ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ މަރިޔަމް އަބްދުލް ކަރީމް (މަރީ)، އަންހެން ގައުމީ ރެކޯޑު އަނެއްކާވެސް އާކޮށްފިއެވެ.

ތުރުކީގެ ރަންއެޓޯލިއާ މެރެތަންގައި މިއަދު ދުވެ، މަރީ ރެކޯޑު އާކުރި އިރު، އޭނާ ވަނީ ދުވުނު 40 އަހަރުން މަތީގެ އުމުރުފުރާގެ ތިންވަނަވެސް ހޯދާފައެވެ.

މަރީ މިއަދު އާކުރި ރެކޯޑަކީ އޭނާ ދުބާއީ މެރެތަންގައި ތިންގަޑި އިރާ، 34:24 މިނެޓުން ދުވެ ހެދި ރެކޯޑެވެ. މިއަދުގެ މެރަތަން އޭނާ ނިންމާފައި ވަނީ ތިން ގަޑިއިރާ 30:32 މިނެޓުން ދުވެގެންނެވެ. އެއީ ކުރީގެ ވަގުތާ 3:92 މިނެޓުގެ ތަފާތެކެވެ.

ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ މަރީއަކީ މިހާރުވެސް ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު، 20 ކިލޯމީޓަރު، ހާފް މެރަތަން (21 ކިލޯމީޓަރު) އަދި މެރެތަން (42 ކިލޯމީޓަރު)ގެވެސް އަންހެން ރެކޯޑު އޮންނަ ދުވުންތެރިޔާއެވެ.

ރާއްޖޭގެ އިތުރުން ރާއްޖޭގެ ދުވުންތަކުގައިވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވޭ މަރީއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާއެވެ. ގައުމުން ބޭރުގެ މެރަތަން ދުވުންތަކުގައިވެސް ތަފާތު މޮޅު ނަތީޖާތަކެއް ނެރެމުން އަންނަ މަރީ މިދިޔަ އަހަރު ގައުމީ އަންހެން މެރަތަން ރެކޯޑު މުގުރާލީ ޒުލޭހާ އަލީ ހަދާފައިވާ ރެކޯޑެވެ.