ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިސް ސްކޭޓް ކުރެވޭނެ ރިންކެއް ގާއިމްކޮށް ހުޅުވައިފިއެވެ. މިތަން ހުޅުވާފައި ވަނީ މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ރިސޯޓެއްކަމަށްވާ ޖުމެއިރާ ވިޓަވެލި ރިސޯޓުގައެވެ.

މިއަދު ޖުމެއިރާ ވިޓަވެލީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އައިސް ސްކޭޓް ރިންކް ހުޅުވައިދެއްވީ އައިސް ސްކޭޓް ކުރުމުގައި އޮލިިމްޕިކްގައި ރަން މެޑަލްތައް ހާސިލްކޮށްފައިވާ އެވްގެނީ ޕްލުޝެންކާ އާއި އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަމިތު މަޖުމްދާއެވެ.

ވިޓަވެލީގެ އައިސް ރިންކަށް ދީފައިވާ ނަމަކީ "އައިސް އައިސް މޭބީ" އެވެ. އައިސް ރިންކް ހެދުމުގައި ބޭނުންކޮށްފައި ވަނީ އައިސްގެ ބަދަލުގައި 100 އިންސައްތަ ސިންތެޓިކް އެއްޗެއްސެވެ. މިތަން ހަދާފައި ވަނީ މި ބާވަތުގެ މަސައްކަތުގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ ސުވިޒަލޭންޑުގެ ގުލައިސް ކުންފުނިންނެވެ. މިއީ އަށް މަސް ދުވަހުގެ މަސައްކަތްކަމަށް އެ ރިސޯޓުން މައުލޫމާތު ދެއެވެ.

ރާއްޖޭގައި ފުރަތަމަ އައިސް ސްކޭޓިން ރިންކެއް ހުޅުވުމުގެ ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ރާއްޖޭގައި ފުރަތަމަ އައިސް ސްކޭޓިން ރިންކެއް ހުޅުވުމުގެ ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރު އަމިތު ވިދާޅުވީ، ޖުމެއިރާ ރިސޯޓަކީ އަބަދުވެސް ކޮންމެ ކަމެއްވެސް ފުރަތަމަ ތަޖުރިބާ ކޮށްލުމަށް ކެތްމަދުވެފައި ތިބޭ ބަޔަކު އުޅޭ ރިސޯޓެއްކަމަށާއި، މިއީވެސް އެފަދަ ކަމެއް ކަމަށެވެ. އައިސް ސްކޭޓް ކުރުމަކީ ރާއްްޖޭގައި ކޮށްލެވޭ ތަފާތު ޔުނިކް ކަމެއް ކަން ފާހަގަކުރަމުން އަމިތު ވިދާޅުވީ، މިއީ އެ ރިސޯޓަށް އައި ޒުވާން ފަތުރުވެރިއެއްގެ ހިޔާލެއްކަމަށެވެ.

ރާއްޖޭގައި ފުރަތަމަ އައިސް ސްކޭޓިން ރިންކެއް ހުޅުވުމުގެ ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ރާއްޖޭގައި ފުރަތަމަ އައިސް ސްކޭޓިން ރިންކެއް ހުޅުވުމުގެ ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"މި ހިޔާލު އަޅުގަނޑުމެންނަށް ލިބުނީ މިރިސޯޓަށް ޗުއްޓީ ހޭދަކޮށްލަން އައި ވަރަށް ޒުވާން ފަތުރުވެރިއެއްގެ ފަރާތުން. އަދި މިކަމަށް އޭނާ އަހަންނާ ޗެލެންޖްކުރި. މިހާރު އަހަންނަށް އޭނާއަށް ގުޅާފައި ބުނެވޭނެ މި ރިސޯޓުގައި މިހާރު އައިސް ސްކޭޓް ކުރެވޭނެ ހިދުމަތް ލިބޭނެއޭ". އަމިތް ވިދާޅުވިއެވެ.

އައިސް ރިންކް ހެދުމުގެ ކުރިން ވަރަށް ބޮޑަށް ރީސާޗް ކުރިއެވެ. އަދި ޑިޒައިން ކުރާނެ ގޮތާއި، އެތަން ހެދުމަށް ބޭނުންވާނެ މެޓީރިއަލް އާ އަދި މިތަން ހަދާނެ ތަނަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރެވުނެވެ.

ރާއްޖޭގައި ފުރަތަމަ އައިސް ސްކޭޓިން ރިންކެއް ހުޅުވުމުގެ ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ރާއްޖޭގައި ފުރަތަމަ އައިސް ސްކޭޓިން ރިންކެއް ހުޅުވުމުގެ ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އައިސް ރިންކްގައި އައިސް ކޭޓް ކުރުމަށާއި، ހޮކީ ކުޅޭއިރު ކަމާއި ގުޅުންހުރި ތަޖުރިބާ ކާރުންގެ އެހީ ލިބޭނެއެވެ. އަދި އެކަމަށް ހާއްސަ އިކުއިޕްމެންޓްސް އާއި އެކަން ކުރާނެ ގޮތް ކިޔާދޭއިރު، އެތަނުން ހިދުމަތް ދޭނެ ވަކި ގަޑިތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އަދި އެކަމަށް ހާއްސަކޮށް މީހުން ޓްރެއިން ކުރާ މީހަކުވެސް ވަަރަށް އަވަހަށް ރިސޯޓަށް އަންނާނެކަމަށް އަމިތް ފަހަގަކުރެއްވިއެވެ.

ވިންޓާ ސީޒަންތަކުގައި އާއްމުކޮށް އެހެން ގައުމުތަކަށް މީހުން ފިނީގައި ތަފާތު ކުޅިވަރިތައް ކުޅުމަށް ދާއިރު، ޖުމެއިރާގައި ގާއިމްކޮށް މިތަންވެގެންދާނީ އެ މީހުން ތަޖުރިބާކޮށްލަން އަންނަ ވަރަށް ރަނގަޅު ތަނަކަށެވެ.

ރާއްޖޭގައި ފުރަތަމަ އައިސް ސްކޭޓިން ރިންކެއް ހުޅުވުމުގެ ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ރާއްޖޭގައި ފުރަތަމަ އައިސް ސްކޭޓިން ރިންކެއް ހުޅުވުމުގެ ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ރާއްޖޭގެ ރީތި ގޮނޑުދޮށާއި، ރީތި މޫދު ރީތި ދޮންވެލިގަނޑު ދެކިލަންވެސް ފަތުރުވެރިން އަންނަންވީ. އެއާއެކު ސްކޭޓް ކުރެވޭނެ ގޮތްވެސް އެ ފަތުރުވެރިންނަށް ލިބިދާނެ". އަމިތް ވިދާޅުވިއެވެ.

އަމިތް ވިދާޅުވީ، އެ އައިސް ސްކޭޓިންގ ރިންކް ހުރިގޮތަަށް ބެހެއްޓުމަށްފަހު ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ރަނގަޅުކޮށް ބޮޑު ކުރާނެކަމަށެވެ. އަދި އެތަންވެގެން ދާނީ ހަމައެކަނި އައިސް ސްކޭޓް ކުރެވޭނެ ތަނެއް ނޫންކަމަށާއި، ބޮޑެތި ހަފްލާތައްވެސް އެ ތާގައި ކުރިއަށްގެންދެވޭނެކަމަށް އަމިތް ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ އައިސް ސްކޭޓިން ރިންކެއް ހުޅުވުމުގެ ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ރާއްޖޭގައި ފުރަތަމަ އައިސް ސްކޭޓިން ރިންކެއް ހުޅުވުމުގެ ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިހާރު އެތަނުން ހިދުމަތް ހޯދަން ފަތުރުވެރިންނަށް ވަނީ ހުޅުވާލާފައެވެ. އަދި އައިސް ރިންކްގައި ސްކޭޓް ކުރުމުގެ ފުރުސަތު ދިނުމަށް އެ ރިސޯޓުން ބޭނުންވާއިރު، ކުރިއަށްއޮތްތަނުގައި ދިވެހިންނަށް ހާއްސަ ޕެކޭޖްތަކެއް ނެރުން ގާތްކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި، މީގެ ސަބަބުން ފަތުރުވެރިކަމަށް ވަރަށް ރަނގަޅު އަސަރުތަކެއް ކުރާނެއެވެ.

އައިސް ސްކޭޓް ކުރުމުގައި ދުނިޔޭގެ ފެންވަރުގެ އެކި މެޑަލް ހާސިލްކޮށްފައިވާ އެވްގެނީ ޕްލުޝެންކާ ބުނީ، މިއީ މޫދު ކައިރީގައި ހަދާފައިވާ އާޓިފިޝަލް އައިސް ސްކޭޓް ރިންކެއްގައި ސްކޭޓް ކުރުމުގެ ފުރުސަތު އޭނާއަށް ލިބުނު ފުރަތަމަ ފަހަރު ކަމަށާއި، މިއީ ތަފާތު ތަޖުރިބާއެއް ކަމަށެވެ.

"ރީތި ޖުމެއިރާ ރިސޯޓްގައި މިފަދަތަނެއް ގާއިމް ވުމުން އަސްލު ވެސް ވަރަށް ސަޅި. އަދި މިތަނުގައި އައިސް ބޭނުންކޮށްގެން އެކަމަށް ހާއްސަ ތަނެއް ހެދުމަކީ އުއްމީދެއް. އެކަން ކުރެވޭނެ. އެކަމަކު އެކަން ކުރުމަށް ވަރަށް ބޮޑު ހަރަދުތަކެއް ކުރަން ޖެހޭނެ". އޭނާ ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާަާއަބްދުﷲ

    ރިންކަކީ ކޯޗެއް؟؟؟ ދިވެހިބަހެއްތަ؟

  2. ބުރުގާ

    އައްދެ. ޔާމީނު ސަލްޓަން ޕާކުގައި އައިސް ސްކޭޓުކުރާ ތަނެއް ހެދުމުގެކުދިން ތިރިސޯޓެގައި ތިހެދީ. ތި ވަރައް ނުލަފާކަމެއް ތިކުރީ.