އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445 ގެ 7 ވަނަ މެޗުގައި ޓީނޭޖު ޓީ އަދި ލަޔަންސް އެންޑް ޓައިގާސް ބައްދަލުކުރި މެޗު ފަސޭހަ ކަމާއި އެކު ސީދާ ދެ ގޭމުން ޓީނޭޖު ޓީ އިން ކާމިޔާބުކޮށްފިއެވެ.

މި މެޗުގެ ފުރަތަަމަ ގޭމުގައި ޓީނޭޖު ޓީ އިން ބޭރުން އެރިއިރު ލަޔަންސް އެންޑް ޓައިގާސް ކުޅުނީ އެތެރެއިންނެވެ. ރޭވުންތެރިކަމާއި އެކު ޓީނޭޖު ޓީ އިން ކުޅެމުން ގޮސް ލަޔަންސް އެންޑް ޓައިގާސްގެ މައްޗަށް ކުރި ހޯދިއެވެ. ގޭމު ނިމެން 3 މިނެޓަށް ވެފައި ވަނިކޮށް ޓީނޭޖު ޓީ އިން ވަނީ ގޭމު އަނބުރާލާފައެވެ. ތީނޭޖު ޓީ އިން މި ގޭމު ކާމިޔާބުކުރީ 7-8 ގެ ނަތީޖާ އަކުންނެވެ.

އެމްޓީސީސީ ބައިބަލާ :ލަޔަންސް އެންޑް ޓައިގާ އަދި ޓީނެޖް ޓީ ބައްދަލް ކުރި މެޗް:ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

ދެވަނަ ގޭމުގައި ލަޔަންސް އެންޑް ޓައިގާސް އިން ގޭމު ނަގަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ރޭވުންތެރިކަމާއި އެކު ޓީނޭޖު ޓީ އެތެރޭގައި އޮވެ ލަޔަންސް އެންޑް ޓައިގާސް ބޭރުން އަރާ ކުޅުންތެރިން ނުބައި ކުރަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ގޭމުގެ ފުރިހަމަ ވަގުތު ހަމަވިއިރު ޓީނޭޖު ޓީ އޮތީ ކުރީގައެވެ. މި ގޭމު ޓީނޭޖު ޓީ އިން ކާމިޔާބުކުރީ 9-12 ގެ ނަތީޖާ އަކުންނެވެ.

އެމްޓީސީސީ ބައިބަލާ ޗެލެންޖު1445 ލަޔަންސް އެންޑް ޓައިގާސް އަދި ޓީނޭޖު ޖޫނިއާސް ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީނޭޖު ޓީ ގެ އަބްދުﷲ ހިސާން ހަސަން އެވެ.

އެމްޓީސީސީ ބައިބަލާ :މެއިން އޮފްދަ މެޗް ޓީނޭޖް ޓީ: އަބްދުالله ހިސާން

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު