ޗެމްޕިއަންސްލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ޕޯޓޯއާ ދެކޮޅަށް ކުޅެ، ލިވަޕޫލް ފަސޭހަ ކަމާއެކީ ކުރިހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗް ލިވަޕޫލް އިން ކާމިޔާބު ކޮއްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗްގައި ދެޓީމުން ވެސް ވަނީ ނުރައްކާތެރި ހަމަލާ ތަކެއް އުފައްދާފައެވެ. މެޗް ފެޝިގެން މާ ގިނަ އިރުތަކެއް ނުވަނީސް ލިވަޕޫލްގެ ކެއިޓާ ވަނީ ފާމީނޯ ތަނަވަސް ކޮށްދިން ބޯޅައަކުން ގޯލް ޖަހައި އެޓީމްއަށް ލީޑު ނަގާދީފައެވެ. މެޗްގައި ސަލާހްއަށް ވެސް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. ސަލާހް ފޮނުވާލި ބޯޅަތަށް ގޯލްއާއި އަމާޒު ނުވެ ދިޔައީ ބޭރަށް ގޮސްފައެވެ.

ފައުލްތަށް ގިނަވެގެން ދިޔަ މެ މެޗްގެ 26 ވަނަ މިނަޓްގައި ރޮބާޓޯ ފަމީނިއޯ ވަނީ ގޯލްއެއް ޖާހައި ޓީމްގެ ލީޑު ފުޅާ ކޮއްދީފައެވެ.

ލިވަޕޫލް އާއި ދެން ޕޯޓޯ، ޕޯޓޯ ދަނޑގައި ކުޅޭމެޗް އޮންނާނީ މިމަހު 18 ވަނަ ދުވަހުގައެވެ.

ލިވަޕޫލަކީ ޔޫރަޕްގައި ކާމިޔާބު ޓީމެކެވެ. ފަސް ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ލިވަޕޫލް، މިދޭތެރެއަކުން ޔޫރަޕުގެ ކުރީ ސަފުން ގެއްލުނު ނަމަވެސް، އަނެއްކާވެސް އަންނަނީ ތަފާތު ދައްކަމުންނެވެ. އެޓީމު ވަނީ މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގު ފައިނަލްވެސް ކުޅެފައެވެ.