އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445 ވީކޭ ސްޕޯޓްސް ކުލަބް އަދި ޖޭކޭ ސްޕޯޓްސް ކުލަބް ވާދަކުރި މި މުބާރާތުގެ 4 ވަނަ މެޗުގައި ގަދަހިފުމުން ޖޭކޭ ސްޕޯޓްސް ކުރިހޯދައިފިއެވެ.

ގުރުއަތުން ދިމާވެގެން ވީކޭ ސްޕޯޓްސް ކުލަބުން ނިންމީ އެތެރެއިން ކުޅޭށެވެ. ބޭރުން އަރަމުން ދިޔަ ޖޭކޭ ސްޕޯޓްސް ކުލަބުން މަޑު މަޑުން ވީކޭ ސްޕޯޓްސް ގެ ކުޅުންތެރިން ނުބައި ކުރަމުން ދިޔައެވެ. ވާދަވެރި ކަމާއި އެކު ކުރިއަށް ދިޔަ މި ގޭމުގައި ވީކޭ ސްޕޯޓްސް އިންވެސް ދިޔައީ ބޭރުން އަރަމުން ދިޔަ ޖޭކޭ ސްޕޯޓްސް ގެ ކުޅުންތެރިން ހިފަހަށްޓަމުންނެވެ. މި މެޗުގައި ޖޭކޭ ސްޕޯޓްސް އިން ގޭމު އަނބުރާލީ މި ގޭމު ނިމެން 6 ސިކުންތަށް ވެފައި ވަނިކޮށެވެ. ޖޭކޭ ސްޕޯޓްސް ކުލަބުން މި ގޭމު ކާމިޔާބުކުރީ 9-11 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ދެވަނަ ގޭމުގައި ޖޭކޭ ސްޕޯޓްސް ކުލަބުން އެތެރޭގައި ހަމަ ޖެހިލައިގެން އޮވެ ބޭރުން އަރަމުން ދިޔަ ވީކޭ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން ނުބައިކުރަމުންދިޔައެވެ. ނަމަވެސް ރޭވުންތެރިކަމާއި އެކު ވީކޭ ސްޕޯޓްސް ކުޅެމުންގޮސް މި ގޭމު ނިމެން 30 ސިކުންތަށް ވެފައި ވަނިކޮށް ވީކޭ ސްޕޯޓްސް ކުލަބުގެ ސިމާހު މޫސާ ޖޭކޭ ސްޕޯޓްސް ކުލަބުގެ 4 ކުޅުންތެރިންގެ ގޮވައިގެން ނިކުމެ މި ގޭމު ވީކޭ ސްޕޯޓްސް ކުލަބް ކޮޅަށް އަނބުރާލިއެވެ.

 

އެމްްޓީސީސީ ބައިބަލާ 1445 ގެ ހަތަރުވަނަ މެޗް ޖޭކޭ ސްޕޯޓްސް ކްލަބް އަދި ވީކޭ ސްޕޯޓްސް ކްލަބް ބައްދަލް ކުރި މެޗް:ވަގުތު އިމޭޖެސް : އަހްމަދް މަމްދޫހް

މިރޭގެ 4 ވަނަ މެޗުގައި ވާދަކުރި ވީކޭ ސްޕޯޓްސް އަދި ޖޭކޭ ސްޕޯޓްސް ކޮންމެ ޓީމަކަށްވެސް ގޭމެއް ލިބިފައިވާތީ މި މެޗުގެ ނަތީޖާ ނެރެން ޖެހުނީ ގަދަ ހިފުމަކަށް ގޮސްގެންނެވެ. މީ މިއަހަރުގެ މުބާރާތުގައި ފެނިގެންދިޔަ ފުރަތަމަ ގަދަ ހިފުމެވެ.

ގަދަހިފުމުގައި ގުރުއަތުން ލިބިގެން ވީކޭ ސްޕޯޓްސް ވާދަކުކުރީ ބޭރުންނެވެ. ވީކޭ ސްޕޯޓްސް ކުލަބުން ބޭރުން އެރީ އަހުމަދު ރިޒްވީން އެވެ. ޖޭކޭ އިން ގަދަ ހިފުމުގެ ފުރަތަމަ ހިފުމުގައި އެތެރޭން އެރީ އިބްރާހިމް ފަރުހާން އެވެ. މި ގޭމު ކާމިޔާބުކުރީ ވީކޭ ސްޕޯޓްސް ކުލަބުގެ އަހުމަދު ރިޒްވާން އެވެ.

ގަދަ ހިފުމުގެ ދެވަނަ ހިފުމުގައި އެތެރޭން ވީކޭ ސްޕޯޓްސް ކުލަބުން އަހުމަދު ލިޒްފާން ލަތީފު އެތެރެއިން އެރިއިރު ޖޭކޭ ސްޕޯޓްސް އިން ބޭރުން އެރީ އަލީ ސިހާން ހަސަންއެވެ. ވަގުތު ހަމަވާން 9 ސިކުންތަށް ވެފައި ވަނިކޮށް ޖޭކޭ ސްޕޯޓް ކުަލަބުން ބޭރުން އެރި ކުޅުންތެރިޔާ އެތެރޭގައި ހުރި ކުޅުންތެރިޔާ ގައިގައި އަތްލާފައި ނުކުމެ މި ގޭމު ޖޭކޭ ސްޕޯޓްސް ކުލަބުން ކާމިޔާބު ކުރިއެވެ.

ގަދަ ހިފުމުގެ ދެ ހިފުންވެސް ދެ ޓީމުން ކާމިޔާބުކުރުމުން މި މެޗުގެ ނަތީޖާ ނެރެން ފަހު ހިފުމެއް ހިފިއެވެ. ގުރުއަތުން ލިބިގެން ޖޭކޭ ގަސްތުކުރީ ބޭރުންއަރާށެވެ. މި ހިފުން ނިމެން 9 ސިކުންތަށް ވެފައި ވަނިކޮށް ޖޭކޭ ސްޕޯޓްސް ކުލަބުން ބޭރުން އެރި ހުސެއިން ޝިމާޒް (ކޮކީ) ވަނީ އެތެރެއިން އެރި ވީކޭ ސްޕޯޓްސް ކުލަބް ގެ މަމްދޫހު އަބްދުލް ޝުކޫރު ގައިގައި އަތްލާފައި ނިކުމެ މި މެޗު ކާމިޔާބުކޮށްފައެވެ.

އެމްްޓީސީސީ ބައިބަލާ 1445 ގެ ހަތަރުވަނަ މެޗްގެ މެއިން އޮފް ދަ މެޗް:ޖޭކޭ ސްޕޯޓްސް ކްލަބް:- ހުސުއިން ސިމާޒް

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖުގެ 4 ވަނަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޖޭކޭ ސްޕޯޓްސް ކުލަބް ގެ ހުސެއިން ސިމާޒް (ކޮކީ) އެވެ.

މި މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓް ނަރަކީ "ވަގުތު" އޮންލައިން އެވެ.

 

ކިޔުންތެރިންގެ ހިޔާލު