ނ.ހޮޅުދޫގައި މިހާރު ކުރިއަށްދާ "ބާފާ ސޮކަރ ކަޕް"ގައި ޓީސީއޯސީ އަދި ކެތްތެރި ބައްދަލުކުރި މެޗު 0-8 ގެ ނަތީޖާއަކުން ބީސީއޯސީ މެޗު ކާމިޔާބުކޮށްފިއެވެ.

ބެންޔަންސް އެސޯސިއޭޝަންސް ފޯ އޯލް (ބާފާ) އިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތުގެ ގިނަ ގޯލުތަކަކާއެކު ޓީސީއޯސީ އިން މި މެޗު ކާމިޔާބުކުރި އިރު އެ ޓީމުގެ އިސްމާއިލް ވިފާގް ވަނީ ތިން ގޯލު ކާމިޔާބުކޮށް ހެޓްރިކް ހަދައިފައެވެ.

ބާފާ ސޮކަރ ކަޕް ފޮޓޯ: ނޫނު ފޮޓޯސް

ބީސީއޯސީ ޓީމަށް ހުސެއިން ރާއިފް އަދި އަހުމަދު ސާއިހު ކޮންމެ ކުޅުންތެރިއަކު 2 ގޯލު ކާމިޔާބުކޮށްދިންއިރު އަހުމަދު ތޮއިފް ވަނީ އެ ޓީމަށް 1 ގޯލު ކާމިޔާބުކޮށްދީފައެވެ.

ބާފާ ސޮކަރ ކަޕް ގެ 2 ވަނަ މެޗުގައި ޓީސީއޯސީ އަދި ކެތްތެރި ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީސީއޯސީގެ އިސްމާއިލް ވިފާގްއެވެ.

ބާފާ ސޮކަރ ކަޕް ފޮޓޯ: ނޫނު ފޮޓޯސް

ބާފާ ސޮކަރ ކަޕް އަކީ ހޮޅުދޫގެ އިތުރުން މުޅި ނޫނު އަތޮޅުގައިވެސް ކުރިއަށް ގެންދާ އެންމެ ގިނަދުވަސްވީ މުބާރާތެވެ. ބެންޔަން އެސޯސިއޭޝަންސް ފޯ އޯލް (ބާފާ) އިން މިއަހަރު ކުރިއަށް މި ގެންދަނީ ބާފާ ސޮކަރ ކަޕް ގެ 15 ވަނަ މުބާރާތެވެ.

ބާފާ ސޮކަރ ކަޕްގައި މިރޭ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެފްސީ ބޭސްސިޓީ އާއި ކެތްތެރިއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 ގައެވެ. އަދި މިރޭގެ ދެވަނަ މެޗުގައި ވާދަކުރާނީ ބީއެފްސީ އަދި ޓީސީއޯސީ އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައެވެ. މި ދެމެޗުވެސް ކުޅޭނީ ހޮޅުދޫ ޓާފް ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު