މިހާރު ލ.ކުނަހަންދޫގައި ކުރިއަށްދާ ލޮޓަސް ކްރިކެޓް ކާނިވަލްގައި މިއަދު ރޯޔަލްހަޓް އާއި ސޮނީހާޑުވެއާ ބައްދަލުކުރިމެޗު ސޮނީހާޑުވެއާ ޓީމުން ކާމިޔާބުކޮށްފިއެވެ.

ލޮޓަސް އާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވެސްގެ އެހީތެރިކަމާއިއެކު މިހާރު ލ.ކުނަހަންދޫގައި ކުރިއަށްދާ ލޮޓަސް ކްރިކެޓް ކާނިވަލްގެ މިއަދުގެ މެޗުގައި ޓޮސް ދިމާވެގެން ސޮނީހާޑުވެއާ ޓީމުން ގަސްތުކުރީ ކުޅެން އަރާށެވެ. އެހެންކަމުން ރޯޔަލްހަޓް ޓީމުން ކުޅެން އަރާ 10 އޯވަރުގެ ތެރޭގައި 6 ވިކެޓަށް ހެދުނީ 84 ލަނޑެވެ.

 

ރޯޔަލްހަޓް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އެ ޓީމަށް 22 ލަނޑުހެދި އަހުމަދު ޖިނާން އެވެ. އަދި ސޮނީ ހާޑުވެއާ ޓީމުން އެންމެ ރަނގަޅަށް އުކާފައިވަނީ 23 ލަނޑަށް 2 ވިކެޓުނެގި މުހައްމަދު މާއިސް އެވެ.

ޖަވާބުގައި ސޮނީހާޑުވެއާ ޓީމުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 4 ބޯޅައިން 86 ލަނޑު ހަދާ މެޗު ކާމިޔާބު ކުރީއެވެ. ސޮނީ ހާޑުވެއާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 18 ލަނޑު ހެދި މުހައްމަދު ސައިބާން އެވެ. ރޯޔަލްޓް ޓީމުން އެންމެ ރަނގަޅަށް އުކީ 14 ލަނޑަށް 2 ވިކެޓުނެގި ހުސެއިން ނަޖީލް އެވެ.

 

މިއަދުގެ މެޗުން މޮޅުވެ ކުޅުނު ދެ މެޗުން 6 ޕޮއިންޓް ހޯދާ ސޮނީހާޑުވެއާ ޓީމުން ވަނީ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފައެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސޮނީހާޑުވެއާ ޓީމުގެ މުހައްމަދު ސައިބާން އެވެ.

މާދަމާވެސް މި މުބާރާތުގެ މެޗެއް ކުޅެވޭނެއެވެ. މާދަމާގެ މެޗުގައި ބައްދަލު ކުރާނީ ކުނަހަންދޫ ސްކޫލް ޓީމާއި ބަގްލާ ބެސްޓް6 ޓީމެވެ. މި މެޗުވެސް ކުޅެވޭނީ މާދަމާ ހަވީރު 4:30 ގައި ކުނަހަންދޫ ކްރިކެޓް ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު