ލިވަޕޫލްގެ ބަދަލު ގޯލްކީޕަރު އެޑްރިއަންއަށްވެސް އަނިޔާވެއްޖެއެވެ.
ލިވަޕޫލްގެ ފުރަތަމަ 11ގައި އާންމުކޮށް ކުޅެމުންދިޔަ، ބްރެޒިލްގެ ގައުމީ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރު އެލިސަން ބެކާއަށް އަނިޔާވީ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައެވެ. ގާތް ގަނޑަކަށް ހަތަރު ވަރަކަށް ހަފްތާއަށް އެލިސަން އަނިޔާގައި ހުންނަން ޖެހޭއިރު، އެތަން ފޫބައްދަން ސުޕަ ކަޕްގެ މެޗަށް ނުކުތީ މި ސީޒަނަށް ގެނައި އެޑްރިއަންއެވެ.
ސުޕަ ކަޕްގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި، އެންމެފަހު ޕެނެލްޓީ މަތަކޮށް، ލިވަޕޫލަށް ސުޕަ ކަޕް ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކުރި އެޑްރިއަންއަށް އަނިޔާވީ އެމެޗަށްފަހު ދަނޑުމަތީގައި އުފާފާޅު ކުރަން އުޅުމުގެ ތެރޭގައި ދަނޑަށްއެރި ސަޕޯޓަރެއްގެ ސަބަބުންނެވެ. ކްލޮޕް ބުނެފައި ވަނީ ސަޕޯޓަރުންނަކީ ލިވަޕޫލުން ވަރަށް ލޯބިކުރާ ބައެއް ކަމަށާއި، އެއީ ސަޕޯޓަރުންގެ ޕެޝަން ކަމަށެވެ.
ސައުތުހެމްޓަންއާ ދެކޮޅަށް ލިވަޕޫލުން ކުޅެން އޮތް މެޗުގައި ލިވަޕޫލްގެ ތިންވަން ގޯލްކީޕަރު ފެންނާނެ ކަމަށްވަލެވޭއިރު، އޭނާއަކީ އުމުރުން 35 އަހަރުގެ އެންޑީ ލޮނާގަންއެވެ. ކްލޮޕް ބުނެފައި ވަނީ އޭނާ ހުރީ ތައްޔާރަށް ކަމަށާއި، މި ހަފްތާ ތެރޭގައި ރަނގަޅު ތަމްރީނުތަކެއްވެސް ފުރިހަމަ ކުރި ކަމަށެވެ. އެހެން ނަމަވެސް ފަހު ވަގުތާ ހަމައަށްވެސް ބަލާނީ އެޑްރިއަންގެ ފިޓްނަސްއަށް ކަމަށްވެސް ކްލޮޕް ބުންޏެވެ.
ކަލޯ އަށް ކާން ނުދެނީތަ
މަހީކުރީ ތަށީގަ ދޫ ތަތްލަވައިގެން ކަމަށް އަނިޔާވީ.