އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445ގައި ބުރު ސްޕޯޓްސް ކުލަބް އަދި ހައްހާ ވައިކަންމަތި ބައްދަލުކުރި މެޗު ސީދާ ދެ ގޭމުން ކުރިހޯދާ ބުރު ސްޕޯޓްސް ކުލަބް މެޗު ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ ގޭމުގައި ބުރު ސްޕޯޓްސް ކުލަބުން އެތެރެއިން މޮޅުކުމެއްދެއްކި އިރު މި ގޭމުގައި ހައްހާ ވައިކަންމަތި ޓީމަށް އެންމެ ޕޮއިންޓެއްވެސް ހޯދޭ ގޮތެއް ނުވިއެވެ. ބޭރުން އަރަމުން ދިޔަ ހައްހާ ވައިކަންމަތި ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ބުރު ސްޕޯޓްސް ކުލަބުން ވަނީ ނުބައިކޮށްލާފައެވެ. މި ގޭމު ފަސޭހަ ކަމާއި އެކު ބުރު ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ 0-16 ގެ ނަތީޖާ އަކުންނެވެ.

އެމްޓީސީސީ ބައިބަލާ :ހަހާ ވައިކަންމަތި އަދި ބުރު ސްޕޯޓްސް ކުލަބް ބައްދަލް ކުރި މެޗް:ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

ދެވަނަ ގޭމުގައި ހައްހާ ވައިކަންމަތިން އެތެރެއަށް ވަދެ ބުރު ސްޕޯޓްސް ކުލަބުގެ ބޭރުން އަރާ ކުޅުންތެރިން ނުބައިކުރުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ، މި ގޭމުގައިވެސް ބުރު ސްޕޯޓްސް ކުލަބުން ވަނީ މޮޅު ކުޅުމެއް ދައްކާ ގޭމު ނަގާފައެވެ. މި ގޭމު ނިމެން 4 މިނެޓަށް ވެފައިވަނިކޮށް ބުރު ޓީމުން ގޭމު އަނބުރާލުމުން ހައްހާ ވައިކަންމަތިން ވަނީ ގޭމު ދޫކޮށްލާފައެވެ. މި ގޭމު ބުރު ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ 4-6 ގެ ނަތީޖާ އަކުންނެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖުގައި ހައްހާ ވައިކަންމަތި އަދި ބުރު ސްޕޯޓްސް ބައްދަލުކުރި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ބުރު ސްޕޯޓްސް ކުލަބްގެ އިބްރާހިމް ނިހާން އެވެ.

އެމްޓީސީސީ ބައިބަލާ :މޭން އޮފް ދަ މެޗު ބުރު ސްޕޯޓްސް ކުލަބް :އިބްރާހިމް ނިހާން :ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު