ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވެސް ގެ މިއަހަރަށް ފާސްކުރި ބަޖެޓުގެ ތެރެއިން 34 މިލިއަން ރުފިޔާ، އޮލިމްޕިކް ސްޓޭންޑަޑަށް ހަދާ ސްވިމިން ޕޫލް ޕްރޮޖެކްޓަށް ހާއްސަކޮށްފިއެވެ.

ސްވިމިން އެސޯސިއޭޝަނަށް މިއަހަރު ފާސްކުރީ 40.9 މިލިއަން ރުފިއާއެވެ. އޭގެ ތެރެއިން 34.2 މިލިއަން ސްވިމިން ޕޫލް އަށް ހާއްސަކުރި އިރު އެސޯސިއޭޝަންގެ އެހެނިހެން މަސައްކަތް ތަކަށް ހާއްސަކޮށްފައި ވަނީ 6.7 މިލިއަން ރުފިޔާ އެވެ.

 

ފޮޓޯ: ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވެސް

ސްވިމިން ޕޫލް އެޅުމަށް ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސް އާއި ޖެހިގެން އޮތް ބިން ޖެނުއަރީ މަހު ވަނީ ސްވިމިން އެސޯސިއޭޝަން އަށް ލިބިފައެވެ. މިހާރު އެ ބިން ވަނީ ސާފުވެސް ކޮށްފައެވެ. އަދި އެތަން ކޮނުމުގެ މަސައްކަތް މިހާރު ކުރިއަށް ދެއެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ ބަޖެޓުންވެސް 10 މިލިއަން ރުފިޔާ ވަނީ މި ސްވިމިން ޕޫލް ޕްރޮޖެކްޓް އަށް ހާއްސަކޮށްފައިވެއެވެ. އެއީ އެ ޕްރޮޖެކްޓްގެ އެޑްވާންސް ޕޭމަންޓް ދެއްކުމަށެވެ.

ކިޔުންތެރިންގެ ހިޔާލު