ލ. ކުނަހަންދޫގައި މިހާރު ކުރިއަށްދާ އާގޭ އަހުމަދު ސޮކަރ ކަޕްގައި ރޭ ކުޅުނު ދެ މެޗުން އެފްސީ ހަޓް ކަންމައްޗަށް ފަސޭހަ މޮޅެއް ލިބުނު އިރު ފަހު ވަގުތު ސޮކަރ ފޯރ ލައިފް އަށް ވެސް މޮޅެއް ލިބިއްޖެއެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ އެފްސީ ހަޓް ކަންމަތި އަދި ބޫތަ ބޭރަ ޓީމެވެ. މި މެޗު އެފްސީ ހަޓް އިން ފަސޭހަ ކަމާއިއެކު ކާމިޔާބުކުރީ 9-1 އިންނެވެ. މި މެޗިގައި އެފްސީ ހަޓްގެ އަހުމަދު ޖިނާނު ހަތަރު ލަނޑު ޖެހި އިރު މުހައްމަދު އަޒްމޫން އަދި މުހައްމަދު އަނިލް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ. އެފްސީ ހަޓް އިން ދެން ޖެހި ލަނޑު ކާމިޔާބުކުރީ ހުސައިން ޝިފާއުއެވެ. ބޫތަ ބޭރަ ޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ އަލީ ފާރިޒެވެ.

ކުނަހަންދޫ ސޮކަރ ކަޕް - ފޮޓޯ: ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފަައިވަނީ މެޗުގައި ހަތަރު ލަނޑު ކާމިޔާބުކުރި އަހުމަދު ޖިނާނެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކުރީ ސޮކަރ ފޯރ ލައިފް އާއި އޭވިއޭޓަރ ކުލަބެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗު ކާމިޔާބުކޮށްފައިވަނީ ސޮކަރ ފޯރ ލައިފް ޓީމުންނެވެ.

މި މެޗުގައި ސޮކަރ ފޯރ ލައިފްގެ ލޫތު އަބޫބަކުރު ތިން ލަނޑު ޖަހާ ހެޓްރިކް ހެދި އިރު އަލީ ރީހާން ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

ކުނަހަންދޫ ސޮކަރ ކަޕް - ފޮޓޯ: ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭވިއޭޓާ ޓީމުގެ ގޯލު ކީޕަރު ނާޒިމް އަބްދުލް ހަކީމެވެ.

މި މުބާރާތުގެ މެޗުތައް މިރޭވެސް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި އެފްސީ ނޯ ނޭމް އަދި އެފްސީ ހަޓް ކަންމަތި ބައްދަލު ކުރާއިރު ދެވަނަ މެޗުގައި ބައްދަލު ކުރާނީ އޭވިއޭޓާ ކުލަބާއި ބޫތަ ބޭރަ ޓީމެވެ. ފުރަތަމަ މެޗު މިރޭ 21:30 ގައި ފަށާއިރު ދެވަނަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 22:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު