އިނގިރޭސި ކްލަބު މެންޗެސްޓާރ ޔުނައިޓެޑަށް ކުޅެމުން އަންނަ ގޯލް ކީޕަރު ޑޭވިޑް ޑެހެޔާ އެ ކްލަބާއި އެކު އައު އެއްބަސް ވުމެއްގައި ސޮއި ކުރަން ތައްޔާރު ވަމުން އަންނަ އިރުގައި، މި އެއްބަސް ވުމާއި އެކު ދުނިޔޭގެ އެންމެ އަގުބޮޑު ގޯލް ކީޕަރަށް އޭނާ ވެގެން ދާނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޑެހެޔާ ޔުނައިޓެޑާއި އެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ޓްރާންސްފާ މާކެޓަށް ހަމަވާ އިރު، އޭނާ އެ ކްލަބު ދޫކޮށްލަން އުޅޭ ކަމުގު އަޑު ތަކެއްވެސް މީގެ ކުރިން ވަނީއ އަރައިފައެވެ. ނަމަވެސް، ޑެހެޔާ ބުނެފައި ވަނީ އެ ކްލަބުގައި އޭނާ އިތުރަށް މަޑު ކުރާނީ އެލެކްސިސް ސަންޗޭޒް އަށް ހަފްތާ އެއްގެ މައްޗައް 500،000 ޕައުންޑު ދޭ ފަދައިން އޭނާ އަށްވެސް ދޭން އެއްބަސް ވުމުންނެވެ.

ނަމަވެސް، ގޯލް ކީޕަރަކަށް އެވަރުގެ ބޮޑު މުސާރަ އެއް ދޭން ޔުނައިޓެޑުގެ އިސް ވެރިން ގަބޫލު ނުވުމުން ޑެހެޔާ ވަނީ ހަފްތާ އެއްގެ މައްޗައް 375،000 ނަގަން އެއްބަސްވެ، ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރަށް ވުމުގެ މަގުމަތީގައި ކަން ފާހަގަކޮށްލެވެއެވެ.

އިންގްލޭންޑުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ޔުނައިޓެޑުން މިހާރު ފަށާފައިވާ ޕްރީ ސީޒަން ޓުއާ އަށް ފަހު ޑެހެޔާ އާއި އެކު 5 އަހަރު ދުވަހުގެ އެއްބަސް ވުމެއްގައި ސޮއި ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު