އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445ގައި ކުލަބް ކާސިންޖީ އަދި ކުލަބް ޖިމީސް ވާދަކުރި މެޗުގައި ސީދާ ދެ ގޭމުން ކުލަބް ކާސިންޖީ ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ ގޭމުގައި ވަރުގަދަ ކުލަބް ކާސިންޖީ އިން ވަނީ ރޭވުންތެރިކަމާއިއެކު އެތެރޭގައި އޮވެ ބޭރުން އެރި ކުލަބް ޖިމީސް ގެ ގިނަ ކުޅުންތެރިންތަކެއް ހިފަހައްޓާފައެވެ. ކުލަބް ޖިމީސް އިން އަރުވަމުން ދިޔަ ކުޅުންތެރިންނަށް ނުބައިކުރެވިފައިވަނީ ކުލަބް ކާސިންޖީގެ 2 ކުޅުންތެރިންނެވެ. މި ގޭމު ކުލަބް ކާސިންޖީއިން ކާމިޔާބުކޮށްފައިވަނީ 2-16 ގެ ނަތީޖާއަކުންނެވެ.

އެމްޓީސީސީ ބައިބަލާ :ކުލަބް ކާސިންޖީ އަދި ކުލަބް ޖެއިމީސް ބައްދަލް ކުރި މެޗް:ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

ދެވަނަ ގޭމުވެސް ފަސޭހަ ކަމާއެކު ކުލަބް ކާސިންޖީ އިން ވަނީ ކާމިޔާބުކޮށްފައެވެ. މި ގޭމު ނިމެން 3 މިނެޓަށް ވެފައިވަނިކޮށް ކުލަބް ކާސިންޖީ އިން ވަނީ ކުލަބް ޖިމީސްގެ މައްޗަށް ކުރިހޯދާފައެވެ. ފުރަތަމަ ގޭމުގައި ލިބުނު ނާކާމިޔާބާއިއެކު ކުލަބް ޖިމީސް އިން ދެވަނަ ގޭމުގައި ކުލަބް ކާސިންޖީގެ މައްޗަށް ކުރިހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ކުލަބް ކާސިންޖީ އިން މި ގޭމުގައި ކުލަބް ޖިމީސް ގެ މައްޗަށް ކުރި ހޯދާފައިވަނީ 1-9 ގެ ނަތީޖާ އަކުންނެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445ގައި ކުލަބް ކާސިންޖީ އަދި ކުލަބް ޖިމީސް ބައްދަލުކުރި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް ކާސިންޖީގެ އަލީ ވިޖުހާން (ވިޖޫ) އެވެ.

އެމްޓީސީސީ ބައިބަލާ :މޭން އޮފް ދަ މެޗު ކުލަބް ކާސިންޖީ :އަލީ ވިޖުހާން :ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު