އދ. ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވަން ލިބިވަޑައިގެންނެވުމަކީ ގައުމެއްގެ ރައީސަކަށް ލިބިވަޑައިގަންނަވާނެ އެެންމެ ބޮޑު އެއް ޝަރަފެވެ. ބައިނަލްއަގްވާމީ ދުނިޔޭގައި އަޑު އުފުލައި ދުނިޔޭގައި ހިނގާ ކަންތައްތަކަށް ބަސް ބުނުމުގެ ފުރުސަތު ލިބޭ އެންމެ ބޮޑު އެއް ޕްލެޓްފޯމެވެ.
މިއަދު ބާއްވާ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ޝެޝަން ރާއްޖެއަށް އެތައް ގޮތަކުން ހާއްސަވެގެންދެއެވެ. ރާއްޖެއަށް ލިބޭ އެންމެ ބޮޑު އެއް ފަހުރަކީ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމު ދިވެއްސަކު ފުރުއްވަމުން ގެންދަވާކަމެވެ. އެއީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.
މިއީ ރާއްޖެ އދ. އާ ގުޅުނުފަހުން، ބައިނަލްއަގްވާމީ މައިދާނުގައި ފާއިތުވި ދިގު މާޒީގައި މިހާތަނަށް ރާއްޖެއަށް ނުލިބޭހާ ބޮޑު ކާމިޔާބީއެކެވެ. ބޮޑު ޢައުލަބިއްޔަތުން 76 ވަނަ ސެޝަންގެ ރައީސްކަން ޝާހިދު ކާމިޔާބު ކުރެއްވުމަކީ ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖޭގެ ނަން "ފަވާލަން" ލިބުނު ބޮޑު ފުރުސަތެކެވެ.
ކުޑަކުޑަ ޖަޒީރާ ރާއްޖެ މިއަދު ދަތުރުކުރަމުން މިދަނީ އެ އަމާޒަށެވެ. އާއްމު މަޖިލީހުގެ ރައީސްކަމާއި ހަވާލުވެވަޑައިގެންނެވުމަށް ވެސް ޝާހިދު ވިދާޅުވެފައިވާ ގޮތުން ނަމަ މިއީ އޭނާއަށް އެކަނި ލިބިވަޑައިގެންނެވި ކާމިޔާބީއެއް ނޫނެވެ. މިއީ ދިވެހިންނަށް ލިބިވަޑައިގެންނެވި ކާމިޔާބީއެކެވެ. އެކަމަކުގައި ހުރިހާ ދިވެހިން ޝާމިލްވެއެވެ.
"މިއީ ރާއްޖޭގެ ރައްޔިތުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ. ހާމަވީ ސަރުކާރުގެ ސިޔާސަތުގެ ވަރުގަދަކަމާއި ސިޔާސަތުގެ ގަދަކަން" އާއްމު މަޖިލީހުގެ ރައީސްކަން ކާމިޔާބު ކުރައްވާ "ވަގުތު"އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވިއެވެ.
ރާއްޖެ އަށާއި ދިވެހިންނަށް ކުރިން ނުލިބުނު އެތައް ފުރުސަތުތަކެއް ދެން ލިބޭނެ ކަމަށާއި ހާއްސަކޮށް ޓޫރިޒަމާއި އިގްތިސާދަށް މިކަމުން ފައިދާވާނެ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި މިހާރުން ފެށިގެން އެތައް މަސައްކަތެއް ކުރައްވަމުން އެބަ ގެންދަވައެވެ.
މިއަދު ރާއްޖެ ގަޑިން ހަވީރު ހައެއް ޖަހާއިރު ފަށާ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ރައީސް ސޯލިހުއަށް ވާހަކަފުޅު ދައްކަވަން ހަމަޖެހިފައިވަނީ ތިން ވަނައަށެވެ. މިއީ މިހާ ކުރިން ރާއްޖޭގެ ރައީސަށް އާއްމު މަޖިލީހުގައި ވާހަކަ ދައްކަވަން ލިބޭ ފުރަތަމަ ފަހަރެވެ. ޖަލްސާ ހުޅުވައި ދެއްވަނީވެސް ދިވެއްސެކެވެ. ދުނިޔޭގެ އެންމެ ބޮޑު ބާރުގެ ވެރިޔާ އަދި އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ފަހު ވާހަކަފުޅު ދައްކަވާނީ ވެސް ދިވެއްސެކެވެ. އެއީ ރައީސް ސޯލިހެވެ. އެމަނިކުފާނު ވާހަކަ ފުޅު ދެއްކެވުމަށް ހަމަޖެހިފައި ވަނީ ދިވެހި ބަހުންނެވެ. މިއީ ވެސް ދިވެހިންނަށް ތާރީހީ ވަގުތުކޮޅެކެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ސިފަކުރައްވާ ގޮތުގައި އާއްމު މަޖިލީހުގައި ރައީސް ތަގުރީރު ކުރައްވާ ވަގުތަކީ ދިވެހިންނަށް ލިބޭނެ ވަރަށް ބޮޑު ފަހުރެކެވެ.
މަބްރޫކް ވިދާޅުވީ އެހާ ކުރިން ތަގްރީރު ކުރައްވަން ރައީސަށް ލިބިވަޑައިގެންނެވުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ކާމިޔާބީގެ ރަމްޒެކެވެ. ރައީސްގެ ތަގްރީރުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކުމަށް ހަމަޖހިެފައިވަނީ ބައިނަލްއަގްވާމީ ގޮތުން ދިމާވާ ކަންތައްތަކާއި ގައުމަށް ދިމާވާ ކަންތައްތަކާއި ގުޅޭ ގޮތުންނެވެ. ރައީސްގެ ދަތުރުފުޅުތަކުގައި ބޭރުގެ ބައެއް ގައުމުތަކުގެ އިސްވެރިންނާއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުންތަކުގައި ރާއްޖެއަށް ވެދެވޭނެ އެހީތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެއެވެ.
ރައީސް ސޯލިހު، 2019 ވަނަ އަހަރު އދ.ގެ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ދަތުރުފުޅަކީ ރައީސް އޮފީހުން ވިދާޅުވި ގޮތުން "ހާހުން ފައިދާވި" ދަތުރުކެވެ. އެ ދަތުރު ރާއްޖެ މިދިޔަ ތިން އަހަރު ހޯދި ކުރިއެރުންތަކެއް ހޯދައިފިއެވެ. އަލުން ކޮމަންވެލްތްއާ ގުޅުމުގެ ނަތީޖާއެއްގެ ގޮތުން ޔޫރަޕުގެ ގައުމުތަކުގައި ރާއްޖެ އަށް އޮތް ފުރުސަތުތައް ފަހިވެގެންދިޔައެވެ. ރާއްޖޭގައި ފޮރިން ކޮންސިއުލާ އޮފީސްތައް ހުޅުވި، ރާއްޖޭގައި ތިބެގެން ޔޫރަޕުގެ ވިސާ ލިބުމުގެ ފުރުސަތު ފަހިވެގެން ދިޔައެވެ. ތަރައްގީ ގެ ދުވެލި އަވަސް ކުރުމަށް ލުއިފަސޭހަ އަގުތަކެއްގައި ލޯނު ލިބޭނެ މަގު ފަހިވެގެންވެސް ދިޔައެވެ.
މިއީ ހައްތާވެސް ރާއްޖެއަށް ލިބުނު ފައިދާތަކެވެ.
ކޮންމެއަކަސް މިއީ ރައީސް ސޯލިހް، އދ. ގެ އާންމު މަޖިލިހުގައި ތަގްރީރު ކުރައްވާނެ ދެ ވަނަ ފަހަރެވެ. މީގެކުރިން، އދ. ގެ އާންމު މަޖިލިހުގައި އެމަނިކުފާނު ތަގްރީރު ކުރެއްވި އިރާއި މިހާރާ ވަރަށް ބޮޑަށް ތަފާތެވެ. އޭރުގައި ރިޔާސަތުގައި އިންނެވީ އެހެން ގައުމެއްގެ ބޭފުޅެކެވެ. މިއަދު ރިޔާސަތުގައި އިންނެވީ ދިވެހި ބިމަށް އުފަން ދަރިއެކެވެ. މިކަމުން ވެސް ރާއްޖޭގެ ހައިބަތު ދައްކުވައިދެއެވެ.
މިއީ ހަމަގައިމުވެސް ރައީސްގެ ދަތުރުފުޅު ހާއްސަވެފައި، ގިނަ ބަޔަކާ ބައްދަލު ކުރެއްވުމަށް ލިބޭނެ އިތުރު މަގެކެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިންނަށް ކުރިން ނުހުޅުވި އޮތް އެތެއް "ދޮރެއް" ހުޅުވިގެންދާނެއެވެ.
ބޮޑެތި ވައްކަން ކޮށްގެން ނިއުޔޯކުގަ ގޮސް މިހުންނަނީ. ލަދެއް ޙަޔާތެއް ނެތް.
އެއްކަމެއްވެސް ނުވާނެ. ކޮބާ ވެރިކަން ހޯދަން ދެމިހާ ބެނާތައް...
ރާއްޖެ ދިރުވާލައިފި ރާއްޖެ ގެއްލިއްޖެ ތިމާމެން އެކަނި ފިޔާޖަހަނީ އުހުފާ
ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ
އާނ! ........ ވިދާބަބުޅާވަރުން މިއުޅެނީ ލޯދިލުވާލަން ނުކެރިގެން! އެމްއެމްޕީއާރުސީގެ 35 މިލިއަން ޑޮލަރުވެސް އެއާއެކު ވަރަށް ވިދާނެ! ކާޕެޓްތަކާއި ފައިފުހިތައްވެސް ވަރަށް ވިދާނެ!
އދ.ގެ އާއްމު މަޖިލީހުގެ ރައީސް ޢަބުދުﷲޝާހިދަކީ އެހެންގައުމެއްގެ ބޭފުޅެއްތަ ؟؟؟އެބޭފުޅާ މިގައުމަށް އަންނަން މިގައުމުގެ ރައީސް ދައުވަތު އަރުވަން!! ޝަޓް އަ ޖޯކް ފުކެއް ބޮޑުވަރު##
މިކަމުން ފައިދާ ލިބޭނީ ހަމަ އެކަނި މަހުޖަނުންނާއި ސިޔާސީ ވެރިންނަށް. ދެރަ މީހާ ކަމެއް ޖެހުނީމަ ޖެހޭނީ ނާށިގަނޑު ހިފައިގެން ސަލާންޖަހަން. ދެރަ މީހުންނަށް ދެވޭނީ ކޮން ޔޫރަޕަކަށް؟ ރަށުން މާލެއަށް ބޭސް ފަރުވާއަކަށް އަޔަސް ސަރުކާރުން ލިބޭ އެހީއެއް ނޯންނާނެ. ވެރިން ނަށް ހުރިހާ ކަމެއްގެ ހަރަދު ސަރުކާރުގެ ބަޖެޓުން.
ވަގުތު މީހުންވެސް މޮޅެތި ހެޑްލައިން ލިޔާނެ.
ކިހާވަރެއް ދީގެން ލިއެދިން ރިޕޯޓެއްތޯ؟ މީގަގިނައީ ދޮގު.
ދޮގު ދައްކަ ދީބާ.
ްިބުރާހިމްގެ ވެރިކަމަކީވެސް މިހާތަނަށް ދިވެހި ތާރީޚުގައިނެތްފަދަ ވރިކަމެއް! މިވެރިކަމުގައި އެމަނިކުފާނަށް ވޯޓދިން އެންމެންނަށް ދޯކާދީ ވެރިކަމަށް އަންނަވެގެން ވީހައިވަޢުދު ފުއްދައި ނުދިން ރައްޔިތުންގެ ތަރައްގީއަށް އެއްވެސް ނަސައްކތެއް ނުކޮށް ގައުމު އަވަށްޓެރި ބުދުދީނުގެ ބަޔަކަށް ވިއްލި ތާރީޚީ ވެރިކަމެއް ކުރައްވާ ނުކިޔަވާ ހުރި ވެރިއެއް!
ވައްކަމުގެ ގޮތުން އެންމެ އުހުގަ
ޙޫނ ތިޔަވަދެވުނީ ސުވަރުގެޔަށް