އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖުގެ 5 ވަނަ މެޗުގައި ބުރު ސްޕޯޓްސް ކުލަބް އަދި ވީކޭ ވަކަންޑާ ވާދަކުރި މެޗުގައި ފަސޭހަ ކަމާއިއެކު ވީކޭ ވަކަންޑާ ބަލިކޮށް ބުރު ސްޕޯޓްސް ކުލަބުން މެޗު ކާމިޔާބުކޮށްފިއެވެ.

ގުރުއަތު ލިބިގެން ބުރު ސްޕޯޓްސް އެތެރެއަށް ވެދެ ބޭރުން އެރި ވީކޭ ވަކަންޑާ އަށް އެންމެ ޕޮއިންޓެއްވެސް ނުދީ ކާމިޔާބުކުރިއެވެ. ބުރު ސްޕޯޓްސް ކުލަބުން އެތޭރޭގައި ހަމަޖެހިލައިގެން އޮވެ މި ގޭމުގެ ވަގުތު ހަމަވާންވީރު ވީކޭ ވަކަންޑާގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ނުބައިކޮށްފައެވެ. މި ގޭމު ބުރު ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ 0-16 ގެ ނަތީޖާ އަކުންނެވެ.

އެމްްޓީސީސީ ބައިބަލާ 1445 ގެ ފަސްވަނަ މެޗް ބުރު ސްޕޯޓްސް ކްލަބް އަދި ވީކޭ ވަކަންޑާ ބައްދަލް ކުރި މެޗް:ވަގުތު އިމޭޖެސް : އަހްމަދް މަމްދޫހް

ބުރު ސްޕޯޓްސް ކުލަބުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދަވަނަ ގޭމުވެސް ފަސޭހަ ކަމާއިއެކު ބުރު ސްޕޯޓްސް ކުލަބުން ކާމިޔާބުކުރިއެވެ. އެތެރޭގައި އޮތް ވީކޭ ވަކަންޑާ ޓީމަށް ހަމަޖެހިލަންވެސް ފުރުސަތެއް ނުދީ މި ގޭމުގައި ބުރު ސްޕޯޓްސް ކުލަބުން ބޭރުން އަރާ ވީކޭ ވަކަންޑާގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ނުބައިކޮށްފައެވެ. މި ގޭމު ބުރު ސްޕޯޓްސް ކުލަބް އިން ކާމިޔާބުކޮށްފައި ވަނީ 4-7 ގެ ނަތީޖާ އަކުންނެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖުގައި ބުރު ސްޕޯޓްސް ކުލަބް އަދި ވީކޭ ވަކަންޑާ ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބުރު ސްޕޯޓްސް ކުލަބުގެ މުހައްމަދު މިރުސާލް ޔާސިރު (މިރު) އެވެ.

އެމްްޓީސީސީ ބައިބަލާ 1445 ގެ ފަސްވަނަ މެޗްގެ މެއިން އޮފް ދަ މެޗް:ބުރު ސްޕޯޓްސް ކްލަބް:- މުހައްމަދް މިރުސާލް

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ މުލަ މޯލްޑިވެސް ޖޮޒްޓީ ޕީއެސްއެމް ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓް ނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު