ލ. ކުނަހަންދޫގައި މިހާރު ކުރިއަށްދާ އާގޭ އަހުމަދު ވޮލީ ބޯޅަ މުބާރާތުގައި ރޭގެ ފުރަތަމަ މެޗުގައި ކުޅުނު ހަޓް ކަންމަތި މެޗު ކާމިޔާބުކުރިއިރު ރޭގެ ދެވަނަ މެޗު ކާމިޔާބު ކުރީ ދާސްތާ ޓިމެވެ.

ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ އިން އިންތިޒާމްކޮށްގެން އަންހެނުންނަށް ހާއްސަކޮށްގެން މިހާރު ލ.ކުނަހަންދޫގައި ކުރިއަށްގެންދާ އާގޭ އަހުމަދު ވޮލީ ބޯޅަ މުބާރާތުގެ ޝަރަފުވެރި ކޮށްދެއްވީ ކުނަހަންދޫ ޑަބްލިއުޑީސީގެ މެންބަރު މައުސޫމާ ހުސެއިންއެވެ. ރޭ މި މުބާރާތުގެ ދެ މެޗެއް ކުޅެފައިވެއެވެ.

މިގޮތުން މި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަ ކުރީ ހަޓް ކަންމަތި ޓީމާއި ސެޓް ފޯ ލައިފް އެވެ. އާގޭ އަހުމަދު ވޮލީ ބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ހަޓް ކަންމަތި ޓީމާއި ސެޓް ފޯ ލައިފް ޓީމު ބައްދަލުކުރި މެޗުގައި ވާދަވެރި ކުޅުމަކަށްފަހު މެޗު ކާމިޔާބުކުރީ ހަޓް ކަންމަތި ޓީމެވެ. ހަޓް ކަންމަތި ޓީމުން މި މެޗު ކާމިޔާބުކުރީ 2-3 ގެ ނަތީޖާ އަކުންނެވެ.

ކުނަހަންދޫ ވޮލީ މުބާރާތް- ފޮޓޯ: ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ

އާގޭ އަހުމަދު ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހައްވާ ފިއުރީން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކުޅުންތެރިއާއަށް ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ އިން ހުށައަޅާފައިވާ އިނާމް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހުމާން ޑަބްލިއުޑީސީގެ މެމްބަރ މައުސޫމާ ހުސެއިންނެވެ.

އާގޭ އަހުމަދު ވޮލީ ބޯޅަ މުބާރާތުގައި ރޭގެ ދެވަނަ މެޗުގައި ވާދަކުރީ ޓީމް ހޮވާލި އާއި ޓީމް ދަސްތާ އެވެ. މި މެޗު ސީދާ 3 ސެޓުން ކާމިޔާބުކުރީ ޓީމް ދަސްތާ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ދަސްތާގެ އައިމިނަތް ސަހީރާ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކުޅުންތެރިއާއަށް ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ ގެ ފަރާތުންދޭ އިނާމް ހަވާލުކޮށްދެއްވީ ކުނަހަންދޫގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު އިދުރީސް އެވެ.

މިރޭވެސް މި މުބާރާތުގެ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ހަޓް ކަންމަތި ޓީމާއި ޓީމް ދާސްތާއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ. މިރޭގެ ދެވަނަ މެޗުގައި ވާދަކުރާނީ ސެޓް ފޯ ލައިފް ގެ ޓީމާއި ހޮވާލި ޓީމެވެ. މި މެޗު ކުޅޭނީ މި ރޭގެ ފުރަތަމަ މެޗު ނިމުމުންނެވެ.

އާގޭ އަހުމަދު އާއި އަބްދުލް މަތީންގެ އެހީ ތެރިކަމާއި އެކު މިހާރު ކުނަހަންދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އާގޭ އަހުމަދު ވޮލީބޯޅަ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިންނެވެ.

 

ކިޔުންތެރިންގެ ހިޔާލު