ލ. ކުނަހަންދޫގައި މިހާރު ކުރިއަށްދާ "އާގޭ އަހުމަދު ސޮކާ ކަޕް" ގައި ކުޅުނު ފުރަތަމަ މެޗު ހަޓް ކަންމަތި ޓީމުން ކާމިޔާބުކޮށް ރޭ ކުޅުނު މި މުބާރާތުގެ ދެވަނަ މެޗު އެފްސީ ނޯނޭމް އިން ކާމިޔާބުކޮށްފިއެވެ.

ސޮކާ އެކަޑަމީ އޮފް ކުނަހަންދޫ އިން އިންތިޒާމުކޮށްގެން ކުނަހަންދޫގައި ފެށި މުބާރާތް ޝަރަފުވެރިކޮށް ދެއްވައި މުބާރާތް ފައްޓަވައި ދެއްވީ ކުރީގެ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމެވެ.

 

ކުނަހަންދޫ ސޮކަރ ކަޕް

މި މުބާރާތުގައި ފުރަތަމަ ދެ މެޗު ކުޅުނެވެ. މިގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރީ ހަޓް ކަންމަތި ޓީމާއި ސޮކަރ ފޯ ލައިފް ޓީމެވެ. ހަޓް ކަންމަތި ޓީމާއި ސޮކަރ ފޯ ލައިފް ބައްދަލު ކުރި މެޗު 1-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހަޓް ކަންމަތި ޓީމެވެ.

ފުރަތަމަ މެޗުގައި ހަޓް ކަންމަތި ޓީމަށް ގޯލުތަށް ކާމިޔާބުކޮށްދީފައިވަނީ އަހުމަދު ޖިނާން، މުހައްމަދު އަނިލް، ހުސެއިން ސިފާއު (ކުރި) އަދި މުހައްމަދު އަޒްމޫން އެވެ. ސޮކަރ ފޯ ލައިފް ޓީމުގެ ހަމަ އެކަނި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ސުހީލް (ބޮދޫ) އެވެ.

ހަޓް ކަންމަތި ޓީމާއި ސޮކަރ ފޯ ލިއިފް ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހަޓް ކަންމަތި ޓީމުގެ އަހުމަދު ޖިނާންއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް އިނާމު ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހުމާން ހީނާ އަހުމަދު ސަލީމްއެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ އެފްސީ ނޯނޭމް ޓީމާއި ބޫތްސް ބޭރަ ޓީމެވެ. މި މެޗު 3-8 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެފްސީ ނޯނޭމް ޓީމެވެ. އެފްސީ ނޯނޭމް ޓީމަށް މުހައްމަދު ސައިބާން ފަސް ގޯލު ކާމިޔާބުކޮށްދިންއިރު، އަހުމަދު އަފްނާން އެ ޓީމަށް ދެގޯލު ވަނީ ކާމިޔާބުކޮށްދީފައެވެ. ބޫތް ބޭރަ ޓީމުން ގޯލުތައް ކާމިޔާބުކޮށްދިނީ ޝަރީފު އަބްދުލް ރަހްމާން އާއި އަބްދުލް ލަތީފް އަބްދުލް ހަކީމްއެވެ.

 

ކުނަހަންދޫ ސޮކަރ ކަޕް

 

މި މުބާރާތުގައި އެފްސީ ނޯނޭމް ޓީމާއި ބޫތްސް ބޭރަ ޓީމު ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ނޯނޭމް ޓީމުގެ މުހައްމަދު ސައިބާން އެވެ. މި މެޗުގެ ވެސް މޮޅު ކުޅުންތެރިޔާގެ އިނާމު ހަވާލުކޮށްދެއްވީ ޝަރަފުވެރިމެހުނާމް ހީނާ އަހުމަދު ސަލީމް އެވެ.

މި މުބާރާތުގެ ދެ މެޗެއް މިރޭވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެފްސީ ނޯނޭމް ޓީމާއި ސޮކަރ ފޯ ލައިފް ޓީމެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައެވެ. މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އޭވިއޭޓަރ ކުލަބް އާއި ހަޓް ކަންމަތި ޓީމެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 10:30 ގައެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

 

ކިޔުންތެރިންގެ ހިޔާލު