ލ. ކުނަހަންދޫގައި މިހާރު ކުރިއަށްދާ އާގޭ އަހުމަދު ސޮކަރ ކަޕްގައި ރޭ ކުޅުނު ދެ މެޗު އެފްސީ ނޯނޭމް އާއި ސޮކަރ ފޯ ލައިފް ޓީމުން ފަސޭހަ ކަމާއިއެކު ކާމިޔާބުކޮށްފިއެވެ.

ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ އިން އިންތިޒާމްކޮށްގެން ލ. ކުނަހަންދޫގައި މިހާރު ކުރިއަށްދާ "އާގޭ އަހުމަދު ސޮކަރ ކަޕް"ގެ ރޭގެ ފުރަތަމަ މެޗުގައި ވާދަކުރީ އެފްސީ ނޯނޭމް އާއި އޭވިއޭޓަރ ކުލަބް އެވެ. މި މެޗު 2-6 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެފްސީ ނޯނޭމް އެވެ.

ކުނަހަންދޫ ސޮކަރ ކަޕް - ފޮޓޯ: ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ

އާގޭ އަހުމަދު ސޮކަރ ކަޕްގެ ރޭގެ ފުރަތަމަ މެޗުގައި އެފްސީ ނޯނޭމްއަށް އަހުމަދު އަފްސާން 3 ގޯލު ކާމިޔާބުކޮށްދީފައިވާއިރު އަލީ ރިޝްވާން 2 ގޯލު އަދި މުހައްމަދު ޝައިބާން 1 ގޯލު ކާމިޔާބުކޮށްދީފައިވެއެވެ.

މި މެޗުގައި އޭވިއޭޓަރ ޓީމަށް މުހައްމަދު އުމެއިރު އަދި އަލީ ރަޝީދު ކޮންމެ ކުޅުންތެރިއަކު 1 ގޯލު ކާމިޔާބުކޮށްދީފައިވެއެވެ.

އާގޭ އަހުމަދު ސޮކަރ ކަޕް ރޭގެ ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ނޯނޭމް ޓީމުގެ އަހުމަދު އަފްސާން އެވެ. މޮޅު ކުޅުންތެރިޔާއަށް އިނާމު ހުށައަޅާފައިވަނީ މުހައްމަދު އިމްރާން އާއި އަލީ ސަމްޝާދު އެވެ.

ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫއިން އިންތިޒާމް ކޮށްގެން މިހާރު ކުރިއަށްދާ "އާގޭ އަހުމަދު ސޮކަރ ކަޕް" ރޭގެ ދެވަނަ މެޗުގައި ވާދަކުރީ ސޮކަރ ފޯ ލައިފް އާއި ބޫތު ބޭރަ ޓީމެވެ. މި މެޗު 3-9 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސޮކަރ ފޯ ލައިފް ގެ ޓީމެވެ.

ސޮކަރ ފޯ ލައިފްގެ ޓީމުން އަލީ ރީހާން 6 ގޯލު ކާމިޔާބުކޮށްދިންއިރު އަހުމަދު ރަފާން 2 ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައިވެއެވެ. އަދި މީގެ އިތުރުން އަހުމަދު އިހުސާން އެ ޓީމަށް 1 ގޯލު ކާމިޔާބުކޮށްދީފައިވެއެވެ.

ބޫތު ބޭރަ ޓީމަށް އަލީ އިޔާޝް އެއް ގޯލު ކާމިޔާބުކޮށްދިންއިރު ސަރީފު އަބްދުލް ރަހީމު އާއި އަބްދުލް ލަތީފު އަބްދުލް ހަކީމް މިއިން ކޮންމެ ކުޅުންތެރިއަކު ވެސް އެއް ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނެވެ.

ކުނަހަންދޫ ސޮކަރ ކަޕް - ފޮޓޯ: ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ

އާގޭ އަހުމަދު ސޮކަރ ކަޕް ރޭގެ ދެވަނަ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ސޮކަރ ފޯ ލައިފް ޓީމުގެ އަލީ ރީހާން އެވެ. މި މެޗުގެވެސް މޮޅު ކުޅުންތެރިޔާގެ އިނާމު ހުށައަޅާފައިވަނީ މުހައްމަދު އިމްރާން އާއި އަލީ ސަމްޝާދު އެވެ.

މިރޭވެސް މި މުބާރާތުގެ 2 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭގެ ފުރަތަމަ މެޗުގައި ވާދަ ކުރާނީ ހަޓް ކަންމަތި ޓީމް އާއި ބޫތު ބޭރަ ޓީމެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައެވެ. މިރޭގެ ދެވަނަ މެޗުގައި ވާދަކުރާނީ ސޮކަރ ފޯ ލައިފް ޓީމާއި އޭވިއޭޓަރ ކުލަބެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 10:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު