ޑިންގީއެއްގައި ލ.އަތޮޅު މާމެންދޫ އަށް ދަތުރު ކުރަމުން ދަނިކޮށް 2019 އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ ގެއްލުނު މަރިޔަމް ޝިމާ ގެއްލުނު ހާދިސާ އަށް ތިން އަހަރު ވެގެން ދިޔައީއެވެ. އޭނާގެ އެއްވެސް ޚަބަރެއް ނުވިއެވެ. އޭނާ ހޯދަން ކުރި މަސައްކަތުން ލިބުނު ކުރިއެރުމެއް ނެތެވެ. ޝިމާ އާއި އެކު ދަތުރު ކުރި އިބްރާހިމް ފަޒީލް މިނިވަންކަމާއި އެކު އެބަހުއްޓެވެ.

ޝިމާ ގެއްލުނު ހާދިސާ އާއި ގުޅިގެން ޖަވާބު ނުލިބޭ އެތައް ސުވާލެއް އެބަހުއްޓެވެ. އޭނާގެ ރަހުމަތްތެރިންނާއި އާއިލާ މެންބަރުން އުފައްދާ އެތައް ސުވާލެއް އެބަހުއްޓެވެ.

ޝިމާ ގެއްލުނު ރޭ އެސަރަހައްދުގައި ސަފާރީއެއް އޮތް ކަމަށް ބުނާ ވާހަކަ އާއި ހާދިސާ ހިނގި ކަމުގެ ރިޕޯޓް ލިބުނުތާ އިރުކޮޅެއް ފަހުން ސަފާރީ ފުރައިގެން ދިޔަ ކަމަށް ބުނާ ވާހަކަ ކަށަވަރުކޮށްދޭނެ އިދާރާއެއް ނެތެވެ. ފުލުހުންގެ ތަޙްޤީޤުގައި ސަފާރީއާއި ބެހޭ ގޮތުން މައުލޫމާތެއް ހޯދިކަން ވެސް އެނގޭކަށް ނެތެވެ. ޔަގީނުން ވެސް އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާ އާއި ހިއްސާއެއް ނުކުރެއެވެ.

ޝިމާ ދަތުރު ކުރިކަމަށް ބުނާ ޑިންގީ އަކީ ބަންޑުން ޖަހާލުން އެކަށީގެންވާ ކުޑަ ޑިންގީ އެކެވެ. ނަމަވެސް ޑިންގީ ހަދާފައި އޮތް ގޮތުން ޑިންގީ ކަނޑުގެ އަޑިއަށް ދިއުމަށް ވުރެ ގާތީ ފެނުން މަތީގައި ނުވަތަ ދެފެން ދޭތެރޭގައި އޮވެ އޮޔާ ދިޔުން ކަމަށް އެޑިންގީގެ މައުލޫމާތު އެނގޭ މީހުން ބުނެއެވެ.

އެހެންކަމަށް ވާނަމަ ޑިންގީ ވެސް، ޑިންގީގައި ހުރި ޝިމާގެ ފޮށި ވެސް، ފަޒީލްގެ އަންނައުނު ވެސް އަދި އިތުރު އެއްޗެހި ހިމެނޭ ގޮތައް މިއިން އެއްވެސް އެއްޗެއްގެ އެއްވެސް ނިޝާނެއް ވައިގެ މަގުންނާއި ކަނޑު މަގުން ކުރި މަސައްކަތުން ނުފެނުނީ ކީއްވެ ހެއްޔެވެ؟

ޝިމާ ދަތުރުކުރި ކަމަށް ބެލެވުނު ޑިންގީ ކަނޑުގެ އަޑީގައި އޮއްވާ ބަޔަކަށް ފެނިގެން އެކަން ފުލުހުންނަށް ރިޕޯޓް ކުރި ކަމުގެ މައުލޫމާތެއް 2020 ވަނަ އަހަރުގެ ފަހުކޮޅު ލިބުނެވެ. ނަމަވެސް އެކަމާއި ގުޅޭ ގޮތުން ވެސް ފުލުހުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

ފަަޒީލްގެ އަތެއް އޮވެގެން ޝިމާ މަރާލާފައި ވެދާނެ ކަމަށް ގަބޫލު ކުރާ ކިތަންމެ ބަޔަކު އެބަތިއްބެވެ. އެކަމުގެ ސަބަބުތައް ވެސް އެމީހުން ދައްކައެވެ. ނަމަވެސް މިއިން އެއްވެސް ތުހުމަތެއްގެ ހަޤީޤަތް ބަލަން ފުލުހުން ކުރި މަސައްކަތެއްގެ ތަފްސީލެއް ނެތެވެ.

ޝިމާ ގެއްލުނު ފަހުން ފަޒީލް ވަނީ މީހަކު ރަހީނު ކުރި މައްސަލައެއްގައި ހައްޔަރު ކޮށްފައެވެ. އަދި އޭގެ ކުރިން ވެސް ފަޒީލަކީ ކުށުގެ އެތައް ރެކޯޑެއް އޮތް މީހެކެވެ. އެފަދަ މީހަކާއި ގުޅޭ މިފަދަ ހައްސާސް މައްސަލައެއް ވަކިން ބޮޑު އިސްކަމެއް ދީގެން ނުބެލެންވީ ކީއްވެ ހެއްޔެވެ؟

ފުލުހުން ވެސް ޝިމާ ގެއްލުނު މައްސަލައިގެ ތަޙްޤީޤުގައި ވަކި ގޮތެއް ނިންމައި އެކަން އިއުލާން ކޮށްފައެއް ނެތެވެ. އަދިވެސް މައްސަލައިގެ ތަހްގީގު ކުރިއަށް ދަނީކަމެއް މައްސަލަ އެއްކޮށް ފައިލް ކުރީކަމެއް ވެސް ސާފެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް 2018 ވަނަ އަހަރު ނޮވެމްބަރ 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެން ފުރަތަމަ ވެސް ކުރެއްވި ކަމަކީ ކުރީ ސަރުކާރުން ވެރިކަން ކުރިއިރު ގެއްލިފައިވާ މީހުންނާއި، މާރާމާރީތަކުގައި މަރުވެފައިވާ "ހާއްސަ ބައެއް މީހުންގެ" މަރުގެ ޙަޤީޤަތް ހޯދަން ފެށުމުގެ މަސައްކަތެވެ. ރިޔާސީ ކޮމިޝަނެއް އުފައްދަވައިގެން، ކުރާ ޚަރަދު މިލިއަން ފަހަނައަޅައި ހިނގައްޖެއެވެ. ކުރާ މަސައްކަތެއް ނޭނގި، އެ ކޮމިޝަންގެ މަސައްކަތް ނިކަން ބާރަށް ކުރިއަށް އެބަދެއެވެ.

ރައީސް ޞާލިހް އުފެއްދެވި ރިޔާސީ ކޮމިޝަންގެ މެންޑޭޓްގެ ތެރެއަކު ޝިމާގެ މައްސަލައެއް ނެތެވެ. އެހެންކަމުން އެކޮމިޝަނުން ޝިމާގެ މަައްސަލަ ބަލަން ނުޖެހޭ ކަމަށް ކޮމިޝަންގެ ކުރީގެ ރައީސް ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އިތުރު ކޮމިޝަނެއް އުފައްދައިގެން، ނުވަތަ ކުރިން އުފައްދާފައި އޮތް ކޮމިޝަންގެ މެންޑޭޓް ބަދަލުކޮށްގެން ޝިމާގެ މައްސަލަ ތަޙްޤީޤު ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟

ޝިމާގެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަ ނުވެގެން އުޅޭއިރު އެމައްސަލައަށް ބައިނަލްއަޤުވާމީ އެހީ ހޯދަން ނުޖެހެނީ ކީއްވެ ހެއްޔެވެ؟ ފުލުހުންގެ ފަންނީ ގާބިލްކަން ހުރި މިންވަރުން ހަޤީޤަތާއި ހަމައަށް ވާސިލް ވެވޭނެ ކަމަށް ފުލުހުން ގަބޫލު ކުރާނަމަ އެމައުލޫމާތު އާއްމުންނާއި ހިއްސާ ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ ޔާމީން ރަޝީދާއި އަހްމަދު ރިލްވާންގެ މަރަށް އިސްކަން ދެވޭ މިންވަރަށް ޝިމާގެ މައްސަލައަށް ސަރުކާރުން އިސްކަން ނުދެނީ ކީއްވެ ހެއްޔެވެ؟

ޝިމާގެ އާއިލާ މެންބަރުންނަކީ އަދި އޭނާގެ ރަހުމަތްތެރިންނަކީ ރާއްޖޭގެ ބޭރާއި، އެތެރޭގެ ޖަމިއްޔާ ޖަމާއަތްތަކާއި ގުޅުން އޮންނަ ބައެއް ނޫނެވެ. މީޑިއާތަކަށް އިންޓަވިއުދީ، މައްސަލަ އާއި ބެހޭ ގޮތުން އަބަދު ވާހަކަ ދެއްކުމުގެ ފުރުސަތު އެމީހުންނަށް ނުލިބެއެވެ. އެހެންކަމުން ޝިމާގެ މައްސަލަ ތަޙްޤީޤު ކުރުމުގައި ފުލުހުންނާއި ސަރުކާރުން ކޮންމެ ގޮތަކަށް އަމަލު ކުރި ނަމަވެސް ސަރުކާރަށް ކުރިމަތިވާނެ ޕްރެޝަރެއް ނެތެވެ.

ސަރުކާރަށް ޕްރެޝަރެއް ނެތުމުގެ މާނައަކީ ސަރުކާރުން ކުރަން ޖެހޭ ކަމެއް ނުކޮށް ދޫކޮށްލުމަށް އޮތް ބަހަނާއަކަށް ވެގެން ނުވާނެއެވެ. ޝިމާގެ މައްސަލައިގައި ފުލުހުންނަށް ލިބިފައި ހުރި މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ގޮތެއް ނިންމަން އެބަޖެހެއެވެ. ޝިމާގެ ރަހުމަތްތެރިން އުފައްދާ ސުވާލުތަކަށް ޖަވާބު ހޯދައިދޭން އެބަޖެހެއެވެ. ރިޔާސީ ކޮމިޝަނެއް އުފައްދައިގެން ވެސް، ބޭރުގެ ތަޖުރިބާކާރުން ގެނެސްގެން ނަމަވެސް ނުވަތަ އެނޫން ގޮތަކުން ނަމަވެސް މިކަން ކުރަން އެބަޖެހެއެވެ.

އިންސާފާއި ހަމަހަމަކަމީ ވަކިފަންތިއަކަށް ވަކިގިންތިއަކަށް ތަފާތު ކުރުމެއް ނެތި އެންމެނަށް ލިބެން ޖެހޭ ހައްގެކެވެ. ނަމަވެސް ފެންނަ ހަގީގަތަކީ އެހައްގުން ޝިމާ އާއި އޭނާގެ އާއިލާ ސަރުކާރުން މަހްރޫމް ކޮށްފައިވާ މަންޒަރެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ހަސަނާ

    ސިޔާސީ މީހަކަށް ނުުވުން.ބޮލޮގަރެއް މިނިވަން ހިޔާލު ނުވަތަ ލާދީނީސްޓަކަށް ނުވީތީ.މިއީ ތޯ އެ ކިޔާ ބިސްކައްކާ އިންސާފަކީ

    75
    7
  2. 😑😑😑

    ތިޔަގޮތށް ކިތައް މިހުން ކަނޑަށް ގެއްލުނުތަ؟ އެއިން އެކެއްގެވާހަކަވެސް ނުދައްކާ. ސިޔާސީ ބޮޑުން މުހިއްމީ

    66
    5
  3. ބްލީޗޭ

    ޔޫ އާ އޯލްވޭސް އިން އަވާ ހާޓްސް.. #ޖަސްޓިސް ފޯ ޝިމާ

    41
    2
  4. ހުސޭނުބޭ

    3 ބިހުން 2 ބިހަށް ނުވަންޏާ ހަވާލުން ކުރިޔަކަށް ނުދާނެ

    43
    2
  5. މަލިކު ބުރޯ

    ތިންބިހުން އެެއްބިހަށް ނުވީމަ...

    44
  6. ހާމިދު ޝާޙިދު

    ސިމާ އެހާމެ ރީތި ސޯލްއަކަށްވާއިރު އޭނާގެ މައިންބަފައިން އޭނާ ހިމާޔަތް ކުރިނަމައޭ ހިތައް އަރާ. އެހެނީ، މިފަދަ ޅަ އުމުރެއްގައި އެކަނިމައިއެކަނި ދަތުރުކޮށް، މީހުންނާއެކު އުޅެ، ގެސްޓް ހައުސްތަކަށް ގޮސް ހެދުމުގެ ނަތީޖާ މިއަދު މިފެންނަނީ. މިކަހަލަ ކިތަންމެ ކޭސް އެއް ރާއްޖޭގައި އެބަ ހިނގާ. އާބާދީ ބޮޑުވާވަރަކަށް މިމައްސަލަތައް ދަނީ ބޮޑުވަމުން. މިކަމަށް ހައްލެއް ހޯދުމަށް މައިންބަފައިން ވިހާ ކުދިން އުޅޭ ނޫޅޭގޮތް ވިހާ ދުވަހުންފެށީގެން ޓްރެކް ކުރެވޭނޭ ނިޒާމެއް ގާއިމް ކުރަންޖެހޭ. އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދައުލަތުން އެހީތެރިވެދީގެންނަމަވެސް، އަހުލާގު ރަނގަޅު ތައުލީމީ އަދި ޒިންމާދާރު ޖީލެއް ބިނާކުރުމަށް އެހީތެރިވެދޭނެޖެހޭ. ދެން ސިމާގެ މައްސަލައާ ގުޅޭގޮތުން ބުނެލަން އޮތީ، މިއޮތީ އިބްރާޙިމް މުހައްމަދު ސްލޯލިހުގެ ސަރުކާރުން ބޮޑުތަނުން އިހުމާލުވެފައޭ. ސިޔާސީ ފަރާތަކަށް ނުވާތީ މާބޮޑު އަޅާލުމެއް އަޅާލާފައި ނުވާކަން މީގެން ދޭހަވަނީ.

    29
    2
  7. ހަސަނު

    ހަސަންވެ

  8. Anonymous

    ޑރ. އަފުރާޝީމުގެ ވާހަކައެއް ނުދައްކާ. މާލޭ މަގުމަތީގައްޔާއި ރަށްރަށުގައި މަރާލެވުނު ޒުވާނުންގެ ވާހަކައެއް ނުދައްކާ. މި ޝަކުވާތައް ވަރަށް ގިނަ.
    މަރުވި އެންމެންގެ ޑީއެންއޭ ދިނީމާ ކްލޯންކޮށްގެން އެމީހުންގެ ނަކަލު އުފައްދައިދޭ މުއައްސަސާތައް ދުނިޔޭގައި ވާނަމަ، މަރުވި މީހުންގެ ނަކަލުތައް ސަރުކާރުން އުފައްދަންވީ. ރައްޔިތުންގެ ޝަކުވާތައް ހުއްޓޭނީ އޭރުން.

    17
    2
  9. ޖާބެ

    ވެރިން އެކަނަޏެއްނުން ކޮބާ ފުލުހުން ރައްޔިތުންގެ ޓެކްސް ފައިސާއިން ބޭކާރު ޙަރަދުކޮށްގެން ތިބޭ ބައެއް ދައުލަތް ލޫޓުވަލައި ފިސާހުސްވިޔަސް އެކަމެއްވެސް ނުބެލޭ، ނިކަމެއްޗަކައް ކަމެއްވެއްޖެއްޔާ އެކަމެއްވެސް ނުބެލޭ، މަގުތަކުގެ އަމާންކަންގެއްލިފަ ، ކޮރަޕްޝަން އިންތިހާޔައް ވެރިންވެސް ރައްޔިތުންވެސް މިގިތައްކަންކުރަން ދޫކޮށްލާތީ ވާކަންކަން މިއީ

    14
  10. ދިރާސާ

    ވެރިއަކަށްވެ ކާރީގައި ބޮޑީގާޑުންނެތެއްކަމަކު އެވެސްއިންސާނެއް މަންމައަކާ، ބައްޕައެއްގެދަރިއެއް އެތިންފަރާތުގެ އުއްމީދުތަކެއްވާނެ ވީމާ، މިފަދަފަރާތްތަކުގެ މަޢުލޫމާތު
    ހޯއްދެވުމަށް އުފެއްދެވި ކޮމިޝަނެއްވާއިރު 3އަހަރުވެފައިވާ މިކަމުގެ ހަގީގަތްނުހޯދޭނަމަ
    އެއީ މައްސަލައެއް ވީމާ، ކޮމިޝަންއުފެއްދެވީ ވަކިމަޤްސަދެއްހާސިލްކުރުމަށް ކަމަށްބެލެވޭ
    ކޮމިޝަނުގެ މަޤްސަދުހާސިލް ނުވުމަކީ ވަކިމީހަކު ނުވަތަ ބަޔަކު އެކަމުން މަހުރޫމްވާންވީ
    ކަމެއްނޫން އެއީ އިންސާފާ،ހަމަހަމކަމަކީ ވަކިފަންތިއަކަށް ވަކިގިންތިއަކަށް ތަފާތުކުރުން
    ނެތި އެންމެނަށްލިބެންޖެހޭ ހައްގަކަށްވާތީ

    16
    2
  11. ފަރީޙް

    ރާއްޖެ ތެރޭގެ މީހުންގެ ދަރިންގެ ވާހަކަ ވަނީ ހުއްޓިފައެވެ. ކެމެރާތަކަށް ހަމަ ރީއްޗަށް އަރާފައިވާ އަނަސްގެ ކަންކަން މަރުގެ ކޮބައިތޯއެވެ. އަބަދުވެސް ރިލްވާނާ ޔާމީން ރަޝީދުގެ ވާހަކައެވެ.

    20
    1
  12. ނާދިރާ

    ޞައްހަ ސަރުކާރެއް ނޫން. ޞައްހަ ރައީސެއް ނެތް. ދައުލަތް ޞައްޙަ އެއް ނޫން. ދެން ކޮން އިންޞާފެއް ލިބޭނީ.

    20
    2
  13. ކަހުރަބު

    ލާދީނީ މީހަކަށް ނުވެފަ ނިކަމެތި ޢާއިލާއަކަށް ވީމަ

    18
    1
  14. ތަކުރު

    އަބަދުވެސް ރިޟްވާންގެ ނަން ރާއްޖޭގެ ފަލަ ސުރުޙީއަށް އަރަނީ ކީއްވެބާ! ކޮންމެ ސަރުކާރެއް އޮތަސް ނިކެމެތި މީހާ ނިކަމެތި! ވެރިކަމަށް ދަހިލައިގެން އުޅޭއިރު ގޭގެ ބިއްވައްޓާލާފަވެސް ގެއަށްވަންނާނެ / އަހަރެން ހަނދާ އެބަހުރި މިރަށުކުއްޖެއްގެ ފައިގާ އިން މަދިރިއެއް ރާއްޖޭގެ ރަޢީސަކު މަރާލި ހަނދާން

    14
    2
  15. އަލީ

    މިޔަށް ކޔަނީ ކުކުޅި ބިސް އިންސޯފު

    11
    1
  16. ސުވާލުންކަ

    ބޮޑުހާދިސާއަކަށް ވިއްޔާ ކިހިނެއްވަނީ މައްސަލަ ވަރަށް ރަގަޅަށް ތަހުގީގުކޮށް އެހިސާބު ކަނޑު ފީނައިގެން ހޯދާބެލި ނުފެނުނު ދެން ކިހިނެއް ހަދަންވީ

    11
    14
  17. ސަތަރޭ

    ޖަންގަލީގެ ޤާނޫން މިތަނުގަ މިހާރު މިހިނގަނީ އެމީހަކާ އެމީހަކު .. ބާރު ހޯދުނުގޮތަކައް ހޯދއިގެން އަމިއްލަ ސަލާމަތް ކަށަވަރުވާނީ މިގައުމުގަ

  18. ފރެދޗފ5

    ނުވާނެ ނޫސްވެރިއެއް ނުވަތަ ލާދީނީ ޓުވީޓު ނުކުރަންޔާމު

  19. ވހޔހ

    ސައިޓެއް ހަދާފަ މަލެއްގެ ފޮޓޯލާފަ ތިމަންނާ މީ ބުލޮގަރެކޭ ކިޔާފަ އުޅެގެން ނޫނީ އެ ލެވެލް އަކަށް ނުދާނެ... ނަމަވެސް ކެންޕޭނުގަ ހީވާނީ އިންސާފު އުތުރި އަރަނީހެން

    4
    3
  20. ސުންދުސީ

    މި ސަރުކާރަކަށް އިންސާފެއް ހޯދައިނުދެވޭނެ.މީ އެއަށްވުރެ މާނުބައި ކަރަޕްޓް ޙުދު މުޚްތާރު ގައުމެއް.

  21. Anonymous

    ޝިމާ އަކީ އިސްލާމްދީނައް ފުރައްސާރަ ނުކުރާ ކުއްޖަކައް ވާތީވެ ބޮޑު ކަމަކައް ނުވަނީ. އިސްލާމްދީނައް ފުރައްސާރަ ކޮއްފައިވާ މުރުތައްދެއް ނަމަ ވަރައް ބޮޑު ކަމަކއް ވީސް.

  22. Anonymous

    މިކަހަލަ ހާދިސާ ތަކުން އަހަރެމެން ލިބިގަންނަން ޖެހޭ ފިލާވަޅުތަކެއް އެބަހުރި. މަހްރަމަކާ ނުލާ ދަތުރު ނުކުރުމާއި އިސްލާމްދީނުގައި އަންގަވާފައިވާ ކަންކަމައް ފަރުވާތެރިވުން މުހިންމުކަން. ގޮތް ނޭގޭ ހިލޭ ފިރިހެނުންނާއި އެކު ދަތުރު ނުކުރުން. ހިތާމަ އަކީ މިލާދީނީ ސަރުކާރައް ޝިމާގެ މަރަކީ މުހިންމު ކަމެއް ކަމުގައި ނުވަނީ ޝިމާ އަކީ އިސްލާމްދީނައް ފުރައްސާރަ ކުރި ކުއްޖަކައް ނުވާތީވެ.