ސައުދީ އަރަބިޔާގައި ތަމްރީނު ކޭމްޕެއް ފުރިހަމަ ކުރަމުންދާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން އުމްރާގެ މަތިވެރި އަޅުކަން ފުރިހަމަ ކޮށްފިއެވެ.
އުމްރާގެ އަޅުކަމަށްފަހު ބައެއް ކުޅުންތެރިން ފޮޓޯވެސް ފޭސްބުކްގައި ހިއްސާކޮށްފައިވާ އިރު، މާޒިޔާއިން ސައުދީގައި ހަދާ ތަމްރީނުތަކަކީ އެފްއޭއެމްއާއި ސައުދީ ފެޑަރޭޝަން މެދުވެރިވެގެން އެޓީމަށް ފަހިކޮށްދީފައިވާ ފުރުސަތެކެވެ.
ތަމްރީނު ކޭމްޕެއްގެ ފުރުސަތު މާޒިޔާ އަދި ޓީސީއަށް އެފްއޭއެމްއިން ހޯދައިދީފައި ވަނީ މިއަހަރު އޭއެފްސީ ކަޕްގެ ފުރުސަތު އެ ކްލަބުތަކަށް ގެއްލުމުންނެވެ.
ކްލަބު ލައިސަންސިންގެ މައްސަލައާއެކު ޓީސީ އަދި މާޒިޔާއަށްވެސް އޭއެފްސީ ކަޕް ގެއްލިފައިވާ އިރު، ތަމްރީން ކޭމްޕްތަކަކީ އޭގެ ބަދަލެއްގެ ގޮތުން އެފްއޭއެމްއިން ދިން ފުރުސަތެކެވެ. މާޒިޔާގެ އެ ފުރުސަތު ޓީސީއަށް ދީފައިވާ އިރު، ޓީސީން ކޭމްޕް ދިޔުމަށް ހަމަޖެހިފައި ވަނީ ފަހުންނެވެ. ޓީސީން ލީގު ހުޅުވާ މެޗު ކުޅެން ޖެހިފައި އޮތުމާއެކު އެޓީމުން ކޭމްޕް ފަސްކުރި ކަމަށް ބެލެވެއެވެ.
މާޒިޔާއިން ބުނެފައި ވަނީ ކޭމްޕްގެ ފުރުސަތު ލިބިގެން ދިޔައީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ވަރަށް ބޮޑު މަސައްކަތަކުން ކަމަށާއި، މާޒިޔާގެ މެނޭޖުމަންޓާއި ޗެއާމަންގެ ނަމުގައި ބައްސާމަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. އަދި ސައުދީ ފެޑަރޭޝަނަށްވެސް މާޒިޔާއިން ޝުކުރު އަދާކޮށްފައިވާ އިރު، ކޭމްޕްގައި އުމްރާ ކުރުމަށް ހަމަޖެހިފައިވާތީ މާޒިޔާއިން ވަނީ އެކަމުގެ މައުލޫމާތާއި، ރަމަޟާން މަހުގެ ފަހު 10ގެ ހެޔޮކަމުގެ މައުލޫމާތު ފުރުމުގެ ކުރިން ބޭއްވި ހާއްސަ ސެޝަނެއްގައި ކުޅުންތެރިންނަށް ދީފައެވެ. ސެޝަން ނަގައިދީފައި ވަނީ ޝެއިޚް އަބްދުއްސަލާމް ދާއޫދެވެ.
ތިޔަވީ
ދެއްކުންތެރިކަން. ބޭރު ކުޅުންތެރިން އުމްރާއަށް ދާތީ ކޮޕީކޮއްލަނީ
ދެއްކުންތެރިކަން.. ﷲހަޒުރަތުން ލިބޭނެސަވާބަކީ ކޮބާ...އުމުރާކޮއްފަ ފޮޓޯ،،،ޒަކާތްދައްކާފަ ވީޑިއޯ....ސުބުހާނަﷲ...
އުމްރާ ކޮއްލަ ކޮއްލަ ތިބޭ. ކަލޭމެން ކުޅޭ އެއްޗެއް ބަލަން ދަނޑަށް ވަންނާނެ މީހަކުނެތް.