އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑުގެ މުވައްޒަފަކު ކްލަބު ކުޅުންތެރިންނާއި އެހެން ސްޓާފުންނާއި އެއްކޮށް އުޅެމުން، ޑްރަގް އޯވަޑޯސް އެއް ވެއްޖެއެވެ.

ފެށޭ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޔުނައިޓެޑުން ޕްރީ ސީޒަން ޓުއާގައި މިވަގުތު އޮސްޓްރޭލިއާގައި ތަމްރީންތައް ހަދަމުން އަންނަ އިރު، އިއްޔެގެ ވަގުތެއްގައި އެ މުވައްޒަފުގެ ހާލު ސީރިއަސް ވެގެން ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ.

އެ ގައުމުގެ މީޑިއާ ތަކުން ރިޕޯޓް ކުރާ ގޮތުގައި އެ މީހާ ހޮސްޕިޓަލަށް ގެންދެވުނީ ޑްރަގް އޯވަ ޑޯސް އެއް ވެގެންނެވެ. މިކަމާއި ގުޅިގެން އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކްލަބުގެ ބެކް ރޫމް ސްޓާފެއް ބަލި ވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އޭނާ ބަލިވާން ޖެހުނު ސަބަބު އާއްމު ނުކޮށް، އެ މީހާގެ ހައްގަށް އިހުތިރާމް ކުރާނޭ ކަމަށް އެ ކްލަބުން އުއްމީދު ކުރާ ކަމަށެވެ.

ހޮސްޕިޓަލަށް ގެންދެވުނީ ޔުނައިޓެޑުގެ ކޯޗުގެ އިތުރުން، ކުޅުންތެރި އަކުވެސް ނޫން ކަން އެ ކްލަބުން ޔަގީން ކޮށްދީފައި ވާއިރު، މިއަދު ހަވީރު އޮސްޓްރޭލިއާގެ ޕާތް ގްލޮރީ އާއި ޔުނައިޓެޑާއި ކުޅޭ މެޗެއް އޮންނާނެއެވެ. މި މެޗައް ފަހު ސިންގަޕޫރުގައި އިންޓަ މިލާން އާއި ދެކޮޅަށް ކުޅެ، ޗައިނާގައި ޓޮޓެންހަމް އާއި ދެކޮޅަށްވެސް އެކުވެރި ކަމުގެ މެޗެއް ކުޅުމަށް ޔުނައިޓެޑުން ހަމަޖެހިފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނު

    އިޔޫރަޕިއަނުންނަކީ ޑްރަގް އުފައްދާ ޑްރަގް ޑީލްކޮށް ޑްރަގް ބޭނުންކުރަން ދުނިޔެއަށް ދަސްކޮށްދޭ ފަސާދަވެރި ބައިގަނޑެއް