ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރާއްޖޭގައި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ކ. ހިންމަފުށީގައި ހަދާފައިވާ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު (އެންއާރުސީ) ގާއިމުކުރި އިރު، އެ ތަނުގެ މާ ބޮޑު ބޭނުމެއް ހިފުނު ތަނެއް މީގެކުރިން ފެންނާކަށް ނެތެވެ. އިމާރާތް ކިތަންމެހާ ވެސް ފުރިހަމައެވެ. އެކަމަކު، އެ ތަނުގައި ގެންގުޅެގެން މުޖުތަމައުގެ ތެރެއަށް ނެރެވިފައި ވަނީ "އަތުން ގުނާލެވޭހާ" ވެސް މަދު ބައެކެވެ.

ނަމަވެސް އަދުގެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު މި ފެންނަނީ މިކަމުގައި ވެސް ސީރިއަސް މަސައްކަތްތަކެއް ކުރައްވާ ތަނެވެ. ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ގޮސް އުޅެނިކޮށް ހާލުގައި ޖެހިފައިވާ ދިވެހިން ރާއްޖެ ގެނެސް، އެމީހުން ވަކި މުއްދަތެއް ވަންދެން އެންއާރުސީގައި ގެންގުޅުމުގެ މަސައްކަތް ވެރިކަމުގެ ވަރަށް ކުރީކޮޅު ވަނީ ފަށައިފައެވެ. ބޭނުމަކީ އެ ދިވެހިންނަކީ ވެސް މުޖުތަމައުގައި ބޭނުން ހިފޭ ދިވެހިންތަކަކަށް ހެދުމެވެ.

މި ހުރިހާ ކަމަކާ އެކީގައި ދިވެހި ސަރުކާރުން ދޭ ޔަގީން ކަމެއް އެބައޮތެވެ؛

އެއީ ހަނގުރާމައިގައި ބައިވެރިވެފައި ތިބި މީހުން ރާއްޖެ ގެނައި ކަމުގައި ވިޔަސް، އެމީހުންގެ ފަރާތުން އެއްވެސް ކަހަލަ ބިރުވެރިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަމެވެ. އެމީހުންގެ "ފަރުވާ" ގެ ކަންކަން ކުރިއަށްދާ އިރު، އެމީހުން ބެލެހެއްޓުމުގައި އެއް ބަޔަކަށް "ސެކިއުރިޓީ"ން މަސައްކަތް ކުރާނެ ކަމުގެ ޔަގީން ކަން ދިނެވެ. އެއް ބަޔަކު ސަރުކާރުގެ މި ސިޔާސަތު ހަރުދަނާ ކަމަށް ބުނާ އިރު، އެހެން ބައެއް މީހުން މިކަމާ މެދުގައި ސުވާލު އުފައްދައެވެ. އެމީހުން ބުނާ ގޮތުގައި ހަނގުރާމައިގައި ބައިވެރިވެފައި ތިބި ބަޔަކު ރާއްޖެ ގެނައުމަކީ އިތުރު ބިރުވެރިކަމެއްގެ ތެރެއަށް ރާއްޖެ ވެއްޓިގެން ހިނގައި ދާނެ ކަމެކެވެ.

އިއްޔެ ރޭ ފަތިހު ފަސް އާއިލާއެއްގެ 21 މީހަކު ވަނީ ރާއްޖެ ގެނެސްފައެވެ. މި މީހުންނަކީ ސީރިއާއަށް ހަނގުރާމައަށް ގޮސް އުޅެނިކޮށް ހާލުގައި ޖެހިގެން ސީރިއާ އާއި ތުރުކީ ބޯޑަރު ކައިރީގައި ތިބި ބައެކެވެ. އެމީހުން މުޖުތަމައު ތެރެއަށް ނެރެ ފަރުވާ ދިނުމާ ގުޅޭގޮތުން ސަރުކާރުން ވަނީ ތަފްސީލީ މައުލޫމާތު ހިއްސާކޮށްފައެވެ.

އެގޮތުން އެމީހުންގެ ފަރުވާއަށް ނަގާނެ މުއްދަތަކީ ކިހާ މުއްދަތެއްކަން ސީދާ ކަނޑައެޅިގެން ދަންނަވަން ދަތި ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.

"ދިވެހި ރައްޔިތުންނަށްޓަކައި ހިދުމަތް ކުރާ މުއައްސަސާއެއް އަޅުގަނޑުމެންނަކީ، މި ވުޒާރާގެ ދަށުން ހެދިފައި ހުރި ތަނެއް ނެޝެނަލް ރީއިންޓަގްރޭޝަން ސެންޓަރަކީ އެހެންކަމުން އަޅުގަނޑުމެން ވަރުބަލިކަމެއް ނެތި އެ ނަގާ މުއްދަތެއް، ނަގައިގެން އެކަން ކުރާނަން. މިދިޔަ ފަހަރު އަޅުގަނޑުމެންގެ ތަޖުރިބާ އަކީ 13 މަސް ދުވަސް، އަޅުގަނޑުމެން ނެތިން ދަންނަވާކަށް ސީދާ މީހާ ދުވަހެއް ނަގާނޭ އެ އާއިލާތައް ރިހެބިލިޓޭޓް ކުރުމަށް. އުނދަގޫ ކަމެއް، ސަބަބަކީ މުޅި ޕްރޮސެސްއަކީ މީހެއްގެ ވިސްނުމާއި ފިކުރު ވެސް ގުޅިފައިވާ ކަމަކަށްވެފައި، އެކި މީހުން މީގެ ތެރެއަށް ވަދެވި، އެކްސްޕޯސް ކުރެވިފައި ހުންނަނީ އެކިވަރަށް، އެކި ޓްރޯމާ އާއި އެކި ވައްތަރު ވައްތަރުގެ ކަންތައްތައް މި ހުންނަނީ، ސައިކޮލޮޖިކަލީ ކިހީ އިންޕެކްޓެއްތޯ ވެފައި ހުރި، ދެން ޕްރޮގްރާމް ފެށުމަށްފަހު، އެކި މީހުން ރިކަވަރީއަށް ރެސްޕޯންޑް ކުރާނީ އެކި މިންވަރަށް، އަޅުގަނޑުމެންގެ މިންގަނޑުން އެމީހާ ގަބޫލުކުރެވޭ މިންގަނޑަށް ދޭތޯ އަޅުގަނޑުމެން ބަލާނީ" އިހުސާން ވިދާޅުވިއެވެ.

ގެނައި 15 ކުޑަކުދިންގެ ތެރެއިން 3 އަހަރުގެ ކުއްޖަކު ވެސް ހިމެނޭ

މި އާއިލާތައް ގެނެސް، ކ. ހިންމަފުށީގައި ހުރި ސެންޓަރުގައި ވަނީ ގެންގުޅެން ފަށައިފައެވެ. މި އާއިލާތަކުގެ ތެރޭގައި ކުޑަކުދިން ހިމެނޭ ކަމީ ކަންބޮޑުވާކަމެއް ކަމަށް އިހުސާން ވިދާޅުވިއެވެ. 15 ކުޑަކުދިންގެ ތެރޭގައި އުމުރުން 3 އަހަރުގެ ކުއްޖަކު ވެސް ހިމެނޭއިރު ހަނގުރާމަވެރި ސަރަހައްދުތަކަށް ގޮސް އުޅެނިކޮށް، އަލަށް އުފަންވި ކުދިންތައް ވެސް ތިބި ކަމަށް އިހުސާން ވިދާޅުވިއެވެ. ނަމަވެސް އެ ކުދިންގެ އަދަދު ފަހުން ހާމަކުރައްވާނެ ކަމަށް ވަނީ ވިދާޅުވިއެވެ.

މިގޮތަށް ކުދިން ގެންދާއިރު އެކުދިންގެ ކުށަކީ ކޮބައިތޯ އިހުސާން ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މިކަހަލަ ކަމެއްގެ "އެކުދިންގެ ބަހެއް ނެތި" ގެންދާއިރު މިކަމުގެ ސަބަބުން އެ ކުދިން "ވިކްޓިމައިޒް" ވާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ކަމެއް ނިންމުމުގެ ކުރިން ހުރިހާ އެންމެން ވެސް ވިސްނާއި ފިކުރު ކުރުމަށް އިހުސާން އެދިވަޑައިގެންނެވިއެވެ.

އޮޅުވާލައިގެން ސިރީއަށް ގެންދިޔަ އާއިލާތަކާއި އިސް މީހެއްގެ ނުފޫޒުން ދިޔަ އާއިލާތައް ހިމެނޭ

ގިނަފަހަރަށް ހަނގުރާމައަށް އޮޅުވާލައިގެން ގެންދާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ދިއުމަށްފަހު އެ ތަނުގައި ހިނގާ ކަންކަން ފެނި، ހާލުގައި ޖެހުމުން އަނބުރާ ގައުމަށް އެ އާއިލާތަކުން އަންނަން ބޭނުންވެއެވެ. އެގޮތުން އިއްޔެ ރާއްޖެއަށް ގެނައި ފަސް އާއިލާ އަކީ ވެސް އޮޅުވާލައިގެން ސީރިޔާ އަށް ގެންދިޔަ މީހުން ކަމަށް އިހުސާން ވިދާޅުވިއެވެ.

"މި ފަހަރު ގެނެވުނު އެއް އާއިލާއަކީ ބޭސްފަރުވާއަށް އިންޑިއާއަށް ގޮސްފައި، ދެން ފިލައިގެން ދިޔަ މީހުން. އެ ތަނަށް [ހަނގުރާމަ ހިނގާ ސަރަހައްދުތަކަށް] މި ދެވުނީކީ ސީދާ އެ ތަނަށް ދާން ގަސްތަކު ނޫން. އެހެންވީމާ، ހާއްސަކޮށް ތުއްތު ކުދިންނާއި އަންހެން ބޭފުޅުން، މި ފަހަރު ގެނެވުނު ބޭފުޅުން އަޅުގަނޑުމެންނަށް މިހާތަނަށް ފާހަގަކުރެވުނީ ވިކްޓިމްސްގެ ގޮތުގައި،" އިހުސާން ވިދާޅުވިއެވެ.

މިހާތަނަށް ބެލިބެލުމުން ފާހަގަ ކުރެވިފައި ވަނީ އާއިލާގެ ފިރިހެނުން އިސްވެ ތިބެ، އޮޅުވާލައިގެން ހަނގުރާމައަށް ގެންދާ ކަން ކަމަށް އިހުސާން ފާހަގަ ކުރެއްވިއެވެ.

"އެ މީހުންނަކީ 2022 ވަނަ އަހަރު ސީރިއާ އަދި ތުރުކީ ބޯޑަރު ސަރަހައްދުގައި ދިވެހި ފަސް އާއިލާއެއް ހާލުގައި ޖެހި، ރާއްޖެ އަންނަން ބޭނުން ކަމަށް ސަރުކާރަށް އަންގާފައިވާ މީހުން" ސީރިއާއިން ގެނައި މީހުން ގެނައުމަށް ވެސް ދޮޅު އަހަރު ނެގި ކަން ފާހަގަ ކުރައްވަމުން އިހުސާން ވިދާޅުވިއެވެ.

ސީރިއާއިން ގެނައި މީހުން ދޫކޮށްލާނީ ނުރައްކަލެއް ނެތްކަން ކަށަވަރު ކުރުމަށްފަހު

ސީރިއާގެ ދާހިލީ ހަނގުރާމާގައި ބައިވެރިވާން ދިޔަ މީހުންގެ ތެރެއިން އިއްޔެ ގެނައި 21 މީހުން މުޖުތަމައުއަށް ދޫކޮށްލާނީ އެ މީހުންގެ ފަރާތުން ނުރައްކަލެއް ނެތްކަން ކަށަވަރު ކުރުމަށްފަހު ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން ގެނައި މީހުންގެ މެޑިކަލް އެސެސްމަންޓެއް ހެދި އިރު އެއްވެސް ބޮޑު ބަލިމަޑުކަމެއް ނެތް ކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ [ރިހިބިލިޓޭޝަން ތަޖުރިބާކާރުންނަށް] އެ މީހުންނަކީ މިހާރު ދިވެހި މުޖުތަމައު ތެރޭގައި އާންމު ހާލަތުގައި އުޅެވޭނެ މީހުން ކަމަށް ހުރިހާ ގޮތަކުން ވެސް ގަބޫލުކުރެވޭ ހިސާބަށް ދިޔައީމަ މުޖުތައުތެރެއަށް އެމީހުން ދޫކޮށްލުމުގެ މަސައްކަތް ފައްޓާނީ ވެސް،" އިހުސާން ވިދާޅުވިއެވެ.

އާއިލާތައް ހަނގުރާމަވެރި ސަރަހައްދުތަކަށް ދިޔުމުގެ ކުރިން އެތަންތަނަށް މިދަނީ ސީދާ އެ ބުނާ މަގްސަދު ހާސިލް ކުރުމަށްތޯ ނުވަތަ ނޫންތޯ އެކަމާއި މެދު ވިސްނާލުން މުހިންމު ކަމަށް އިހުސާން ވިދާޅުވިއެވެ. އިއްޔެ ރާއްޖެ ގެނައި އާއިލާތަކަކީ ވެސް ހަނގުރާމަވެރި ސަރަހައްދުތަކަށް ގޮސް ހާލުގައި ޖެހުނު އާއިލާތައް ކަމަށާއި އެ ސަރަހައްދުތަކަށް ދިޔުމުގެ ވިސްނުން އަދިވެސް ބައެއް މީހުން ގެންގުޅޭ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ހަނގުރާމަތައް ކުރިއަށްދާ ސަރަހައްދުތަކަށް ގޮސްފި ނަމަ، ދިވެހިން ހާލުގައި ޖެހޭނެ ކަން ސާބިތުވެފައިވާ ކަމަށެވެ.

"އެކަމަކު، ހިތާމައަކީ އަޅުގަނޑުމެން ދައްކާ ވާހަކަތަކާއި ދޭ މައުލޫމާތުތަކަށް ނުބަލައި ކޮންމެވެސް މަގްސަދެއް ހާސިލް ކުރުމަށް ބޭރަށް ފުރައިގެންދާ ތަން. ގޮސް މިފަދަ ހާލުގައި އާއިލާތައް ޖެހުނީމަ ދެން ދައުލަތުގެ މުއައްސަސާއަކަށް ގޮވާފައި މި ބުނަނީ އަނބުރާ ރާއްޖެ އަންނަން ބޭނުމޭ،" އިހުސާން ވިދާޅުވިއެވެ.

ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެ އިން ބޭރަށް ދިވެހިން ފުރައިގެން ދިއުމުގެ ކުރިން ބޭނުންވާ އެހީތެރިކަން ދީފި ކަމުގައިވާ ނަމަ، މި ދިވެހިން އެފަދަ ހާލުން ސަލާމަތް ކުރެވިދާނެ ކަމުގައި އިހުސާން ވިދާޅުވިއެވެ. ބޭރުގެ އެކިއެކި ހަނގުރާމަތަކާ ދެކޮޅަށް ދިވެހިން ދިޔަ ނުދިނުމަށް ތަފާތު އެކިއެކި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ބައެއް ދިވެހިން އެކަން ގަބޫލު ނުކުރާތީ ހިތާމަ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ އެފަދަ ހިޔާލެއް ގެންގުޅޭ މީހަކު އެނގޭނަމަ މިނިސްޓްރީއަށް ރިޕޯޓް ކުރުމަށް އެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އިބްރާ

    ވަރަށް ރަގަޅު ލިއުމެއް އެކަމަު ގިނަ ދިވެހިންނެއް ހަދާނެއް ނުހުރޭ 3 ނޮވެމްބަރގައި ބޭރުގެ ބަޔަކާއި ގުޅިގެން ރާއްޖެއައިސް އެތައް ބަޔަކު މަރާ ހެދި އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ދިވެހިން މިހާރު ކޮބާހޭ އެބުނާ ބަޔަކު ތިބީ މިމުޖުމަތަމައުއަށް ދޫވެފައިހޭ ނުވަތަ ކުޑަގޮޅީގައި އަދަގޮނޑި ޖަހާފަހޭ ނުވަތަ މަރުވެ ގަބުރުސަތާނުގައި ވަޅުލާފަހޭ ޖަވާބު ދެނިކޮށް ރަގަޅުވާނެ

    43
    3
  2. ރަންރީނދޫ

    ވަގާރު މުޅިން ހިތް ހުއްޓޭނެ.

    10
    1
    • ޢަހުމަދުވަގާރު

      ހިތް ނުހުއްޓުނީޔާ ރަނގަޅެއް ނު އައިސިސް މީހުން މާލޭ މަގު މައްޗައް ދޫކޮއްލާފަ

  3. ހުސީ

    ފާގަ ޓެގު އަޅުވާފަ ބާތިއްބަން ޖެހޭނީ

    13
    20
  4. އަހްޒަމް

    އެގޮތައް ދައްކާވާހަކަ ޤަބޫލުނުކޮއްގޮސް ޙާލުގަޖެހުނީމާ ދެންކުރެވޭނެ އިތުރުކަމެއް ނެތްކަން އެފަރާތްތަކައް އެންގީމަ ރަނގަޅުވާނެ

    16
    4
  5. ތިރިބެ

    ބޯޓު ދަތުރު ކުރައް އެޖެއްސީ ތަކުން މީހުން ފޮނުވިން ބައޔަކު ކުރިކަމެއްތީ ޖިހާދުގެނަމުގަ އޮޅުވާލައިގެން ބޭރުގެ އެޖެއްސީތަކުން ފޮނުވާމީހަކައް ވަރައްގިނަ ފައިސާނަގައިގެން ކުރިކަމެއްތީ އެކަން ކުރިމީހުން ސަރުކާރު ހިންގައްފެށީމަ އެމީހުން ގެންނަނީ

    5
    18
    • ޖޯން ސްނޯ

      ސާލިހުގެ ސަރުކާރުގަ ގެނައީ ކަލޭމެން ފޮނުވި މީހުން ދޯ؟

      7
      3
  6. ނަންތައް

    އެ މީހުން މިހާރު އިދެގެން އުޅޭ މީހުން ވެސް ބަލާތި. އައިމިނަތު ޖީލާން އުޅެނީ މިތަކުން މީހަކާ އިދެގެން. ތި އަންހެނުން ތަކުގެ ސަބަބުން ކިތައް އާއިލާ ރޫޅޭ ތޯ ވެސް ސަރުކާރުން ބަލަން ވާނެ

    6
    3
  7. ޟުހައްމައިދީ

    ސަރުކާރުގެ ބައެއްގެ ފައިދާ އަށް ކުރި ކަމެއް ނިކަމެތިކަން އެތައް އާއިލާ އަކަށް ލިބޭނެ. ނިކަމެތި ވާ އާއިލާ ތަކުގެ ޒިންމާ ސަރުކާރުން ތަ ނަގަނީ. މީހުންގެ ފިރިން ފޭރޭ ބައެއް އެއީ

    7
    1
  8. ޣޖފހހ

    ޣިފހފގހޗ

  9. އަލިބެ

    ތިޔަ 21 މީހެއްގެ ނަމާ އެޑްރެސް ޖަހާލަބަލަ

    6
    6
  10. ވާނުވާ

    މިހާސިރިއަސް ކަމެއްގެގޮތުގައި މާލެތެރޭއުޅޭ ވިޔާނުދާކުދިން ގެންގޮސް ފަރުވާދިނުން ކިހިނެއްތޯވާނީ.

    14
  11. އަހުމަަަދު

    އެއީ ދިވެހިންނެއް ނޫން، ގައުމަށް ގައްދާރުވެ ގައުމާދެކޮޅުވި މީހުންނަށް އެއްވެސް ވަރަކަށް ޓްރަސްޓެއް ނުކުރެވޭނެ. އެހެން ގައުމުތަކުގަ "ޓްރެއިޓާރސް" އަށް ދެނީ މަރުގެ ހުކުމް، އެއީ އެމީހުން ކުރިކަމާ ހެދި މުޅިގައުމެ ރައްކާތެރިން ގެއްލޭތީވެ.

    4
    5
    • Anonymous

      އެއީ ހަމަ ދިވެހިން. ދީނައްޓަކައި ދިޔަ ބައެއް. ކަލޭމެން ނަމާދު ނުކުރިޔަސް