އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު1445ގެ ސެމީ ފައިނަލްގެ މެޗުތަކާއި ފައިނަލް މެޗު ބުރާސްފަތި ދުވަހުގެރޭ ކުޅުމަށް ނިންމައިފިއެވެ.

ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445ގެ ސެމީ ފައިނަލްގެ ދެ މެޗު އަދި ފައިނަލް މެޗު ބުރާސްފަތި ދުވަހުގެރޭ ކުޅުމަށް ނިންމާފައިވާއިރު ސެމީ ފައިނަލްގެ ޖާގަ ހޯދާފައިވަނީ ބުރު ސްޕޯޓްސް ކުލަބް އާއި ޔުނައިޓެޑް އީސްޓް ކޯސްޓްގެ އިތުރުން ޖޭކޭ ސްޕޯޓްސް ކުލަބް އާއި ކުލަބް ކާސިންޖީ އެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު1445ގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ މީގެ ކުރިން ދެ އަހަރެއްގައި އީދު ބައިބަލާ ޗެލެންޖުގެ ތަށި ހޯދާ ފައިވާ ބުރު ސްޕޯޓްސް ކުލަބް އާއި ޔުނައިޓެޑް އީސްޓް ކޯސްޓް އެވެ.

ބުރު ސްޕޯޓްސް ކުލަބް ސެމީ ފައިނަލްގެ ޖާގަ ހޯދާފައިވަނީ ކުއާޓަރ ފައިނަލްގައި ވިއެނާ ސްޕޯޓްސް ގެ މައްޗަށް ސީދާ ދެ ގޭމުން ކުރި ހޯދައިގެންނެވެ. އަދި ޔުނައިޓެޑް އީސްޓް ކޯސްޓް ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައިވަނީ ކުއާޓަރ ފައިނަލްގައި ކުޑަހެންވޭރު ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ބައިބަލާގެ މަޝްހޫރު ގިނަ ކުޅުންތެރިންނާއި އެކު މިއަހަރުގެ ބައިބަލާ ޗެލެންޖުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުލަބް ކާސިންޖީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ވާދަ ކުރާނީ ޖޭކޭ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު1445ގެ ސެމީ ފައިނަލުން ކުލަބް ކާސިންޖީ ޖާގަ ހޯދާފައިވަނީ ކުއާޓަރ ފައިނަލްގައި ޓީސީ ސްޕޯޓްސް ކުލަބްގެ މައްޗަށް ސީދާ ދެ ގޭމުން ކުރި ހޯދައިގެންނެވެ. އަދި ޖޭކޭ ސްޕޯޓްސް ކުލަބް މި މުބާރާތުގެ ސެމީ ފައިނަލް އިން ޖާގަ ހޯދާފައިވަނީ ކުއާޓަރ ފައިނަލްގައި ކުލަބް އޯވަންއޯގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީސީއެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

 

ކިޔުންތެރިންގެ ހިޔާލު