ޔޫރޯ 2024 އަށް ކޮލިފައިވުމަށް ކުޅެވުނު ޕްލޭ އޮފް މެޗުގައި ގްރީސްގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދާ ޖޯޖިއާ އިން މުބާރާތަށް ކޮލިފައިވެ، ތާރީހުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

ޖޯޖިއާގެ ތާރީހުގައި ބައިނަލްއަގްވާމީ މުބާރާތަކަށް އެ ގައުމު ކޮލިފައިވި މިއީ ފުރަތަމަ ފަހަރެވެ. އެގައުމަށް މިފަދަ ފުރުސަތެއް ލިބިފައި މިވަނީ މެދުކެނޑުމެއް ނެތި 15 ފަހަރު މި މުބާރާތުގެ ކޮލިފައިންގައި ވާދަކޮށްގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗުގައި ގޯލާ އަމާޒުކޮށް ފެނިގެން ގޮސްފައިވަނީ އެންމެ ހަމަލާއެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ. ނަތީޖާ ނެރުމަށް ކުޅެވުނު އިތުރު ވަގުތުގައިވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ފޮޓޯ: ޖިއޮޖި

ޖޯޖިއާ އިން ފަސް ޕެނަލްޓީ ފޮނުވާލިއިރު އޭގެ ތެރެއިން ހަތަރު ޕެނަލްޓީ އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. ގްރީސް އިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން އެ ޓީމަށް ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީއެވެ.

މެޗު ނިމުމާއެކު ޖޯޖިއާގެ ސަޕޯޓަރުން ވަނީ އުފާ ފާޅު ކުރުމުގެ ގޮތުން ދަނޑަށް ވަދެގަނެ ކުޅުންތެރިންނާއިއެކު ދަނޑުމަތީގައި އެމީހުންގެ އިހުސާސްތައް ބަންޑުންކޮށްލާފައެވެ.

ޖޯޖިއާ ހިމެނެނީ ތުރުކީ އާއި ޕޯޗުގަލް އަދި ޗެކް ރިޕަބްލިކް ހިމެނޭ ގުރޫޕު އެފް ގައެވެ.

ޔޫރޯ 2024 ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގައެވެ. މި އަހަރުގެ މުބާރާތް ބާއްވާނީ ޖަރުމަނުވިލާތުގައެވެ. އެގޮތުން ފުރަތަމަ މެޗު ކުޅެވޭނީ އެލަޔަންޒް އެރީނާ ދަނޑުގައެވެ.