ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން ލ. އަތޮޅުގައި ބާއްވާ "ރަން އިން ލާމު"ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރަސްމީކޮށް ބައިވެރިވެއްޖެއެވެ.

ރައީސް އެ ދުވުމުގައި ދުވެފައި ވަނީ ފަސް ކިލޯމީޓަރު ކެޓަގަރީގައެވެ. އެމަނިކުފާނުގެ ދެކަނބަލުންގެ އަރިހުގައި ގިނަ އަދަދެއްގެ ދުވުންތެރިންވެސް ބައިވެރިވެފައިވާ އިރު، ރޭގެ މެންދަމުން ފެށިގެން މިއަދު ހެނދުނަށް ދުވުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދުވުމަކީ ކޮކާ ކޯލާގެ ދުވުމަކަށްވާ އިރު، މީގެ ކުރިން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެފައި ވަނީ ދުވުމުގައި ރައީސް ބައިވެރިވި ނަމަވެސް، އެއްވެސް ވައްތަރެއްގެ ބުއިމެއް، އަދި އެއްވެސް ޕްރޮޑަކްޓެއް ރައީސް އެ ދުވުމުގައި ޕްރޮމޯޓު ނުކުރާނެ ކަމަށެވެ. މިއަދުގެ ދުވުމަށް ރައީސް ތުރުކުރެއްވި ޓީ ޝާޓްގައި ކޮކާކޯލާގެ ލޯގޯ ނެތްކަންވެސް ފާހަގަކޮށްލެވުނެވެ.

ޓީއެފްޖީން ލާމުގައި އިންތިޒާމް ކުރާ ރަންއަކީ ތަރުހީބު ބޮޑު ދުވުމެކެވެ. ހާއްސަކޮށް އެ ދުވުން މާލޭގެ އިތުރުން ލ އަދި އައްޑޫގައިވެސް ކުރިއަށް ގެންދާ އިރު، ލ.ގެ ދުވުމަކީ ވަރަށް ބޮޑަށް ލާމު ލިންކް ރޯޑުގެ ހިތްގައިމުކަން ދައްކައިދޭ ދުވުމެކެވެ. މިދިޔަ އަހަރުވެސް ޓީއެފްޖީން ލ.އަތޮޅުގައި ބޭއްވި ދުވުމުގައި ގާތް ގަނޑަކަށް 800އެއްހާ ދުވުންތެރިން ބައިވެރިވެފައިވެއެވެ.

ރައީސް ދުވުމުގައި --- ފޮޓޯ/ ރައީސް އޮފީސް

އާންމުކޮށް ކަސްރަތުގެ ތެރެއިން އަބަދުވެސް ފާހަގަކޮށްލެވޭ ރައީސް، ރައީސް ކަމުގެ ފުރަތަމަ ދެ ދުވަހު ބޭއްވި ދުޅަހެޔޮ ހަށިހެޔޮ އީދުގައިވެސް އެމަނިކުފާނު ފެނިލެއްވީ ވަރަށް އެކްޓިވްކޮށް، ކަންކަމުގައި ބައިވެރިވެލެއްވި ތަނެވެ. ހާއްސަކޮށް ވޮލީއާއި ފުޓުބޯޅަ ފަދަ ކުޅިވަރުތަކުގައި ރައީސް ފާހަގަކޮށްލެވުނެވެ.

ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގައި ލ. ގަމުގައި ބާއްވާ ޓީ.އެފް.ޖީގެ މެރެތަން ރަސްމީކޮށް އިއްޔެ ހަވީރު ފައްޓަވައިދެއްވާފައިވާ އިރު، އޭގެ އިތުރުން އެއަތޮޅުގެ ބައެއް ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މެރަތަން ފެށްޓެވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ލ. ގަމުގައި ހުންނަ ޒޯން ސްޓޭޑިއަމާއި ޔޫތު ސެންޓަރު ބައްލަވައިލައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަބުދުﷲ

    ތިއަންވުރެން މާރަގަޅުވާޅުވާނެ ދެކަބަލުން
    ކުނިގޮޑުގަދުވިނަމަ ޖަޒީރާވީސް ތިމަގުތަކަށް
    އަރައިގެންދުވުމަކީ ވަރަންހުތުރުކަމެއް
    ރަތްޔެތުންގެފައިދާއަށް ގައުމުގެތަރަންގީއަށް
    ބަޖެތަށްވޯޓުނުދޭމީހުން

    • ޖޯން ސީނާ

      ކަލޭ ދާންވީނުން ކުނިގޮނޑު ދޮންނަން!!

      • Anonymous

        ޖަޒީރާގަ ކުނިގަނޑެއް ނުދޮންނާނެއޭ. އެ މަތި މައްޗަށް އަޅާ ފުރާނީ. ދަ ޖަޒީރާ.

  2. ޖާބިރު

    ޕަޕެޓަކީ މާގިނަ މަސައްކަތް އޮންނަ މީހެއް ނޫންވީއްޔަ. ޢެހެންވީމަ ތިކަހަލަ ހުރިހާ ކަމެއްގަ ބައިވެރިވާނެ.

    • ގުއިރީ

      ހަޖަމް ކޮއްލާ

      • Anonymous

        ކޯޗެއް؟ޕަޕެޓުގެ ފަރި ދުވުން؟