ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގުގައި އަޔެކްސް ވިމެންސް އާއި ޗެލްސީ ވިމެންސް ބައްދަލުކުރި މެޗު 1-1 ނަތީޖާއަކުން އެއްވަރުވެ އެގްރިގޭޓްގެ ތަފާތުން ޗެލްސީ ވިމެންސް ކުރި ހޯދާ ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖަހަި ކުރި ހޯދީވެސް ޗެލްސީއިންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި ގުރޯ ރެއިޓެން ތަނަަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރެކޯޑު ފީއަކަށް އެ ޓީމާއި ގުޅިފައިވާ މޭރާ ރެމިރޭޒް އެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 0-1 ގެ ނަތީޖާއަކުން ޗެލްސީ ވިމެންސް ޓީމު ކުރީގައި އޮވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ދުވަނަ ހާފުގައި އަޔެކްސް ވިމެންސްއިން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކޮށްފައެވެ. މިގޮތުން މެޗުގެ 65 ވަނަ މިނެޓުގައި އިޒަބެލް ހޮއެކްސްޓްރާ ތަނަވަސްކޮށްދިން ފުރުސަތަކުން ގޯލު އެޔެކްސް ވިމެންސް އަށް ކާމިޔާބުކޮށްދިނީ ޗެސިޓީ ގްރާންޓެ އެވެ.

ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އަމްސްޓްޑެމްގައި ކުޅެވުނު މެޗު 0-3 ގެ ނަތީޖާ އަކުން ކާމިޔާބުކޮށްފައިވަނީ ޗެލްސީ ވިމެންސް އެވެ. އެހެންކަމުން ރޭގެ މެޗުގައި ޖެހި ގޯލާއި އެކު 1-4 ގެ ނަތީޖާއަކުން ޗެލްސީ ވިމެންސް ޓީމަށް ކުރިލިބި ސެމީފައިނަލްގެ ޖާގަ ވަނީ ކަށަވަރު ވެފައެވެ.

ޗެލްސީ ވިމެންސްގެ އިތުރުން ދެން ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ އޮލިމްޕިކޭ ލިއޮނިސް ވިމެންސް އެވެ. އެ ޓީމުން ކުއާޓާ ފައިނަލްގައި ބެންފީކާ ވިމެންސް އާއި ބައްދަލު ކުރި ދެ ލެގުން 2-6 ގެ އެގްރިގޭޓުން ވަނީ ކުރި ހޯދާފައެވެ.

ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ގެ ފަހު ދެ ޖާގަ ލިބިގެންދާނީ މިރޭ ބާސެލޯނާ ވިމެންސް އާއި އެސްކޭ ބްރަން ވިމެންސް ބައްދަލު ކުރާ މެޗުންނާއި ޕީއެސްޖީ ވިމެންސް އަދި ބީކޭ ހައެކެން ވިމެންސް ބައްދަލުކުރާ މެޗުން މޮޅުވާ ދެ ޓީމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު