ލ.ކުނަހަންދޫގައި މިހާރު ކުރިއަށްދާ "އާގޭ އަހުމަދު ސޮކަރ ކަޕް" ގައި ރޭ ކުޅުނު ދެ މެޗުގައި ސޮކަރ ފޯ ލައިފް އާއި ހަޓް ކަންމަތި ޓީމު ގިނަ ގޯލުތަކަކާއެކު މޮޅުވެއްޖެއެވެ.

ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ އިން އިންތިޒާމުކޮށްގެން ކުނަހަންދޫގައި މިހާރު ކުރިއަށްދާ "އާގޭ އަހުމަދު ސޮކަރ ކަޕް"ގައި ރޭގެ ފުރަތަމަ މެޗުގައި ސޮކަރ ފޯ ލައިފް އާއި އެފްސީ ނޯނޭމް ބައްދަލު ކުރިމެޗު ސޮކަރ ފޯ ލައިފް ޓީމުން ކާމިޔާބުކުރީ 3-10 ގެ ނަތީޖާއަކުންނެވެ.

ސޮކަރ ފޯ ލައިފް ޓީމަށް އަލީ ރީހާން ހަ ގޯލު ކާމިޔާބުކޮށް ދިންއިރު ލޫތް އަބޫބަކުރު ދެ ގޯލް ކާމިޔާބުކޮށްދީފައިވެއެވެެ. އަދި މުހައްމަދު އިހުސާން އާއި މުހައްމަދު މުނާޒް ކޮންމެ ކުޅުންތެރިއަކު އެއް ގޯލު ކާމިޔާބުކޮށްދީފައިވެއެވެ.

ފޮޓޯ: ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ

 

ރޭގެ ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސޮކަރ ފޯ ލައިފް ޓީމުގެ އަލީ ރީހާންއެވެ. މޮޅު ކުޅުންތެރިޔާއަށް އިނާމް ހުށައަޅާފައިވަނީ އިމްރާން މުހައްމަދު އާއި ސަމްޝާދު އަލީއެވެ.

މި މުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ހަޓް ކަންމަތި ޓީމާއި އޭވިއޭޓަރ ކުލަބްއެވެ. މި މެޗު ހަޓް ކަންމަތި ޓީމުން ކާމިޔާބުކުރީ 5-12 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ހަޓް ކަންމަތި ޓީމަށް މުހައްމަދު އަނިލް ހަތް ގޯލު ކާމިޔާބުކޮށްދިންއިރު މުހައްމަދު އަޒްމޫން ދެ ގޯލު ކާމިޔާބުކޮށްދީފައިވެއެވެ. އަދި ހުސެއިން ސިފާއު އާއި އަހުމަދު ޖިނާން ކޮންމެ ކުޅުންތެރިއަކުވެސް އެއް ގޯލު ކާމިޔާބުކޮށްދީފައިވެއެވެ. އޭވިއޭޓަރ ޓީމަށް މުސްތަފާ އިދުރީސް އަދި އަލީ ރަޝީދު ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ކާމިޔާބުކޮށްދީފައިވާއިރު އިބްރާހިމް ޝަކީބު އެއް ގޯލު ކާމިޔާބުކޮށްފައިވެއެވެ.

އާގޭ އަހުމަދު ސޮކަރ ކަޕްގައި ރޭ ކުޅެވުނު 2 ވަނަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހަޓް ކަންމަތި ޓީމުގެ ހުސެއިން ޝިފާއު (ކުރޯ) އެވެ. މި މެޗުގެވެސް މޮޅު ކުޅުންތެރިޔާގެ އިނާމް ހުށައަޅާފައިވަނީ އިމްރާން މުހައްމަދު އާއި ސަމްޝާދު އަލީއެވެ.

ފޮޓޯ: ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ

 

މާދަމާރޭވެސް މި މުބާރާތުގައި ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މާދަމާރޭގެ ފުރަތަމަ މެޗުގައި ވާދަ ކުރާނީ އޭވިއޭޓަރ ކުލަބް އާއި އެފްސީ ނޯނޭމްއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 9:30 ގައެވެ. މާދަމާ ރޭގެ ދެވަނަ މެޗުގައި ވާދަކުރާނީ ސޮކަރ ފޯ ލައިފް އާއި ބޫތަ ބޭރަ ޓީމެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 10:30 ގައެވެ.

ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫއިން އިންތިޒާމްކޮށްގެން ލ.ކުނަހަންދޫގައި މިހާރު ކުރިއަށްދާ "އާގޭ އަހުމަދު ސޮކަރ ކަޕް" ގެ މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިންއެވެ.

ކިޔުންތެރިންގެ ހިޔާލު