ބައިނަލްއަގުވާމީ އެކުވެރި ކަމުގެ މެޗުގައި ރޭ ސްލޮވޭނިއާ އާއި ޕޯޗުގަލް ބައްދަލު ކުރި މެޗު 0-2 ގެ ނަތީޖާ އަކުން ސްލޮވޭނިއާ ކާމިޔާބުކޮށް ޕޯޗުގަލް އިން ބަލިނުވެ ހިފަހައްޓަމުން ގެންދިޔަ ރިކޯޑު ނިމުމަކަށް ގެނެސްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް 2 ޓީމަށްވެސް ލިބިފައިވެއެވެ. ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 0-0 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.

ވާދަވެރި ކުޅުމެއް ފެނުނު މެޗުގައި ސްލޮވޭނިއާ އިން ފުރަތަމަ ގޯލު ކާމިޔާބުކޮށްފައި ވަނީ މެޗުގެ މެޗުގެ 72 ވަނަ މިނެޓުގައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގެޒްޑާ ސެރިން އެވެ. އަދި ސްލޮވޭނިއާއިން މެޗުގެ 80 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ގޯލު ވަނީ ކާމިޔާބުކޮށްފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލްްސްނިކްއެވެ. ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޯޗުކަމާއި ރޮބާޓޯ މާޓިނޭޒް ހަވާލުވި ފަހުން ރޭގެ މެޗާއި ހަމަޔަށް ކުޅެވުނު 11 މެޗު ޕޯޗުގަލް ވަނީ ކާމިޔާބުކޮށްފައެވެ.

ބައިނަލްއަގުވާމީ އެކުވެރި ކަމުގެ މެޗެއްގައި އިންގްލެންޑް އާއި ބެލްޖިއަމް ވެސް ރޭ ވަނީ ވާދަކޮށްފައެެވެ. މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. އިންގްލެންޑް އަށް ކާމިޔާބުކޮށްދީފައި ވަނީ އިވާން ޓޯނީ އާއި ޖޫޑް ބެލިންހަމްއެވެ. ބެލްޖިއަމްގެ ދެ ގޯލު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓިލެމެންސްއެވެ.

ކިޔުންތެރިންގެ ހިޔާލު