ލ. ކުނަހަންދޫގައި މިހާރު ކުރިއަށްދާ "އާގޭ އަހުމަދު ސޮކަރ ކަޕް 2024" ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ހަޓް ކަންމަތި ހޯދައިފިއެވެ.

ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫއިން އިންތިޒާމްކޮށްގެން ކުނަހަންދޫގައި މިހާރު ކުރިއަށްދާ އާގޭ އަހުމަދު ސޮކަރ ކަޕްގެ ފައިނަލް މެޗުގައި ރޭ އެފްސީ ހަޓް ކަންމަތި އަދި ސޮކަރ ފޯ ލައިފް ޓީމު ބައްދަލުކުރި މެޗު 3-7 ގެ ނަތީޖާއަކުން ހަޓްކަންމަތި ވަނީ ކާމިޔާބުކޮށްފައެވެ.

އާގޭ އަހުމަދު ސޮކަރ ކަޕް - ފޮޓޯ ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ

ސޮކަރ ފޯ ލައިފްގެ ޓީމުން މުހައްމަދު މުނާޒް އާއި އިބްރާހިމް ސުހީލް އަދި އަލީ ރީހާން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. އަދި އެފްސީ ހަޓް ކަންމަތި ކާމިޔާބުކުރި ހަތް ގޯލުގެ ތެރެއިން ހަ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަނިލްއެވެ. އަދި އަނެއް ގޯލަކީ ސޮކަރ ފޯ ލައިފް ޓީމުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ކުނަހަންދޫގެ ކުރީގެ މަޝްހޫރު ކުޅުންތެރިއެއް ކަމަށްވާ އިދުރީސް ޔޫސުފް ޝަރަފުވެރިކޮށްދެއްވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ހަޓް ކަންމަތީގެ މުހައްމަދު އަނިލްއެވެ.

ފޯރިގަދަ މެޗުތަކެއް ފެނިގެންދިޔަ މި މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވިފައިވަނީ ސޮކަރ ފޯ ލައިފް ޓީމުގެ އަލީ ރީހާން އަދި އެ ޓީމުގެ ގޯލްކީޕަރ އިބްރާހިމް ސަފީގުގެ އިތުރުން އެފްސީ ނޯނޭމް ޓީމުގެ އަހުމަދު އަފްސަން އަދި ހަޓް ކަންމަތި ޓީމުގެ ހުސެއިން ޝިފާއު (ކުރޯ) އަދި ހަމަ އެ ޓީމުގެ އެ ޓީމުގެ މުހައްމަދު އަޒުމޫން (ވަކަރޭ) އަދި އަހުމަދު ޖިނާންއެވެ.

އާގޭ އަހުމަދު ސޮކަރ ކަޕް - ފޮޓޯ ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ

އާގޭ އަހުމަދު ސޮކަރ ކަޕްގައި ހޮވި މަގާމުތަކަށް އިނާމު ހުށައަޅާފައިވަނީ އަހުމަދު ޝާކިރު މަތީން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ފާތުމަތު ނަސީރާގެ އިތުރުން އަބްދުލް ހަމީދު އަހުމަދު އާއި ފާތިމަތު ފަޒުލާ އަދި މުހައްމަދު އިމްރާން ގެ އިތުރުން އަލީ ޝަމްސާދުއެވެ. މި ފަރާތްތަކަށް ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ އިން ވަރަށް ބޮޑަށް ޝުކުރުވެރިވާކަން ފާހަގަ ކުރިއެވެ.

ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ އިން އިންތިޒާމުކޮށްގެން ލ.ކުނަހަންދޫގައި ކުރިއަށްދިޔަ އާގޭ އަހުމަދު ސޮކަރ ކަޕްގެ މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިންއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުކުން

    ތިޔަ ބުނާ އިދުރީސް ޔޫސުފު މަޝްހޫރުވީ ކޮން ތަނެއްގައި ކުޅެގެން؟ އަދި އެއީ މަޝްހޫރު ކުޅުންތެރިޔެއްކަން ދަންނަނީ ރާއްޖޭގެ ކޮން ބަޔެއް؟ ޢެހެނެއްނޫން، ކުނަހަންދޫއަށް ނިސްބަތްވާ ޢުމައިރު ކިޔާ ރާއްޖެއަށް މަޝްހޫރު ކުޅުންތެރިޔަކު އުޅޭ ވާހަކަ އަޑުއިވިފައިވޭ.