އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445ގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ކުލަބް ކާސިންޖީ އަދި ޖޭކޭ ސްޕޯޓްސް ކުލަބް ވާދަކުރި މެޗުގައި ފަސޭހަކާމާއިއެކު ސީދާ ދެ ގޭމުން ޖެކޭ ސްޕޯޓްސް ކުލަބް ބަލިކޮށް ކުލަބް ކާސިންޖީ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކޮށްފިއެވެ.

ފުރަތަމަ ގޭމުގައި ކުލަބް ކާސިންޖީ އިން ބޭރުން އަރާ އެތެރޭގައި ކުޅެމުންދިޔަ ޖޭކޭ ސްޕޯޓްސްގެ މައްޗަށް ކުރި ހޯދިއެވެ. ފަސޭހަކަމާއިއެކު ކުލަބް ކާސިންޖީ އިން އެ ޓީމުގެ ކޮޅަށް މި ގޭމު އަނބުރާލާފައިވަނީ މި ގޭމު ފަށައިގެން 2 މިނެޓުގެ ތެރޭގައެވެ.

ކުލަބް ކާސިންޖީއިން މި ގޭމު ނިމެން 4 މިނެޓަށް ވެފައި ވަނިކޮށް އެ ޓީމު ކޮޅަށް މި ގޭމު އަނބުރާލާފައިވަނީ 3-7 ގެ ނަތީޖާއަކުންނެވެ.

އެމްޓީސީސީ ބައިބަލާ :ކުލަބް ކާސިންޖީ އަދި ޖޭކޭ ސްޕޯޓްސް ކުލަބް ބައްދަލް ކުރި މެޗް:ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

ދެވަނަ ގޭމުގައިވެސް ކުލަބް ކާސިންޖީއިން އެތެރެއިންކުޅެ ބޭރުން ކުޅެމުންދިޔަ ޖޭކޭ ސްޕޯޓްސް ކުލަބް ގެ މައްޗަށް ކުރި ހޯދިއެވެ. ބޭރުން އަރަމުންދިޔަ ޖޭކޭ ސްޕޯޓްސް ކުލަބް އިން ގޭމު ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ކާމިޔާބުކުރެވޭ ގޮތެެއް ނުވިއެވެ. ކުލަބް ކާސިންޖީ އިން އެތެރޭގައި ކުޅެމުންދިޔައީ ރޭވުންތެރިކަމާއިއެކުއެވެ.

ބައިބަލާގެ ތަޖުރިބާ ގިނަ ކުޅުންތެރިންނާއިއެކު ކުޅެމުންދިޔަ ކުލަބް ކާސިންޖީ އިން މި ގޭމު ކާމިޔާބުކޮށްފައިވަނީ 4-17 ގެ ނަތީޖާ އަކުންނެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445ގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ކުލަބް ކާސިންޖީ އަދި ޖޭކޭ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް ކާސިންޖީގެ އަލީ ޝާފިއު (ބަސްއަހާ) އެވެ.

އެމްޓީސީސީ ބައިބަލާ :ކުލަބް ކާސިންޖީ އަދި ޖޭކޭ ސްޕޯޓްސް ކުލަބް ބައްދަލް ކުރި މެޗް:ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީސީއެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު