ރާއްޖޭގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ޓީޗަރެކެވެ. ގިނަ ދަރިވަރުން ވަރަށް ލޯބިވާ އިންޑިއާ ޓީޗަރެއް ކަމަށްވާ މީނަކްޝީ ސުންދަރަމް ކުމާރެވެ. އެންމެންގެ ކުމާރް ސާއެވެ. އެތައް ބައެއްގެ ލޯބި ލިބިފައިވާ ޓީޗަރެކެވެ. އެކަމަކު މިއަދު އެ ޓީޗަރު ދުނިޔޭގައި ނެތެވެ. އޭނާގެ ހަނދާންތައް ކިޔަވާދިން އެތައް ކުދިންނެއް ކުރާނެއެެވެ. ހާއްސަކޮށް މަޖީދިއްޔާ ސްކޫލާއި، އަމީނިއްޔާ ސްކޫލްގައި ކިޔެވި ކުދިންނެވެ.
ކުމާރު ރާއްޖޭގައި އިކޮނޮމިކް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން އެންމެ ފުރަތަމަ ފެއްޓެވީ 1990 ގެ ފަހުކޮޅުއެވެ. އެއިރު އޭނާ މަސައްކަތް ކުރެއްވީ މަޖީދިއްޔާ ސްކޫލްގައެވެ. އޭގެ ފަހުން އަމީނިއްޔާ ސްކޫލްގައި 20 އަހަރު ވަންދެން ދަރިވަރުންނަށް ކިޔަވާ ދިނުމުގައި އުޅުއްވިއެވެ،
2020 ވަނަ އަހަރުގެ ކުމާރު އަމީނިއްޔާ ސްކޫލުން ވަކިވެވަޑިއިގެންނެވީ އަމިއްލަ އާއިލާ ކައިރިއަށް އިންޑިއާއަށް ވަޑައިގަތުމަށެވެ. ނަމަވެސް އެ ސްކޫލަށް ބޭނުންވި ކޮންމެ ހިދެއްގައި ހިދުމަތް ކުރެއްވުމަށް ކުރިއަށް ޖެހިވަޑައިގެން ހުންނެވިއެވެ.
ނަމަވެސް މިއަދު ހެނދުނު ކުމާރުގެ ގާތް ރަހުމަތްތެރިންނާއި ދަރިވަރުންނަށް ލިބިގެން ދިޔަ ހިތާމަވެރި ހަބަރަކީ އޭނާ މި ދުނިޔެއާއި ވަކިވި ހަބަރެވެ. އެއާއެކު އޭނާ ކިޔަވާދިން އެތައް ދަރިވަރެއް އޭނާއަށް ތައުރީފްކޮށް އަދި ހިތާމަ ފާޅުކުރަން ފެށިއެވެ.
އަމީނިއްޔާ ސްކޫލްގެ ޓީޗަރުންނާއި އިސްވެރިންގެ ތައުރީފް ކުމާރް ސާ އަށް!
އަމީނިއްޔާގެ ޑެޕިއުޓީ ޕްރިންސިޕަލް ފާތިމަތު ހިލްމީ "ވަގުތު"އަށް ވިދާޅުވީ ކުމާރު އެ ސްކޫލާއި ގުޅިވަޑައިގެންނެވީ 2000 ވަނަ އަހަރުގައި ކަމަށެވެ. އަދި އޭނާ އަކީ އަމީނިއްޔާ ސްކޫލްގެ އެންމެންގެ ލޯބި ހޯދާފައިވާ ޓީޗަރެއްކަން ފާހަގަކުރައްވަމުން ފާތިމަތު ވިދާޅުވީ ކުމާރަކީ އެންމެންނާއި ވެސް އެކުވެރި، ގުޅޭ ބޭފުޅެއް ކަމަށެވެ.
އެ ސްކޫލްގައި އޭނާ ކިޔަވައިދެއްވީ އިކޮނަމިކް ކަން ފާހަގަކުރައްވަމުން ފާތިމަތު ހިލްމީ ވިދާޅުވީ އޭނާއަކީ ހުރިހާ ދަރިންވަރުން ވެސް ވަރަށް އިހުތިރާމް ކުރާ ވަރަށް ލޯބިވާ ޓީޗަރެއް ކަމަށެވެ.
"ސްކޫލްގެ އެންމެނާއި ވަރަށް ގުޅިގެން ސާ އުޅުނީ. ހުރިހާ ހަރަކާތްތަކެއްގައި ވެސް ބައިވެރިވާނެ. ވަރަށް ޕްރޮފެޝަނަލް ބޭފުޅެއް އެއީ. އިކޮނޮމިކް ދާއިރާގައި އެ ބޭފުޅާއަށްވުރެ ފުންނާބު އުސް ބޭފުޅެއް ނުދެކެން އަޅުގަނޑު." ފާތުމަތު ހިލްމީ ވިދާޅުވިއެވެ.
ފާތުމަތު ހިލްމީ ވިދާޅުވީ އެ ސްކޫލުން ކުމާރް ވަކިވެވަޑައިގެން އާއިލާ ކައިރިއަށް އިންޑިއާއަށް ވަޑައިގަތުމަށް ފަހުގައި ވެސް ސްކޫލްގެ މީހުންނާއި ގުޅުން ބެހެއްޓެވި ކަމަށެވެ. އެގޮތުން ކޮވިޑް-19 ދުވަސްވަރު އޮންލައިންކޮށް ކުދިންނަށް ކިޔަވައިދިމުން އޭނާ އަމިއްލައަށް ބޭނުންވި ކަމަށް ވެސް ވިދާޅުވިއެވެ.
ކުމާރް އަމީނިއްޔާއިން ވަކިވެގެން ދިއުމުން ސްކޫލަށް ނިކަމެތިކަން ލިބިގެން ދިޔަކަމަށް ފާތުމަތު ވިދާޅުވިއެވެ. އެގޮތުން އެ ސްކޫލްގައި އިކޮނޮމިކް ޑިޕާޓްމަންޓް ހިންގަން ވަރަށް އުދަނގޫވި ކަމަށް ވިދާޅުވިއެވެ.
ކުމާރް އާއިއެކުގައި ގިނަ އަހަރުތަކެއް މަސައްކަތް ކުރެއްވި އަމީނިއްޔާގެ ޕިޒިކް ޓީޗަރެއް ކަމަށް ވާ އަޖޭ ކުމާރް "ވަގުތަށް" ވިދާޅުވީ، އެ ދެ މީހުން އެންމެ ފުރަތަމަ މަސައްކަތް ކުރީ 1999 ވަނަ އަހަރު މަޖީދިއްޔާ ސްކޫލްގައި ކަމަށެވެ.
އޭގެ ފަހުން އަމީއްޔާގައި ވެސް އެކުގައި 18 ދުވަހު ދެ މީހުން މަސައްކަތް ކުރިކަމަށް ވެސް އަޖޭ ކިޔާދެެއްވިއެވެ. އޭނާވެސް ފާހަގަކުރެއްވީ އެއީ ރާއްޖެއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ޓިޗަރެއް ކަމަށެވެ.
"ކުމާރް ސާއަކީ ބޭބެއް ކަހަލަ މީހެއް. އޭނާ ރާއްޖެއަށް ކޮށްދިނީ ވަރަށް ވެސް އަގުހުރި މަސައްކަތަކެއް. އަމީނިއްޔާ ދޫކޮށް އިންޑިއާއަށް އޭނާ ނުދިޔަ ނަމަ މިއަދު ދުނިޔޭގައި ހުންނާނެ. އެކަނި އެތާގައި ކުމާރް އުޅެނީ. ހުރިހާ ރަހުމަތްތެރި ވެސް ތިބީ ރާއްޖޭގައި." އަޖޭ ވިދާޅުވިއެވެ.
އަޖޭ ވިދާޅުވީ ކުމާރްގެ އަންހެނުން މީގެ އަށް އަހަރު ކުރިން ވަނީ މަރުވެފައިވާ ކަމަށެވެ. އަދި ކުމާރް އިންޑިއާގައި ދިރިއުޅެމުންދަނީ އޭނާގެ އަންހެން ދަރިފުޅާއި އެކުގައި ކަމަށްވެސް ވިދާޅުވިއެވެ.
" ރޭގައި އަހަރެން ކުމާރަށް އަށް ގުޅީން އެކަމަކު ފޯނެއް ނުނަގާ. ދެން މިއަދު ހެނދުނު އެ އާއިލާއިން ގުޅާފައި ބުނީ ކްރާމް ނިޔާވެއްޖެ ކަމަށް. ހާޓް އެޓޭކެއް ޖެހިގެން ނިޔާވީ. ވަރަށް ދެރަވި އެ ހަބަރު ލިބުނީމައި." އަޖޭ ވިދާޅުވިއެވެ.
ދަރިވަރުން ބުނަނީ ކުމާރަކީ އެފަދަ ދެވަނައެއް ނެތް ޓީޗަރެއް ކަމަށް!
އަމީނިއްޔާ ސްކޫލްގެ ދަރިވަރެއް " ވަގުތަށް" ކިޔާދިން ގޮތުގައި ކުމާރް ސާ އަކީ ވަރަށް މޮޅު ޓީރަކެވެ. ދަރިވަރުންނަށް ކިޔަވާދިނުމުގައި އޭނާ ގެންގުޅެނީ ތަފާތު ގޮތްތަކެއް ކަމަށް ވެސް ކިޔާދިނެވެ.
"ސާ ކިޔަވައިދެނީ ފިލޯސަޕީ ގޮތަށް. އޭރުން ވަރަށް އަވަހަށް ނަގައިގަނެވޭ ފިލާވަޅު. ސާ ނިޔާވި ހަބަރު ލިބުމުން ވަރަށް ދެރަވި." އެ ދަރިވަރި ކިޔާދިނެވެ.
އިތުރު ދަރިވަރަކު ބުނި ގޮތުގައި ކުމާރްއަކީ ވަރަށް ރަނގަޅު ޓީޗަރެއް ކަމަށެވެ. ހަރުކަށި ވާންޖެހޭ ދަޑިވަޅުތަކުގައި ހަރުކަށި، ނަމަވެސް ވަރަށް އޯގާތެރި ޓީޗަރެއް ކަމަށް އެ ދަރިވަރު ބުންޏެވެ.
އަދި ސާ ކިޔަވައިދިން ދަރިވަރުންނަށް ރަނގަޅު ނަތީޖާ ހޯދައިދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ކަމަށް ވެސް އެ ދަރިވަރުން ބުނެފައި ވެއެވެ.
އެގޮތުން އޯލެވެލް އިމްތިހާނަށް ތައްޔާރު ކުރުމަށް އެކުދިންނަށް ހިލޭ ޓިއުޝަން ވެސް ނަގައިދެއްވި ކަމަށް އެ ކުދިން ބުނެފައި ވެއެވެ.
"ކުމާރް ސާ ނިޔާވި ހަބަރު ލިބުމުން ވަރަށް ދެރަވި. ސާ ދަރިވަރުންނަށް ކޮށްދިން މަސައްކަތަކީ އަގުވަޒަން ވެސް ނުކުރެވޭހާ ބޮޑު މަސައްކަތެއް. ސާ ކިޔަވައިދިން އެންމެ ވެސް ފަރަށް ލޯބިވޭ ސޯ ދެކެ". ކުމާރް ސާގެ ދަރިވަރަކު ބުންޏެވެ.
ކުމާރް ނިޔާވުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އާއްމު ކުރި ތައުޒިޔާ މެސެޖްގައި ބުނީ، ކުމާރަކީ ރާއްޖޭގެ ތައުލީމީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ އަހަރު މަސައްކަތްކޮށްފައިވާ ޓިޗަރެއް ކަމަށެވެ. އެގޮތުން އަމީނިއްޔާ ސްކޫލްގައި 2000 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމައަށް ދަރިވަރުންްނަށް ތައުލީމް އުނގަންނައިދިނުމުގައި އޭނާ ހަރަކާތްތެރިވި ކަމަށް ބުނެފައި ވެއެވެ.
އަދި ކުމާރްއަކީ ގިނަ ދަރިވަރުންތަކެއް ވަރަށް ލޯބިވާ އަދި އެހާމެ ގަދަރު ކުރާ ޓީޗަރެއް ކަމަށް ބުނެފައި ވެއެވެ. އަދި އެހެން ޓީޗަރުންނާއި ބެލެނެވެރިންނާއި މުވައްޒަފުންވެސް ވަރަސް ލޯބިވާ އަދި ގަދަރު ކުރާ ޓީޗަރެއް ކަމަށް ބުނެފައި ވެއެވެ.
މިހެންވެގެން "އިންޑިއާ އައުޓް" ގޮވަން ދިވެހިން ލަދުގަންނަން ޖެހޭނީ! ދިވެހިންނަށް ވަރަށް ގިނަ މުހިންމު ކަންކަމުގައި އިންޑިއާ މީހުންގެ އެހީތެރިކަން ލިބޭތީ! އެމީހުން ވަކިވީމައި ހިތާމަކުރާ ވަރަށްގިނަ ބަޔަކު ތިބޭތީ!
އަނެއް ގަމާރު، ބަލަ މުސާރަދީގެނޭ ކިޔަވައި ދިނީ . ޏުޖެހޭ އެހެނޭކިޔާފައެއް ގައުމު އެމީހުންގެ އަޅުވެތިވާކައް.
އޮޅުވާ ނުލާ..! "އިންޑިޔާ އައުޓް" އަކީ "އިންޑިޔާ މިލިޓަރީ އައުޓް" ގެ ގޮތުގައި އެންމެ މަގުބޫލުވި ހޭޝްޓެގް. އެއްގޮތަކަށްވެސް އިންޑިޔާ މީހުން އައުޓް އެކޭ ނޫން. އަހަރެެމެން އިންޑިޔާއާއި އިންޑިޔާ މީހުން ދެކެ ނަފުރަތެއް ނުކުރަން. ލޯބިވެސް ވޭ. އެހެންނަމަވެސް އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގަ ގާއިމުވެ ތިބުމަކަށް ނޭދެން.
މުޝް ރިކުންދެކެ ލޯބިވެޔޭ؟
އިންޑިއާގައި މުސްލިމުންވެސް އުޅޭ. އަދި ދުވަހެއް ދުވަހަކަށް އިސްލާމްދީނަށް ވަންނަމުންދާ މީހުން ވަނީ އިތުރު. ވާނީވެސް އިތުރު އިންޝާﷲ
މިހެންވެގެން "އިންޑިއާ އައުޓް" ގޮވަން ދިވެހިން ލަދުގަންނަން ޖެހޭނީ! ލަދުން ބޯހަލާއްކު