ޔުއެފާ ޗެމްޕިއަންސް ލީގުގެ ފޯރިގަދަ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތަށް މިރޭ ފެށޭނެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ އާސެނަލް ނިކުންނާނީ ޖަރުމަނުގެ ބާޔާން މިޔުނިކް އާއި ދެކޮޅަށެވެ. އަދި ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ނިކުންނާނީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ކުލަބް ކަމަށްވާ ރިއަލް މެޑްރިޑް އާއި ދެކޮޅަށެވެ.

 

އިނގިރޭސި ޕުރެމިއާ ލީގުގެ އެއްވަނައިގައި ވެސް މިވަތު އޮތް އާސެނަލް މިރޭ ބަޔާން މިއުނިކްއާއި ދެކޮޅަށް ނިކުންނައިރު އާސެނަލް އަށް އަދި ޗެމްޕިއަންސް ލީގު ޓްރޮފީ އުފުލާލެވޭ ގޮތެއް ނުވެއެވެ. އާސެނަލް އަށް ޗެމްޕިއަންސް ލީގުގައި އެންމެ ކާމިޔާބު އަހަރަކީ 2005-2006 ވަނަ އަހަރުއެވެ. މި އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އާސެނަލް ވާދަކުރިއެވެ. ސްޕެއިންގެ ބާސެލޯނާ އާއި ދެކޮޅަށް ކުޅެވުނު މި މެޗުން އާސެނަލް ބަލިވީ 1-2 ގެ ނަތީޖާ އަކުންނެވެ.

ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ބަޔާން މިޔުނިކް މިރޭ އާސެނަލް އާއި ދެކޮޅަށް ނިކުންނައިރު، ޖަރުމަނު ލީގުގައި މިވަގުތު އެ ޓީމު އޮތީ ޓޭބަލްގެ 2 ވަނައިގައެވެ. ބަޔާން ޗެމްޕިއަންސް ލީގުގެ ފައިނަލް ގައި 11 ފަހަރު ވާދަކުރިއިރު 6 ފަހަރު ޗެމްޕިއަންކަން ހޯދާފައިވެއެވެ.

 

ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ މިރޭ ރިިއަލް މެޑްރިޑް އާއި ދެކޮޅަށް ނިކުންނައިރު މިވަގުތު އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ އޮތީ ޓޭބަލްގެ 3 ވަނައިގައެވެ. ޗެމްޕިއަންސް ލީގުގެ ޓްރޮފީ މިދިޔަ އަހަރު ކާމިޔާބުކުރި މެންޗެސްޓަރ ސިޓީ އަށް މީ ޗެމްޕިއަންސް ލީގު ލިބުނު ފުރަތަމަ ފަހަރެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ކުލަބް ކަމުގައިވާ ރިއާލް މެޑްރިޑް، ސްޕެއިންގެ ލަލީގާގައި މިވަގުތު އޮތީ ޓޭބަލްގެ 1 ވަނައިގައެވެ. 14 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ސްޕެއިންގެ ރިއާލްމެޑްރިޑް އިން 16 ފަހަރު ޗެމްޕިއަންސް ލީގު ފައިނަލްގައި ވާދަކޮށްފައިވެއެވެ.

ޗެމްޕިއަންސް ލީގު ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ އާސެނަލް އާއި ބަޔާން މިއުނިކް ބައްދަލުކުރާ މެޗު ކުޅެވޭނީ އާސެނަލްގެ އެމިރޭޓްސް ދަނޑުގައެވެ. އަދި މެންޗެސްޓަރ ސިޓީ އާއި ރިއަލް މެޑްރިޑް ކުޅޭ ފޯރިގަދަ މެޗު ކުޅޭނީ ރިއަލް މެޑްރިޑް ގެ ދަނޑު ސެންޓިއާގޯ ބާނެބާއޯގައެވެ.

ކިޔުންތެރިންގެ ހިޔާލު