ސައުދީ ޕްރޯލީގުގައި ރޭ އަލް ނަސްރު އާއި އަލް ވެހްދާ ބައްދަލު ކުރި މެޗުގައި ކާމިޔާބުކުރި ހެޓްރިކާއި އެކު ކްރިސްޓިއާނޯ ރޮނާލްޑޯ ކެރިއަރުގައި ހެދި ހެޓްރިކްގެ އަދަދު 66 އަށް އަރައިފިއެވެ.

ސައުދީ ޕްރޯ ލީގުގައި އަލް ނަސްރު އަދި އަލް އެހްދާ ބައްދަލު ކުރި މެޗު އަލް ނަސްރު އިން ކާމިޔާބުކުރީ 0-6 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ވަނީ 4 ގޯލު ކާމިޔާބުކޮށްފައެވެ. އަލް ނަސްރު ގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ގޯލު މެޗުގެ 5 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ރޮނާލްޑޯއެވެ.

ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ހެޓްރިކް ހެދި މި މެޗުގެ 12 ވަނަ މިނެޓުގައި ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ. މާސެލޯ ބްރޮޒޮވިޗް ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވެސް ރޮނާލްޑޯ އެވެ. އަދި މި މެޗުގެ މެޗުގެ 18 ވަނަ މިނެޓުގައި ސާޑިއޯ މާނޭ ތަނަވަސް ކޮށްދިން ފުރުސަތަކުން އޮޓަވިއާ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ.

ސައުދީ ޕްރޯ ލީގުގައި އަލްނަސްރު އަދި އަލް ވެހްދާ ވާދަކުރި މެޗުގެ ފުރަތަމަ ނިމެން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް އަލް ނަސްރު އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-4 ގެ ނަތީޖާ އަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

ފަސްފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ 3 ވަނަ ގޯލެއް ޖަހާ މެޗުގައި ހެޓްރިކް ހަދާފައިވަނީ މެޗުގެ 55 ވަނަ މިނެޓުގައެވެ. މި ގޯލާއި އެކު އަލް ނަސްރު 0-5 ގެ ލީޑެއް ނެގިއެވެ. އަދި މެޗުގެ ނިމެން ކުޑަ ވަގުތު ކޮޅަކަށްވެފައި ވަނިކޮށް އަލް ފަލިލް އިތުރު ގޯލެއް އެ ޓީމަށް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ 0-6 އަށް ބަދަލުކޮށްލިއެވެ.

ސައުދީ ޕްރޯ ލީގުގައި ރޭ ކްރިސްޓިއާނޯ ހެދި ހެޓްރިކާއި އެކު އޭނާގެ ކެރިއަރުގައި ހެދި ހެޓްރިކް ގެ އަދަދު 66 އަށް ވަނީ އަރާފައެވެ. މީގެ ތެރޭގައި އިންޓަނޭޝަނަލް މުބާރާތް ތަކުގައި އޭނާ ހެދި 10 ހެޓްރިކް ވެސް ފާހަގަ ކޮށްލެވެއެވެ.

އުމުރުން 34 އަހަރުގެ ޕޯޗުގަލްގެ ތަރި ސައުދީ އަރަބިޔާގެ އަލް ނަސްރު ފުޓްބޯޅަ ކުލަބް އާއި ގުޅުނުފަހުން މިހާތަނަށް 65 މެޗު އެ ޓީމަށް ކުޅެދީފައިވާއިރު 61 ގޯލު ވަނީ އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.