މޫސުން ގޯސްވުމުގެ ސަބަބުން އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް މާދަމާ ރެއަށް ބަދަލުކޮށްފިއެވެ.

ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވެސް އިން އިންތިޒާމްކޮށްގެން މިހާރު ކުރިއަށްދާ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445ގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަށް މާދަމާ ރެއަށް ބަދަލުކޮށްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

އެމްޓީސީސީ ބައިބަލާ :ބުރަދަރހުޑް އެސް ސީ އަދި ލޮރެންޒޯ ބައްދަލް ކުރި މެޗް:ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖުގައި މިރޭވެސް 7 މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ފުރަތަމަ ބުރުގެ ބާކީ އިން 5 މެޗުގެ އިތުރުން ގަދަ 16 ޓީމުގެ ބުރުވެސް މިރޭ ފެށުމަށް ހަމަޖެހިފައިވެއެވެ. ގަދަ 16 ޓީމުގެ ބުރުގެ 2 މެޗެއް ކުޅުމަށް މިރޭ ރާވާފައިވެއެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި މިރޭގެ ފުރަތަމަ މެޗުގައި ކުޅުމަށް ހަމަޖެހިފައިވަނީ ބޮޒްނިއާ ސްޕޯޓްސް ކުލަބް އާއި ކުލަބް ކާސިންޖީ އެވެ. އަދި ދެވަނަ މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑް އަދި މަސްއޮޑި ޓައިޓަންސް ވާދަކުރުމަށް ހަމަޖެހިފައިވާއިރު މިރޭގެ 3 ވަނަ މެޗުގައި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ލޮރެންޒޯ ޕާކް އަދި ކުލަބް އޯވަންއޯ އެވެ.

މިރޭގެ ހަތަރު ވަނަ މެޗުގައި އެލްޓީ ސްޕޯޓްސް ކުލަބް އަދި ވިއެނާ ސްޕޯޓްސް ވާދަކުރުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ކުޑަހެންވޭރު ލަޔަންސް އާއި ޓީސީ ގޯޅިއެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖުގެ ފުރަތަމަ ބުރުގެ މެޗުތަކަށް ފަހު ދެން މިރޭ ކުޅުމަށް ހަމަ ޖެހިފައިވަނީ ގަދަ 16 ޓީމުގެ ބުރުގެ ދެ މެޗެވެ. މިގޮތުން ގަދަ ސޯޅަ ޓީމުގެ ބުރުގެ ފުރަތަމަ މެޗުގައި މިރޭ ވާދަ ކުރުމަށް ހަމަޖެހިފައިވަނީ ކުލަބް ޓީނޭޖު އާއި ބުރު ސްޕޯޓްސް ކުލަބް އެވެ. އަދި މި ބުރުގެ ދެވަނަ މެޗުގައި މިރޭ ކުޅުމަށް ހަމަ ޖެހިފައިވަނީ ޓީސީ ސްޕޯޓްސް ކުލަބް އާއި ޓީނޭޖު ޓީ އެވެ.

އެމްޓީސީސީ ބައިބަލާ :ކުލަބް ކާސިންޖީ އަދި ކުލަބް ޖެއިމީސް ބައްދަލް ކުރި މެޗް:ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް މާދަމާ ރެއަށް ބަދަލުކޮށްފައިވާއިރު، މާދަމާރޭގެ މެޗުތައް ކުރިއައްދާނީ މިރޭގެ ޝެޑިއުލްގާ ކުޅުމަށް ހަމަޖެހިފައިވާ ގޮތަށެވެ.

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު