ކުޅިވަރު ކުޅޭ ކުޅުންތެރިންގެ ރިކަވަރީއަށް ބޭނުންކުރާ އައިސް ބާތު ފެސިލިޓީއެއް ބިނާ ކުރުމަށް ޕޮލިސީއެއް ނިންމާފައިވާ ކަމަށް އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޔޫތްމިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ކުޅިވަރުގެ ކަންކަމަށް ވަރަށް ބޮޑު އިހުމާލެއް ވެފައިވާ ކަމަށާއި މި ސަރުކާރާ އެ ބޭފުޅުން ހަވާލުވި އިރު ކުޅިވަރު ކުޅެން ހެދިފައިވާ މަރުކަޒުތަކާއި ދަނޑުތައް އޮތީ ވަރަށް ދަތި ހާލެެއްގައި ކަމަށެވެ.
ނަމަވެސް އާސަރުކާރާއެކީ ކުޅިވަރުގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ކުޅިވަރު އެސޯސިއޭޝަންތައް ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަމުން ދާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި މިހާރު ކުޅިވަރު ކުޅުމަށް ހަދާފައި ހުރި ތަންތަން ޒަމާނީ ފެންވަރެއްގައި މަރާމާތުކޮށް އެތަންތަނަކީ ކުޅިވަރުތައް ކުޅުމަށް އެންމެ އެކަށީގެންވާ ގޮތަކަށް ހެދިފައި ހުރި ތަންތަނަށް ހެދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރު އަލަށް ހިންގަންފެށިތާ ކުޑަ ދުވަސް ކޮޅެއް ވީއިރު މިހާރުވަނީ މާލޭގެ ޔޫތު ސެންޓަރުގައި އިންޑޯރ ކުޅިވަރުތަކާ ބެހޭ އޮފީހެއް ވެސް ބިނާ ކޮށްފައެވެ. އަދި މީގެ އިތުރުން އެ ތަނުގައި ވަރަށް އަވަހަށް ކުޅިވަރުތަކުން ރިކަވާ ކުރުމަށް ބޭނުން ކުރާނެ “އައިސް ބާތު” ފެސިލިޓީއެއް ވެސް ބިނާ ކުރާނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން މިހާރު ޕޮލިސީ ލެވަލްގައި ވާނީ ނިންމާފައި ރިކަވަރީއަށް އައިސް ބާތު ފެސިލިޓީއެއް ސޯޝަލް ސެންޓަރަށް ގެންނަން،" އަލީ ވަޙީދު ވިދާޅުވި އެވެ.
މިކަމުގެ އިތުރުން އަލީ ވަހީދު ފާހަގަ ކޮއްފައި ވަނީ ސޯޝަލް ސެންޓަރު ހޫނުވުމުގެ މައްސަލައަކީ ވަރަށް ގިނަ އާންމު ރައްޔިތުން ކުރަމުން އަންނަ ދުވަސްވީ ޝަކުވާއެއްކަމަށެވެ. މިކަން ރަނގަޅު ކުރުމުގެ ގޮތުން އެ ސިސްޓަމްތަށް މެއިންޓެއިން ކޮށް، ރަނގަޅު ނުވެއްޖެނަމަ އާ ސިސްޓަމްތަށް ހަރުކޮށްގެން ވެސް އެކަން ރަނގަޅު ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑު ހެދުނަށް ބޭނުންވަނީ ކިއްލި ބާތެއް! ދެން ހަވީރަށް ކަރާ ބާތެއް! ޕްލީޒް