އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖުގެ 6 ވަނަ މެޗުގައި ކުލަބް ވޯންޓެޑް އަދި ޓީސީ ގޯޅި ބައްދަލު ކުރި މެޗުގައި ސީދާ ދެ ގޭމުން ކުލަބް ވޯންޓެޑްގެ މައްޗަށް ޓީސީ ގޯޅިން ކުރިހޯދައިފިއެވެ.

ގުރުއަތު ލިބިގެން ކުލަބް ވޯންޓެޑް އެތެރޭން ކުޅެމުން އައިއިރު ޓީސީ ގޯޅިން އަައީ މަޑު މަޑުން ކުލަބް ވޯންޓެޑްގެ ކުޅުންތެރިން ނުބައި ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ގޭމު ނިމެން 48 ސިކުންތަށް ވެފައި ވަނިކޮށް ޓީސީ ގޯޅިން ގޭމު އަނބުރާލިއެވެ.

މި ގޭމު ޓީސީ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ 7-9 ގެ ނަތީޖާއަކުންނެވެ.

އެމްްޓީސީސީ ބައިބަލާ 1445 ގެ ހަވަނަ މެޗް ކްލަބް ވޯންޓެޑް އަދި ޓީސީ ގޯޅި ބައްދަލް ކުރި މެޗް:ވަގުތު އިމޭޖެސް : އަހްމަދް މަމްދޫހް

މެޗުގެ ދެވަނަ ގޭމުގައި ބޭރުން އަރަމުންދިޔަ ކުލަބް ވޯންޓެޑްގެ ކުޅުންތެރިން ޓީސީ ގޯޅިން ނުބައި ކުރަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މި ގޭމު ގެ ފުރިހަމަ ވަގުތު ހަމަވެގެންދިޔައީ ޓީސީ ގޯޅި ކުރީގައި އޮވެގެންނެވެ. މި ގޭމުގައި ޓީސީ ގޯޅިން އެތެރޭގައި އޮވެ ކުޅެމުން ދިޔަ މޮޅު ކުޅުމާއިއެކު މި ގޭމު ޓީސީ ގޯޅިން ކާމިޔާބުކޯށްފައިވަނީ 5-11 ގެ ނަތީޖާ އަކުންނެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖުގެ 5 ވަނަ މެޗުގައި ވާދަކުރި ކުލަބް ވޯންޓެޑް އަދި ޓީސީ ގޯޅި ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީސީ ގޯޅީގެ ޝުއޫދު އަހުމަދު ރިޝްވާން އެވެ.

އެމްްޓީސީސީ ބައިބަލާ 1445 ގެ ހަވަނަ މެޗްގެ މެއިން އޮފް ދަ މެޗް:ޓީސީ ގޯޅި:- ޝޫއޫދު އަހްމަދް ރިޝްވާން

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ މުލަ މޯލްޑިވެސް ޖޮޒްޓީ ޕީއެސްއެމް ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓް ނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު