އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445 ގައި ޒެފްރޯލް ގޯޅި އަދި މަސްއޮޑި ވޯވޯ ބައްދަލު ކުރި މެޗު ސީދާ ދެ ގޭމުން ޒެފްރޯލް ގޯޅި ކާމިޔާބުކޮށްފިއެވެ.

ފުތަރަމަ ގޭމުގައި މަސްއޮޑި ވޯވޯ ރޭވުންތެރިކަމާއި އެކު އެތެރެއިން ކުޅެމުން ދަނިކޮށް ބޭރުން އެރި ޒެފްރޯލް ގޯޅި ޓީމުން ވަނީ އެ ޓީމުގެ ކޮޅަށް ގޭމު އަނބުރާލާފައެވެ. ޒެފްރޯލް ގޯޅިން ވިސްނުންތެރިކަމާއި އެކު ފަހަރަކު ކުޅުންތެރިއަކު ބޭރުން އަރުވަމުން ގޮސް ގޭމު ނިމެން 9 ސިކުންތަށް ވެފައި ވަނިކޮށް ބޭރުން އެރި ޒެފްރޯލް ގޯޅީގެ ޒައިދު މަސްއޮޑި ވޯވޯގެ ފަސް ކުޅުންތެރިން ގޮވައިން ގޮސް ގޭމު ޒެފްރޯލްގެ ކޮޅަށް އަނބުރާލިއެވެ. މި ގޭމު ޒެފްރޯލް ގޯޅިން ކާމިޔާބުކުރީ 3-12 ގެ ނަތީޖާ އަކުންނެވެ.

އެމްޓީސީސީ ބައިބަލާ :ޒެފްރޯލް ގޯޅި އަދި މަސްއޮޑި ބައްދަލް ކުރި މެޗް:ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

ދެވަނަ ގޭމުގައި ޒެފްރޯލް ގޯޅިން އެތެރެއަށްވަދެ ވަރަށް ހަމަޖެހިލައިގެން ކުޅެމުންގޮސް ގޭމު ގެ ފުރިހަމަ ވަގުތު ހަމަވި އިރުވެސް ގޭމުގެ ލީޑުކުރަމުން ދިއައެވެ. ޒެފްރޯލް ގޯޅިން އެތެރޭގައި ރާވާލާފައިވާ ޓީމު ރޫޅާލުމަށް މަސްއޮޑި ވޯވޯ އިން ބޭރުން އަރާ ކުރި މަސައްކަތް ކާމިޔާބު ވާ ގޮތެއް ނުވިއެވެ. މަސްއޮޑި ވޯވޯ އަށް މި ގޭމުގައި ޒެފްރޯލް ގޯޅި ޓީމުން މާ ގިނަ ކުޅުންތެރިން ނުބައި ކުރެވޭ ގޮތެއް ނުވިއެވެ. މި ގޭމު ޒެފްރޯލް ގޯޅިން ކާމިޔާބުކޮށްފައިވަނީ 3-18 އިންނެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެެލެންޖު 1445 ގައި މަސްއޮޑި ވޯވޯ އަދި ޒެފްރޯލް ގޯޅި ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒެފްރޯލް ގޯޅީގެ އިބްރާހިމް ޝިމާމް އެވެ.

އެމްޓީސީސީ ބައިބަލާ :މޭން އޮފް ދަ މެޗު ޒެފްރޯލް ގޯޅި :އިބްރާހިމް ޝިމާމް :ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު