އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445ގައި ލޮރެންޒޯ ހައިނާސް އަދި ބްރަދާހުޑް ސްޕޯޓްސް ކުލަބް ވާދަކުރި މެޗުގައި ސީދާ ދެގޭމުން ބްރަދަހުޑް އިން ކާމިޔާބު ކޮށްފިއެވެ.

ފުރަތަމަ ގޭމުގައި ބޭރުން ކުޅެމުންދިޔަ ބްރަދަހުޑް ސްޕޯޓްސް ކުލަބް އިން އެތެރޭން ކުޅެމުންދިޔަ ލޮރެންޒޯ ހައިނާސް ގެ މަށްޗަށް ކުރި ހޯދިއެވެ. އެތެރޭގައި ރާވާލާފައިވާ ލޮރެންޒޯގެ ކުޅުންތެރިންގެ މައްޗަށް ބޭރުން އަރަމުންދިޔަ ބްރަދަހުޑް ސްޕޯޓްސް ކުލަބުން ކުރި ހޯދާފައިވަނީ މި ގޭމު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށެވެ. ގޭމު ނިމެން 52 ސިކުންތަށް ވެފައި ވަނިކޮށް ބްރަދަޙުޑް ސްޕޯޓްސް ކުލަބުން ލޮރެންޒޯ ހައިނާސް ގެ މައްޗަށް ކުރި ހޯދާފައިވަނީ 7-8 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ގޭމުގައިވެސް ލޮރެންޒޯ ހައިނާސް އަށް ބްރަދަހުޑް ސްޕޯޓްސް ކުލަބްގެ މައްޗަށް ކުރިހޯދޭ ގޮތެއްނުވިއެވެ. ރޭވުންތެރިކަމާއި އެކު ބްރަދަހުޑް ސްޕޯޓްސް ކުލަބް އިން އެތެރޭގައި ކުޅެމުންދިޔަ ފުރަތަމަ ގޭމުން ލިބުނު މޮޅާއިއެކު ހަމަޖެހިލައިގެންނެވެ. އެގޮތަށް ހަމަ ޖެހިލުމަށް ފަހު މެޗު ނިމެންދެން ހިފަހައްޓާލިއެވެ. އެއާއި އެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރުގެ ނަތީޖާ އަކީ 12-6 ތަފާތު ބޮޑު ނަތީޖާއެކެވެ.

މޮޅު ކުޅުންތެރިޔާނިހާން އަބްދުލް ރަހްމާން

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445ގައި ބުރަދަހުޑް ސްޕޯޓްސް ކުލަބް އަދި ލޮރެންޒޯ ހައިނާސް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބުރަދަޙުޑްގެ ނިހާން އަބްދުލް ރަހްމާން އެވެ.

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު