އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445 ގެ 8 ވަނަ މެޗުގައި ޓީސީ ފްރެޓާނިޓީ އަދި އެލްއެފް ސްޕޯޓްސް ކުލަބް ބައްދަލު ކުރި މެޗު ސީދާ ދެ ގޭމުން ޓީސީ ފްރެޓާނިޓީ މެޗު ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ ގޭމުގައި ޓީސީ ފްރެޓާނިޓީ ބޭރުންއަރާ އެލްއެފް ސްޕޯޓްސް ގެ މައްޗަށް ކުރި ހޯދީ ރޭވުންތެރިކަމާއި އެކު ކުޅެމުން ދިޔަ ކުޅުމުންނެވެ. ފަރުވާތެރި ކަމާއި އެކު އެލްއެފް ސްޕޯޓްްސް ކުލަބުން ކުޅެމުން ދަނިކޮށް ޓީސީ ފްރެޓާނިޓީ ވަނީ އެލްއެފް ސްޕޯޓްސް ގެ ގޭމް ޓީސީގެ ކޮޅަށް އަނބުރާލާފައެވެ. މި ގޭމު ޓީސީ ފްރެޓާނިޓީ އިން ކާމިޔާބުކުރީ ގޭމު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް 6-7 ގެ ނަތީޖާ އަކުންނެވެ.

އެމްޓީސީސީ ބައިބަލާ :އެލް އެފް ސްޕޯޓްސް ކުލަބް އަދި ޓީސީ ފްރެޓަރނެޓީ ބައްދަލް ކުރި މެޗް:ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

ދެވަނަ ގޭމުގައި އެލްއެފް ސްޕޯޓްސް އިން ރޭވުންތެރިކަމާއި އެކު ބޭރުން އަރާ އެތެރޭގައި އޮތް ޓީސީ ފްރެޓާނިޓީ ގެ މައްޗަށް ކުރި ހޯދޭތޯ ކުރަމުން ދިޔަ މަސައްކަތް ޓީސީ ފްރެޓާނިޓީ އިން ވަނީ ހުއްޓުވާފައެވެ. އެލްއެފް ސްޕޯޓްސް ކުލަބް އިން ބޭރުން އަރަމުން ދިޔަ ކުޅުންތެރިން ނުބައިކުރަމުން ގޮސް މި ގޭމުގެ ވަގުތު ހަމަވިއިރު ޓީސީ ފްރެޓާނިޓީ އިން ވަނީ ގޭމުގެ ކޮންޓްރޯލް ނަގާފައެވެ. މި ގޭމު ޓީސީ ފްރެޓާނިޓީ އިން ކާމިޔާބުކުރީ 3-15 ގެ ނަތީޖާ އަކުންނެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445 ގައި ޓީސީ ފްރެޓާނިޓީ އަދި އެލްއެފް ސްޕޯޓްސް ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީސީ ފްރެޓާނިޓީގެ އައިހަމް އަހުމަދު އެވެ.

އެމްޓީސީސީ ބައިބަލާ :މޭން އޮފް ދަ މެޗު އައިހަމް އަހުމަދު :ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީއެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

 

ކިޔުންތެރިންގެ ހިޔާލު