އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445ގައި ޓީނޭޖު ޖޫނިއާސް އަދި ބުރު ކޮންކުއަރާސް ވާދަކުރި މެޗު ސީދާ ދެ ގޭމުން ޓީނޭޖު ޖޫނިއާސް ކާމިޔާބު ކޮށްފިއެވެ.

ވާދަވެރިކަމާއި އެކު ކުރިޔަށްދިޔަ މި މެޗުގެ ފުރަތަމަ ގޭމުގައި ބުރު ކޮންކުއަރާސްގެ މައްޗަށް ޓީނޭޖު ޖޫނިއާސް އިން ވަނީ ކުރި ހޯދާފައެވެ. ބޭރުން އަރަމުން ދިޔަ ބުރު ކޮންކުއަރާސްގެ ކުޅުންތެރިންނަށް ރޭވުން ތެރިކަމާއިއެކު އެތެރެއިން ކުޅެމުންދިޔަ ޓީނޭޖު ޖޫނިއާސްގެ މައްޗަށް ކުރި ހޯދޭ ގޮތެއް ނުވިއެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި މި ގޭމުގެ ފުރިހަމަ ވަގުތު ހަމަވިއިރު ބުރު ކޮންކުއަރާސްގެ މައްޗަށް ޓީނޭޖު ޖޫނިއާސް އިން ކުރިހޯދާފައިވަނީ 6-12 ގެ ނަތީޖާއަކުންނެވެ.

އެމްޓީސީސީ ބައިބަލާ :ޓީނެއިޖް ޖޫނިއަރސް އަދި ބުރު ކޮންކުއެރާރްސް ބައްދަލް ކުރި މެޗް:ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

ދެވަނަ ގޭމުގައި ވެސް އެތެރެއިން ކުޅެމުންދިޔަ ބުރު ކޮނަކުއަރާސް އަށް ބޭރުން ކުޅެމުން ދިޔަ ޓީނޭޖު ޖޫނިއާސްގެ މައްޗަށް ކުރި ހޯދޭ ގޮތެއް ނުވިއެވެ. ބޭރުން އަރަމުން ދިޔަ ޓީނޭޖު ޖޫނިއާސް އިން މި ގޭމުގެ ވަގުތު ހަމަވާން 40 ސިކުންތަށް ވެފައި ވަނިކޮށް ބުރުކޮންކުއަރާސް ގެ މައްޗަށް ކުރި ހޯދިއެވެ. ރިންގުގެ އެތެރޭގައި ރާވާލައިފައިވާ ބުރު ކޮންކުއަރާސްގެ ކުޅުން ރޫޅާލާ ބޭރުން އަރަމުންދިޔަ ޓީނޭޖު ޖޫނިއާސް އިން ކުރި ހޯދާފައިވަނީ 11-12 ގެ ނަތީޖާއަކުންނެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖުގައި ބުރު ކޮންކުއާ އަދި ޓީނޭޖު ޖޫނިއާސް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީނޭޖު ޖޫނިއާސްގެ މުހައްމަދު ޝައްފާން ސަލީމް އެވެ.

އެމްޓީސީސީ ބައިބަލާ :މޭން އޮފް ދަ މެޗު ޓީނެއިޖް ޖޫނިއަރސް : މުހައްމަދް ޝައްފާން :ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު