި މިރުސް ކަމު ނުގޮސްގެން އަނެއްކާ އެގޮތަށް ގަނެގެން އޮށްތައް ނަގައިގެން ކުރިއަށް މިގެންދަނީ،" އަލީ ޝަރީފް ބުންޏެވެ.
މިރުހުގެ ރަހަ ރަނގަޅު ކުރުމަށްޓަކައި އަލީ ޝަރީފް ބޭނުން ކުރަނީ އަލްބާޓް ސޮލިއުޝަނެވެ.
އެއް މަހެއްގެ ތެރޭގައި ކަނޑާލެވުނު މިރުހުގެ އަދަދު 110 ކިލޯއަށް އަރައެވެ. އެއީ އަލީ ޝަރީފަށް މަހެއްގެ ތެރޭގައި އެންމެ ގިނަ އިން ކަނޑާލެވުނު މިރުހެވެ. އޭނާ އެ ކަން ސިފަ ކުރަނީ ވެސް ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.
ދަނޑުވެރިކަން ކުރުމަށް 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންވެސްޓް ކުރި އަލީ ޝަރީފް އިންދާ މިރުސް ގަސްތައް ކައިރިއަށް ދިޔަ އިރު، ހުރިހާ ގަހެއް ހެން ހުރީ ވަރަށް އެއްވަރަށެވެ. އަލީ ޝަރީފް ގަސްތައް ބަލަހައްޓަމުން ދަނީ ވަރަށް ލޯތްބާއި އަޅާލުން ދީގެންނެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މިރުސް އެހެން ރަށްރަށަށް ފޮނުވޭ މިންވަރު މަދުވުމަކީ އަލީ ޝަރީފްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
"ކޯޕަރޭޓިވް ސޮސައިޓީ އޮންނަ އިރު، މަހެއްގެ މައްޗަށް ލިބޭނެ 70-75 ކިލޯ،" ކޮވިޑް-19 ގެ ކުރިން މަހެއްގެ މައްޗަށް ކަނޑާލެވޭ މިރުހުގެ އަދަދު ހާމަކޮށް ޝަރީފް ބުންޏެވެ.
ހަމަ އެގޮތަށް، މިރުސް ގަސް ހެއްދުމަށް ގިނަ ހަރަދުތަކެއް ވެސް އަލީ ޝަރީފް ކުރެއެވެ.
GALLERY:- Kandoodhoo Miruhah Vure Kulhi Addu Mirus
Posted by Vaguthu on Friday, 4 December 2020
ގާތްގަނޑަކަށް 20،000 އަކަފޫޓުގައި ދަނޑުވެރިކަން ކުރަމުން އަންނަ އަލީ ޝަރީފް ބުނި ގޮތުގައި ރާއްޖޭގެ ރަށްރަށުން މިހާރު މީދޫ އަށް މިރުހެއް ނުގެނެއެވެ. ރަށުގައި ހައްދާ މިރުސް މެދުވެރިކޮށް ރައްޔިތުންނަށް ދަތިކަމެއް ނެތި މިރުސް ލިބެއެވެ.
"އެކަމަކު، ކަނޑޫދޫގައި ހައްދާ އަދަދަށް އަޅުގަނޑުމެންނަށް ނުހެއްދޭ. އެއީ ވަރަށް ބޮޑު އަދަދެއް އެމީހުން އެ ހަދަނީ. އެކަމަކު ކޮލިޓީ ހަމަ އެކައްޗެއް. އަޅުގަނޑުމެންގެ މިކޮޅުގެ މިރުސް ކުޅި ގަދަ ވާނެ. ރަށު ތެރޭގެ ފިހާރަތަކުން އާންމުން ގަންނަން ބޭނުން ވަނީ މީދޫ މިރުސް. އެހެންވީމަ އަޅުގަނޑުމެން މިކިއަނީ މީދޫ މިރުސް. އަޅުގަނޑުމެންގެ މިރުސް ޕްރޮޑަކްޓެއްގެ ގޮތުގައި ނެރެން ބޭނުންވޭ ރާއްޖެ އަށް،" އަލީ ޝަރީފް ވިދާޅުވިއެވެ.
އަލީ ޝަރީފްގެ އެހެން ކަންބޮޑުވުމެއް ވެސް އެބައޮތެވެ. އެއީ މީދޫގެ ދަނޑުތަކުން ވައްކަން ކުރާ މައްސަލައެވެ. "ވަގުން" ގެ އުނދަގޫ ބޮޑުވެގެން ދަނޑުތަކުގައި މިހާރު ހުރީ ކެމެރާ ބަހައްޓައިފައެވެ. އަދި ދަނޑުވެރިކަން ފުޅާ ކުރަން ސަރުކާރުގެ ފަރާތުން އެހީތެރިކަން ނުލިބުމަކީ ކަންބޮޑުވުމެކެވެ. އޭނާ ބުނި ގޮތުގައި ފިޝަރީޒް އެންޑް އެގްރިކަލްޗަ މިނިސްޓްރީން ހާއްސަ އެހީތެރިކަމެއް މީދޫ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހެއެވެ.
މީދޫ ދަނޑުވެރިންގެ އަމާޒު މިވަގުތު ހުރީ މީދޫ މިރުހުގެ ނަމުގައި ޕްރޮޑަކްޓެއް މާލޭގެ ބާޒާރަށް ނެރުމަށެވެ. މީދޫ މިރުސް މާލޭގެ ބާޒާރުތަކުގައި އާއި ފިހާރަތަކުގައި މާކެޓު ކުރެވިއްޖެ ނަމަ، ކަނޑޫދޫ މިރުސް ވައްޓާލެވުމަކީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ. ކަނޑޫދޫ މިރުހުގެ އަގު ބޮޑުކަމުން އެ ރަށު މިރުސް ނޫން ހައްލެއް ރާއްޖޭގެ ރައްޔިތުން ތިބީ މިހާރު ބޭނުންވެފައެވެ.
އެކަމަށް އޮތް ހަމައެކަނި ހައްލަކީ ވެސް މީދޫ މިރުހެވެ. މީދޫ މިރުސް މިހާރު ވިއްކަމުން އަންނަނީ ކިލޯއެއް 250ރ. އަށެވެ.
އައްޑޫ ގޫބައްޑާ
ތިޔަތާ އުޅޭ މީހުންނައް ކެނޑޭނި ފޮނި
ހަޖަމް ޕްލީޒް
މި ސަރުކާރަށް ތި ފެނިއްޖިއްޔާ ތިވެސް ދިރުވާލަފާނެ ފެންފޮދަކާ ނުލާ
އެއްޗެއް ދިރުވާލިމީހާ އޮތީ ޖަލުގަ
ދެރަ އީ ހުރިހާ އެ އްޗެ އް ދިރުވާލި މީހުން ތިބީ ޖަލުން ބޭރުގަ.
ކަލޭ ތިޔަސޕޯޓްކުރާމީހާ ޖަލުގައި އޮންނަތަން ކަލޭ އަދި ދެކޭނެ. އެދުވަހުން ކަލޭގެ ތިޔަ ކޮމެންޓް ކުރަންވާނެ.
މި ރަށު މިރުސް މީރު
ކަމުން މީހަކަށް ފަހަރަކު 3 ތި ކެވޭނެ
ކަނޑޫދޫ މިރުހަށްވުރެ ހދ ނޮޅިަރަމްގަ ހަޢްދާ މިރުސް މާ މީރުވެފަ ޖީބަށްވެސް ލު އި. އަދި ށ. ގޮ އިދޫ މިރުސްވެސް ވަކި ދެރަ އެއ އް ނޫން. ބަ އެއ އް މީހުންނަށް ކަނޑޫދޫ މިރުސް ނޫނީ ނުކެވެނީ.
މީދޫ ދަނޑުވެރިން ކުރާ މަސަ އްކަތުގަ އި މާﷲ ބަރަކާތް ލަ އްވާށި އެވެ. އާމީން
ބަލަ ކަނޑޫދޫ މިރުހޭ ކިޔާފަ ބާޒާރުގަ ވިއްކަނީ ފަޅު ރައްރަށުގަ ހައްދާ ކަނޑޫދޫ މުޑުވަކުގެ މިރުސް. ކަނޑޫދޫއަށް ދިޔާމަ އެނގޭނެ ބާޒާރުން އެފެންނަ ވަރަށް މިރުސް ނުހުންނަކަން
ކަނޑޫދޫ މީހުން ވިސްނާތި.. ދަތިވާވަގުތު އަގުބޮދުކޮއްފަ، ތިތިބީ، ތިމީހުންގެ މިރުހަށް އޮތް ޑިމާންޑު ނެތިހިގަިދާނެ. ،
ހާދަވަރަކަށް މިމީހާ ކަނޑޫދޫ މިރުހާ ވާދަކަރަނީ. ކަނޑޫދޫ މީހުން ނޫޅޭ ބަޔަކާ ވާދަކުރާކަށް މިރުސް ހަ އްދަން. މަމެން ފަޚުރުވެރިވޭ ކަނޑޫދޫ މިރުސް ބްރޭންޑަކަށް ވާތީ
ކަނޑޫދޫ ދަނޑުވެރިން ދިވެހިން ފެލާ ލޫޓުވާލީ
ކަނޑޫދޫ އެއް މައިބައިދޫ އޮވޭތަ. ދިވެހި މިރުސް ވިއްޔާ މަ އޯކޭ
ޑޫޑު ކަލޭ ހާދަ ޖޭ ވެފައޭދޯ ތިހުރީ. މަށަށް ހީވަނީ އައްޑޫ މީހުން ދޮންވެފައި ރީތި ވީމަހެން ކަލޭ ތި ޖޭވަނީ.
ވަކި ރަށަކަށް ވީމަ ރަހަ ތަފާތުވާ ކަމެއް ނުދެނެހުރިން.
ކަނޑޫދޫގަ ހެއްދީމަ ހަމަ ކުޅިގަދައީ އެހެން ރަށްރަށް މި މުުޑުވައް ގެންގޮސްގެން ހައްދާފަ އެބަހުރި އެކަމަކު މި ކުޅިރަހަ އާއި އެ ހުންނަ މީރު ރަހައެއް ނުހުރޭ