މިނިމުނު ރޯދަމަހު ލ.ކުނަހަންދޫގައި ކުރިއަށް ގެންދިޔަ ލޮޓަސް ކުރިކެޓް ކާނިވަލްގެ އިނާމުދިނުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.

ލޮޓަސް އާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއި އެކު ލ. ކުނަހަންދޫގައި ކުރިއަށްދިޔަ މި މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ރޭ ކުނަހަންދޫ ޒުވާނުންގެ ހަޓްގައި ކުރިއަށް ގެންދިޔައިރު މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުނަހަންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝަކީބް އާއި އެމްޓީސީސީ ގެ ސައިޓް ސުޕަވައިޒަރ އަބްދުލް މަތީން އެވެ.

ލޮޓަސް ކުރިކެ ކާނިވަލް- ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާ

ލޮޓަސް ކްރިކެޓް ކާނިވަލްގައި ސީނިއަރ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސޮނީހާޑުވެއާ ޓީމެވެ. ސީނިއާ ފިރިހެން ޑީވިޝަންގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަހުމަދު އަފްސާން އެވެ. މި ޑިވިޝަންގެ އެންމެ މޮޅު އުކުންތެރިއަކަށް ހޮވިފައިވަނީ އަލީ ރިޝްވާން އެވެ.

ސީނިއަރ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ލޮޓަސް ކްރިކެޓް ޓީމެވެ. ސީނިއާ އަންހެން ޑިވިޝަންގެ އެންމެ ކުޅުންތެރިއަކަށް ހަފްސާ އަބްދުﷲ ހޮވިފައިވާއިރު މި ޑިވިޝަންގެ އެންމެ މޮޅު އުކުންތެރިއަކަށް ހޮވިފައިވަނީ ހައްވާ ސާއިގާ އެވެ.

ލޮޓަސް ކްރިކެޓް ކާނިވަލް- އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާ

ލޮޓަސް ކުރިކެޓް ކާނިވަލްގެ ކުޑަކުދިންގެ އަންހެން ޑިވިޝަން ގެ ޗެމްޕިއަންކަން ހޯދީ ރެހެންދި ޓީމެވެ. މި ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އައިމިނަތު ސުމާ ބިންތް ލަތީފް އެވެ. އަދި އެންމެ މޮޅު އުކުންތެރިއަކަށް ހޮވިފައިވަނީ އައިމިނަތު ޒީޝަން ހާފިޒް އެވެ.

ކުޑަކުދިންގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ މިލާން ކްރިކެޓް އެކަޑަމީގެ ޓީމެވެ. މި ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުހައްމަދު އަޒާން އެވެ. އަދި މި ޑިވިޝަންގެ އެންމެ މޮޅު އުކުންތެރިއަކަށް ހޮވިފައިވަނީ ރަޔާން ބިން އަހުމަދު އަހުސަންް އެވެ.

ލޮޓަސް ކްރިކެޓް ކާނިވަލް- ކުޑަކުދިންގެ ފިރިހެން ޑިވިޝަން ގެ އެންެ މޮޅު ކުޅުންތެރިޔާ

ލޮޓަސް ކުރިކެޓް ކާނިވަލްގެ މަގާމުތަކަށް އިނާމު ހުށައަޅާފައިވަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް، ނާދިޔާ އަބްދުލް ގަފޫރު އަދި އަބްދުލް ގަފޫރު ،ފުރަހަތް ޖަލީލް އެވެ. އަދި މީގެ އިތުރުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި އާގޭ އަހުމަދު ސާކިރު ވެސް މި މުބާރާތުގެ ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމް ހުށަހަޅާފައިވެއެވެ.

ލޮޓަސް ކުރިކެޓް ކާނިވަލްގެ މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު