ޔުއެފާ ޗެމްޕިއަންސްލީގުގެ ކުއާޓާ ފައިނަލުގެ ފޯރި ގަދަ މެޗުތައް އަންނަ އޭޕްރީލް މަހު 9 ވަނަ ދުވަހު ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ ރެއާލް މެޑްރިޑް، ބާސެލޯނާ، އެތުލެޓިކޯ މެޑުރިޑް، ބަޔާން މިޔުނިކް، ބްރޫޝިއާ ޑޯޓްމަންޑް، މެންޗެސްޓަރ ސިޓީ، އާސެނަލް އަދި ޕީއެސްޖީ އެވެ. ހުސް ޗެމްޕިއަނުންނެވެ. އެހެން ކަމުން މިފަހަރުގެ ކުއާޓަރ ފައިނަލު ވެގެންދާނީ ފޯރިގަދަވާނެ ފައިނަލަކަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ގުރުއަތުލުން މިއަދު ކުރިއަށް ގެންގޮސްފައި ވާއިރު މި މުބާރާތުގެ އެންމެ ކާމިޔާބު ކުލަބް ރެއާލް މެޑްރިޑް ކުއާޓަރ ފައިނަލުގައި ވާދަ ކުރަން ޖެހެނީ އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށެވެ. ރެއާލް މެޑްރިޑް އިން 14 ފަހަރު މި މިބާރާތް ކާމިޔާބުކޮށްފައިވާއިރު މެންޗެސްޓަރ ސިޓީ އަށް މި މުބާރާތް ކާމިޔާބު ކުރެވިފައި ވަނީ މިދިޔަ އަހަރު އެކަންޏެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލް އިން ދެން ޖާގަ ހޯދި ޓީމު ތަކަށް ބަލާއިރު މިވަގުތު އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނައިގަ އޮތް އާސެނަލް ނިކުންނާނީ ޖަރުމަނުގެ އެންމެ ކާމިޔާބު ޓީމު ބަޔާން މިއުނިކް އާއި ދެކޮޅަށެވެ. އަދި މީގެ އިތުރުން ބުރޫސިއަރ ޑޯޓްމަންޑް ނިކުންނާނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށެވެ.

ސްޕެއިންގެ ކާމިޔާބު ކުލަބް ބާސެލޯނާ ނިކުންނާނީ ފްރާންސް ގެ އެންމެ ވަރުގަދަ އެއް ކުލަބް ކަމަށްވާ ޕީއެސްޖީ އާއި ދެކޮޅަށެވެ. އެހެން ކަމުން ހުރިހާ ގޮތަކުންވެސް މިފަހަރުގެ ކުއާޓާ ފައިނަލުގައި ވާދަ ކުރާނީ ފުޓުބޯޅައިގެ ކާމިޔާބު ކުލަބުތަކެވެ. ނަން މަޝްހޫރު ކުޅުންތެރިންނާއި އެކު އެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުތައް އަންނަ އޭޕްރީލް މަހު ފަށާއިރު، ދެ ވަނަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ.

 

ކިޔުންތެރިންގެ ހިޔާލު