ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެންމެ ފުރަތަމަ ވެއްދީ މިދިޔަ ޖޫން މަހުއެވެ. ޖުމްލަ 54 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި މައްސަލައާއެކު މަޖިލިސް މަރުތަޅު އެޅި އެތަކެއް ދުވަހެއް ހޭދަވިއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ބޮޑު ބައްޔާއެކު ރައީސް ނަޝީދަށް ދޫ ދިނުން ނޫން ގޮތެއް ނުފެނި މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އެ މައްސަލަ އަނބުރާ ގެނައެވެ. ހުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރުމަށް ރައީސް ނަޝީދުގެ ތާއިދު މުހިންމު ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ހުންނެވީ ވަކި ދޫދެއްވާ ގޮތަކަށް ނޫނެވެ. އަދި އިންތިހާބުގެ ދެވަނަ ބުރަށް ރައީސް ނަޝީދުގެ ތާއިދުވެސް ރައީސް ސޯލިހަށް ލިބިވަޑައެއް ނުގެންނެވިއެވެ.

އިންތިހާބު ނިމުމާއެކު އަނެއްކާވެސް ފެނިގެން ދިޔައީ ކަނޑިއާއި ކަނޑިއެވެ. އިންތިހާބު ނިމުނުތާ ދެ ހަފްތާ ވެސްނުވެ، މި މަހުގެ 12 ވަނަ ދުވަހު ރައީސް ސޯލިހުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ މަޖިލީހުން ވަނީ ރައީސް ނަޝީދު ވަކިކުރަން މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލައިގެ ނޯޓިސް ހަމަވެ އެއާ ގުޅޭ ގަރާރު އަންނަ ހަފްތާގެ އާދިއްތަ ދުވަހަށް މިހާރު ވަނީ އެޖެންޑާވެސްކޮށްފައެވެ.

ނަޝީދު އަނެއްކާވެސް ވަކި ކުރަން ހުށަހެޅި ޒާތީ މަގުސަދެއް އޮވެގެންތަ؟

ޖޫން މަހު ރައީސް ނަޝީދު ރައީސްކަމުގެ މަގާމުން ވަކި ކުރަން ހުށަހެޅި ދުވަސް ވަރަކީ ރައްޔިތުންގެ މަޖިލިސް އެންމެ ހަލަބޮލިވި ދުވަސްވަރެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބަންޑާރަނައިބު ރިފްއަތު އިބްރާހިމް މަގާމުން ދުރުކުރަން އެޖެންޑާ ކުރި ފަހުން މަޖިލިސް އެއްގޮތަކަށް ވެސް ކުރިއަކަށް ނުދިޔައެވެ. އެއާއެކު ސަރުކާރުން ކޮންމެހެން ފާސްކުރަން ބޭނުންވާ ބިލުތަކާއި އަދި މުހިންމު މަސައްކަތްތައް އޮތީ މަޑު ޖެހިފައެވެ. ހާއްސަކޮށް ޕްލާސްޓިކް ކޮތަޅާ ގުޅޭ ގޮތުން ފަހުން ހުށަހެޅި ބިލުގެ މައްސަލަ އަދިވެސް އޮތީ ނުނިމިއެވެ. ރައްޔިތުންގެ މަޖިލީގެ ދެވަނަ ދައުރުގެ ޗުއްޓީއަށް ވެސް ދިޔައިރު އެ ބިލު ނިންމުމުގެ މާބޮޑު ޝައުގުވެރިކަމެއް ރައީސް ނަޝީދުގެ ނެތެވެ.

ނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރުން ސަރުކާރަށް ނާކާމިޔާބުވެ ރައީސް ނަޝީދު ވަކި ކުރުމުގެ މައްސަލަ ގެނައި ބާރުމިނުގައި އަނެއްކާވެސް އެ މައްސަލަ ވަނީ މަޖިލީހަށް ވައްދައިފައެވެ.

ބެލެވޭ ގޮތުގައި މިއީ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ރައީސް ސޯލިހަށް ތާއިދުނުކުރެއްވުމުން ނެންގެވި ނިންމުމެކެވެ. އަދި އޭގެ އަޑީގައި ބަދަލު ހިފުމުގެ ރޫހު ވަރަށް ބޮޑަށް އެބައޮތެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)--

އެކަން އެނގެނީ މި މަހުގެ ތިން ވަނަ ދުވަހު އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މެމްބަރުންގެ ރާގު ހުރި ގޮތުންނެވެ. އެ ދުވަހަކީ މިއިން ޒަމާނަކުވެސް ފެނިފައި ނުވާ ވަރަށް އެމްޑީޕީގެ ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް ރައީސް ނަޝީދަށް ބަވާ ކުޑަކޮށްލި ދުވަހެކެވެ.

އަދި ރައީސް ނަޝީދު ގެންގުޅުއްވާ މައިގަނޑު ސިޔާސަތުތަކަށް މެމްބަރުން ކުރިން ނުދެކޭ ފަދަ ޖޯޝެއްގައި ފާޑު ވިދާޅުވިއެވެ. އަދި ރައީސް ނަޝީދުގެ ސިޔާސަތުތަކަކީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެ، އިންތިހާއަށް މެމްބަރުން މަލާމާތުގެ ހަމަލާތައް ވެސް ރައްދު ކުރެއްވިއެވެ. ނިޒާމީ ވޯޓާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއް ނަމަވެސް އެރޭގެ މައިގަނޑު ކަމަކަށް ފެނުނީ ރައީސް ނަޝީދު "ހަވަރަށް" ދިން ތަނެވެ.

އެގޮތުން ރައީސް ނަޝީދުގެ ޕާޓީ ޑިމޮކްރެޓްސްއިން ހުށަހެޅި ވެރިކަމުގެ ނިޒާމާ ގުޅޭ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ކުރާ 40 މިލިއަން ރުފިޔާގެ ހަރަދުގެ ބަދަލުގައި އެ ފައިސާ އެކަނިވެރި މައިންނަށް ދޭން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ގޮވާލެއްވި އިރު ރައީސް ނަޝީދަކީ މިހާރު އެއްވެސް މީހެއް ނޫން ކަން ހާމަކޮށް އެމަނިކުފާނުގެ އަސްލު ސައިޒް ބުނެދިނުމަށް އެ ވޯޓު ނެގުމަށް ވެސް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގޮވާލެއްވިއެވެ. އަދި ރައީސް ނަޝީދު މަގާމުން ދުރުކުރުމުގެ މައްސަލަ އަލުން ވައްދަން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެ ޖަލްސާގައި ގޮވާލެއްވިއެވެ.

ރައީސް ނަޝީދު ވަކިކޮށްގެން އެމްޑީޕީއަށް ވަކި ފައިދާއެއް އެބައޮތް؟

މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ދެން މާ ގިނަ ދުވަސްތަކެއް ނެތެވެ. މި އަހަރުގެ މަޖިލީހުގެ ދައުރު އަންނަ މަހު ނިމޭނެއެވެ. އަދި އޭގެ ފަހުން އަންނަ އަހަރު ފުރަތަމަ ދެ މަސް ވަރު މިހާރު ތިބި މެމްބަރުންނާއެކު މަޖިލިސް ހިނގާނެއެވެ.

އެކަމަކު އަންނަ މަހު މި ސަރުކާރުގެ ވެރިކަން ނިމޭއިރު މި ހިނގާ މަޖިލީހުގެ ބާކީ އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ބިލުތައް އަވަސްކޮށް މަޖިލީހުގެ މަސައްކަތްތައް މާ ހަލުވިކޮށް ކުރިއަށް ގެންދިއުމަކީ ދެން މި ސަރުކާރަށް މާ މުހިންމު ކަމަކަށް ނުވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި: ފޮޓޯ: މަޖިލީސް

މިހާރުވެސް މަޖިލީހުގެ ޖަލްސާތައް ހިނގަނީ ކިރިޔަ ކިރިޔާއެވެ. ކޯރަމް ހަމަނުވެގެން ކިތަންމެ ދުވަހަކު މަޖިލިސް ނުބާއްވާދެއެވެ. އެކަމަކު އެއަކަށް އެމްޑީޕީން ޒިންމާއެއް ނުނަގައެވެ. މަޖިލީހުގެ ތަޅުމުގައި މެމްބަރުން މަދުނަމަ މަޖިލީހުގެ އިދާރީ މޭޒުންނާއި މަޖިލީހުގެ ރިޔާސަތުންވެސް ބޭފުޅުން ފޮނުވައި މެމްބަރުންނާ ވާހަކަ ދައްކައިގެންވެސް މެމްބަރުން ހަމަ ކުރައްވާ ކަމަށް ވިދާޅުވެ އަސްލަމްގެ ނުރުހުން އެ ދުވަހު އަމާޒުވީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި އީވާ އަބްދުﷲ އަށެވެ.

އެހެންކަމުން މި ހިނގާ މަޖިލީހުގެ ކުރިއަށް އޮތް މަދު ދުވަސްތަކުގެ ޖަލްސާތަކަކީ މިހާރު އެމްޑީޕީގެ މެމްބަރުންނަށް މާ މުހިންމު ޖަލްސާތަކެއް ނޫންކަން އެނގެއެވެ.

މި ދައުރުގައި ރައީސް ނަޝީދު ވަކި ކުރެވޭނެތަ؟

އަންނަ އާދިއްތަ ދުވަހަށް ރައީސް ނަޝީދު ވަކި ކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާ އިރު މީގެ ކުރިން ރައީސް ނަޝީދު ވަނީ މި ދައުރުގައި އެ މައްސަލަ ކުރިއަށް ނުގެންދެވިދާާނެ ކަމުގެ އިޝާރާތެއް ދެއްވައިފައެވެ.

އެކަމަކު އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދު ވަކި ކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެގޮތުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަލަ އަނބުރާ ގެންދިއުމާއެކު ރައީސް ނަޝީދު ވަކި ކުރާ ޖަލްސާގައި އީވާއަށް ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު އޮތުމާއެކު ކޮމިޓީތައް ވެސް މިހާރު އެކުލަވާލެވި ރައީސް ނަޝީދަށް ޖަވާބުދާރީވުމުގެ މިނިޓްވެސް ކޮމިޓީން އޮތީ ފާސްކޮށްފައެެވެ.

އެހެންކަމުން ކުރިން ދެއްކި އުޒުރުތައް ނުދެއްކޭނެ ކަމަށް އެމްޑީޕީގެ މެމްބަރުން މިހާރު ވިދާޅުވެއެވެ.

މަޖިލީހުގައި ތިއްބަވާ ޑިމޮކްރެޓްސްގެ މެމްބަރުން--އެކަމަކު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަނީ ރައީސް ނަޝީދުގެ ޕާޓީގެ މެމްބަރުން ކަމަށްވާތީ ޖަލްސާތައް ކުރިއަށް ގެންދިއުމާއި ނުގެންދިމުގެ ފުރިހަމަ ބާރު އެ ބޭފުޅުންނަށް އަދިވެސް އެބައޮތެވެ. އެގޮތުން ޑިމޮކްރެޓްސް މެމްބަރުން މަޖިލީހުގައި އަޑު ގަދަކޮށްގެން މަޖިލިސް ކުރިއަށް ގެންދެވޭނެ ހާލަތެއް ނެތް ކަމަށް ކަނޑައަޅައި ޖަލްސާތައް ކުރިއަށް ނުގެންގޮސް ނިންމާލުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އޭގެ އިތުރުން މަޖިލީހުގެ ރިޔާސަތާ ޑިމޮކްރެޓްސްގެ މެމްބަރުން ހަވާލުވާން ދެކޮޅު ހަދައިފިނަމަ ވެސް މަޖިލިސް ކުރިއަށް ނުގެންދެވިދާނެ އެވެ.

މަޖިލީހުގެ ރައީސް މަގާމުން ދުރު ކުރެވޭނީ އިތުބާރު ނެތްކަމުގެ ވޯޓުގައި މަދުވެގެން 45 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެމްޑީޕީގައި މިހާރު ވެސް 50 އަށް ވުރެ ގިނަ މެމްބަރުން އެބަތިއްބެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އެއްލާލާތި

    ދަ ޑިމޮކްރެޓުން ޖެހޭނީ މިފަހަރު ބަލިވާން ޔަހޫދީން ފަލަސްތީނު ބިމުގައި ވަޒަން ކުރުވީ އިނފިރޭސިން ހަމަ އެގޮތަށް މިގައުމުގެ ބިމުގައި މުޝްރިކު ހިންދޫ ސިފައިން ބައިތިއްބާ ގައުމު އިސްތިއުމާރުގެ ދަށަށް ގެންދިޔައީ ސީދާ އަންނި އެއީ އޭނާ ކުރިކަމެކޭ އެވަރުގެ ބޮޑު ގައްދާރަކު ނުޖެހޭނެ މަޖްލީހުގެ ރައީސް ކަމުގައި ބަހައްޓަން ނަގާ އެއްލާލާނަމޭ މިފަހަރު ހުވައޭ ނަގާ އެއްލާލާނަމޭ އެއްލާލާނަމޭ އެއްލާލާނަމޭ މިކަން ހުއްޓުވަން ތަމެން ނޫޅޭތި ނޫޅޭތި ހަނދާންކުރާތި

    9
    5
  2. ޥައުލް

    މަޖިލް ރަޢީސްއަކަށް ހުންނަންވާނީ މެޖޯރިޓީ އޮތް ޕާޓީގެ މެމްބަރެއް.. ޑިމޮކްރަސީގެ މައިންބަފައިން ނަޝީމެންނަކީ އެވަރު ނޭގިއެއް ނުހުންނާނެ..

    6
    6
  3. ވާޖިބޭ

    ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމުން ވަކިކޮށް އަދި މުއިއްޒު ހުވާ ކުރުމަށް މިހާރު ކުރަމުންދާ 2 ބިލިއަން ރުފިޔާ ގެ ޚަރަދު ހުއްޓާލާ އެފައިސާ އިން ހުޅުމާލެ ފޭސް 4 ހިއްކާ 40 ހާސް ގޯތި ދެވޭނީ މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު ވަކިކޮށް އަދި މުއިއްޒު ހުވާ ކުރުން މަޖްލީހުގެ އިދާރާ އަށް ބަދަލުކޮށް އިޒްރޭލަށް ތާއީދު ކުރާ ގައުމުތަކުގެ އެއްވެސް ވަފްދަކަށް މަޖްލީހުގެ އިދާރާ އަށް ނުވަދެވޭ ގޮތަށް ހަދައިގެންނޭ މީދިވެހިން އެދޭ ގޮތަކީ މިކަންކުރަން ވާޖިބޭ ވާޖިބޭ ވާޖިބޭ

    11
    9
  4. ބާލާށޭ

    އެމްޑީޕީ މިފަހަރު ބަލިނުވާނެއޭ އެމްޑީޕީ ބަލިވީ ކެނެރީގެ ނަޝީދު ރާއްޖެ ގެނެސް އިސްތިއުމާރުގެ އަޅުކަމަށް ރާއްޖެ ގެންގޮސް އުތުރު ތިލަފުށީގައި އިންޑިއާ ސިފައިން ބަރުހަތިޔާރާއި އެކު ބައިތިއްބާ މާލޭ ސިފައިންނަށް ބިރު ދައްކައިގެންނޭ އެކަން މިހާރު އެއޮތި ޗޮކުން ގޮސް އިންޑިއާ ސިފައިން ރާއްޖޭން ބާލާނެ ކަން އެމެންނަށް ވެސް އަންގާފައޭ މިކަންކަން މުއިއްޒު އަށް ވެސް ކުރެވޭނީ ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމުން ވަކިކޮށްގެންނޭ އެކަންކުރާށޭ ކުރާށޭ ކުރާށޭ

    6
    9
  5. އެއްލާލާ

    މިރާއްޖޭގެ މަޖްލީހުގެ ރައީސްގެ މަގާމަކީ އެއީ އެއްގޮތަކަށް ވެސް ކެނެރީގެ ނަޝީދު ކިޔާ މީހަކަށް ރައްޔިތުން ހިބައިން ދީފައިވާ މަގާމެއް ނޫނޭ ރައްޔިތުންގެ %95 އަދު އެބުަަނަނީ މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އެއްފަރާތަށް ޖެހި އެކަން ކުރެވޭ ފެންވަރުގެ މީހަކާއި އެކަން ހަވާލު ކުރަން މެންދުރު 12 ޖަހާއިރު ގެއަށް ކަނޑާލާ މީހެކޭ ކެނެެރީގެ ނަޝީދަކީ މަޖްލީހުގެ ރައީސް ކަމަށް ބޭނުންވަނީ 24 ގަޑިއިރު އެ އިދާރާގައި އުޅެ ހީވާގި ކޮށް މަސައްކަތް ކުރާނެ މީހެކޭ ކެނެރީގެ ނަޝީދު ނަގާ އެއްލާލާ މަޖްލީހުގެ ރައީސް ކަމުން އޭނާ އެއީ ރައީސް ޔާންޓޭ އަށް ނަހަލާލު ފުރަތަމަ ހުކުމް 555 ބެޓްރީގެ ފޮޓޯ އެއް މަޖްލީހުގެ މެމްބަރުންގެ ފޯނަށް ފޮނުވައިގެން ހުކުމް ކުރި ބަދަވިއޭ އޭނާ ޖެހޭނީ ނަގާ އެއްލާލަން މަޖްލީހުގެ ރައީސް ކަމުން އަދި އޭނާ އަށް މަޖްލީހުގެ މެމްބަރު ކަން ވެސް ނުލިބޭނެ ގޮތަށޭ ޕިންކީން މަސައްކަތް ކުރަން ޖެހޭނީ މިފަހަރު ޖެހޭނެއޭ އޭނާގެ ކިބައިން ރަނގަޅަށް ބަދަލު ހިފަން މިކަން ކުރެވޭނީ އަދު އެމްޑީޕީ އާއި އެކު ޕީޕީއެމް ބައިހަތު ހިފައިގެންނޭ މަމެންނަށް ހެވޭ ހުވާ ތިޔާ ކޮތަރު ގުއި ޕާރކް ގައި މުއިއްޓޭ ނުކުރިއަސް މުހިއްމީ މަޖްލީހުގެ އިދާރާގައި މުއިއްޒު ހުވާ ކުރުމޭ އަދި ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމުން ނަގާ އެއްލާލުމޭ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ...

    3
    6
  6. އެއްލާލާ

    ރައްޔިތުން ހަނާވަނީއޭ އަންނި އަޑީގައި ހުރެގެން ތިމާވެށީގެ އަލިފުބާ ވެސް އޭނާ އަށް ނޭގޭއިރު އޭނާ ތިމާވެއްޓޭ ކިޔާ ކޮތަޅު ޓެކްސް ގެ ގޮތުގައި ކޮންމެ ކޮތަޅަކުން 20 ރުފިޔާ ނަގަމުންދާއިރު އެކަން އެމްޑީޕީގައި ތިބި ރައްޔިތުން ދެކެ އިންތިހާ އަށް ލޯބިވާ މެމްބަރުން ކޮތަޅު ޓެކްސް އެއްކޮށް އުވާލަން ގާނޫނަށް އިސްލާހެއް ހުށައެޅުމުން އެކަން ވެސް ނުވެ އޮތީ މަޖްލީހުގެ ރައީސް ކަމުގައި އަންނި ހުރުމުންނޭ ރައްޔިތުންނަށް ފައިދާ ވާން އޮތީ އޭނާ އެއްފަރާތްކޮށްގެންނޭ އަންނި ނަގާ ހޫރާލާ މަޖްލީހުގެ ރައީސް ކަމުން ހޫރާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ

    6
    7
  7. ހަނދާންކުރާތި

    މަޖްލީހުގެ ރައީސް ކަމުން މިފަހަރު ރައީސް އިބޫ ވެރިކަމުން ފޭބުމުގެ ކުރިން ވަކިކުރުން އެއީ ރައީސް އިބޫ އަކީ ގަޓް ރައީސެއް ކަން ދައްކާދޭނެ އަލިގަދަ ދަލީލު ތަކޭ އެއިރުން އިންޑިއާ އާއި އެމެރިކާ ވެސް ވަރަށް ބިރުގަންނާނެއޭ ރައީސް އިބޫ ދެކެ މިފަހަރު ޖެހޭނެއޭ ހަނު ތޫނު ކޮށްގެން އަންނި މަޖްލީހުގެ ރައީސް ކަމުން ނަގާ އެއްލާލަން އެއްގޮތް ނެތިއްޔާ އަނެއް ގޮތުން ވެސް މަޖްލީހުގެ ޖަލްސާ އެއް ބާއްވާ މިމަސް ނިމުމުގެ ކުރިން މިކަން ނިންމަން ޖެހޭނެއޭ ހަނދާންކުރާތި އިބޫ ފަހަތަށް ނުޖެހޭތި ހަނދާންކުރާތި އިބޫ ފަހަތަށް ނުޖެހޭތި ހަނދާންކުރާތި އިބޫ ފަހަތަށް ނުޖެހޭތި ހަނދާންކުރާތި އިބޫ ފަހަތަށް ނުޖެހޭތި ހަނދާންކުރާތި އިބޫ ފަހަތަށް ނުޖެހޭތި ހަނދާންކުރާތި އިބޫ ފަހަތަށް ނުޖެހޭތި ހަނދާންކުރާތި އިބޫ ފަހަތަށް ނުޖެހޭތި ހަނދާންކުރާތި އިބޫ ފަހަތަށް ނުޖެހޭތި ހަނދާންކުރާތި އިބޫ ފަހަތަށް ނުޖެހޭތި ހަނދާންކުރާތި އިބޫ ފަހަތަށް ނުޖެހޭތި

    4
    7
  8. ަމަގޭ

    ޑިމޮކްރެޓްސް ނޫން ގޮތެއް. އަންނި ނޫން ގޮތެއް.

    6
    2
  9. ވިސް

    ނަޝީދު ވަކިކޮށްގެން ފައިދާއެއް ވިއަސް ނުވިއަސް އެބޭފުޅާ ވަކިކުރުން މިހާރު އޮތް ސަރުކާރަށް މުހިއްމުވާންޖެހޭ، ޑިމޯކުރެސީ މިޤައުމަށް ނުގެނެވިގެން ދެފައި އެއްތާ ނުޖަހާ އުޅެ، ވަރަށް ރަނގަޅު އެއްޗަކަށް ހަދައިގެން އެގެނެސް ނުވިތާކަށް އަމިއްލަ ޕާޓީ ހަދައިގެން އެނަންދީ ހެދިއިރު، އެބޭފުޅާގެ ކިބައިގަ ޑިމޯކުރެސީގެ އެއްވެސް ހަމައެއްނެތް، ރައްޔިތުންގެ ގިނަބައެއްގެ އިތުބާރު ގެއްލި މަޖިލީހުގެވެސް ވަރަށް ގިނަ މެންބަރުންގެ އިތުބާރު ގެއްލުމުންވެސް ގެނެސްދެއްވި ޑިމޯކުރެސީގެ އުސޫލުތަކާ އިދިކޮޅުވާތަން ފެނިގެންދަނީ، މީ ދެއްތޯ ޑިމޯކުރެސީގެ އަސްލު ސިފައަކީ،

    6
    3
  10. ޑިމޯކުރެޓިކް އުސޫލު

    އެމީހެއްގެ ގައިގަ ޑިމޯކުރެސީގެ ދަވާދުލައިގެން، އެ ކައިބޮއިހަދައިގެން، ޕާޓީއަށް ކިޔައިގެން އުޅުނަސް އެއާ އެއްގޮތަށް އަމަލު ނުކުރާކަން މިއެނގެނީ

    6
    1
  11. މޮހޮދޭ

    ޑިމޮކްރަސީ އަކީކޮން އެއްޗެއްކަމާ ކޮބައިކަން އެނގޭބަޔަކު ޑިމޮކްރެޓްސްއާ އެމްޑީޕީ އަކުވެސް މިހާރުނެތް ޚާއްސަކޮއް އެމްޑީޕީގަ މިހާރު ތިބީ ކޮމިޔްނިސްޓް ވެރިކަން ކުރަން ދަންނަ ބައެއް ބަލަޑިމޮކްރަސީ އަކީ ހިތައްއެރިހާ ގޮތަކައް ކަން ކުރުމެއްނޫނޭ އެއީ ތިމާ ނުރުހޭމީ ހާއައްވެސް ފުރުސަތު ދީގެން އުޅުން

    3
    3
  12. ވަތުބަނޑޭރި

    ކެރަފާ ނަޝީދު ނުވަތަ ކެނެރީ ނަޝީދު ނުވަތަ ދަނޑި ޕާޓީ ގެ މޭސްތިރި ނަޝީދު އަކީ އޭޝިއާގެ މޮގާބޭ. ދިވެހި ރާޢްޖޭގައި ވަރަށް ހަރުދަނާ ޚާރިޖީ ސިޔާސަތެއް މައުމޫން ގެންގުޅުއްވަނިކޮށް އިންޑިޢާ ގެ އަޅަކަށް މިގައުމު ހެދީ ނަޝީދު އާއި އިބްރާހިމް ހުސެއިން ޒަކީ.

    ނަޝީދުގެ ލެގަސީ މިހާރު ދަމަހައްޓަނީ ރައީސް ސާލިހު އާއި ޝާހިދު އަދި މާރިއާ އިސްވެ ތިބެ. މިބުނި 5 މީޙުންނަކީ ވެސް ހަސަން ތާޖުއްދީން ގެ 2 ބޭފުޅުން މިގައުމަށް ޢައްދާރު ވި ގޮަަތައް ޢައްދާރުވެފައި ތިބި 5 މުޖުރިމުން. މި 5 މީޙުން ގެ ނަންވެސް ދިވެހި ތާރީޚުގައި ކަޅުއަކުރުން ލިޔަންޖެހޭނެ.