ވޯލްޑް ކަޕް އަދި އޭޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި މިރޭ ގަދަފަދަ ޗައިނާ އިން ރާއްޖެ ކޮޅަށް ފަސް ލަނޑު ޖަހައިފި އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި 3400 އެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ޗައިނާ އިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީތަކުގަ އެވެ.
މެޗު ފަށައިގެން އިރުކޮޅެއް ވަންދެން ދިވެހި ޓީމުން ހަމަޖެހިލައިގެން ކުޅުނު ނަމަވެސް ޗައިނާ ޓީމުން މެޗުތެރެއަށް ވަންނަން މާގިނައިރުތަކެއް ނުނެގި އެވެ. މުޅި މެޗުގައިވެސް ހުރަސްތައް ނަގައިގެން އެޓޭކް ކުރި ޗައިނާ ޓީމުން މެޗުގައި ހެދި ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނުނީ 21 ވަނަ މިނެޓުގަ އެވެ. އެޓީމުގެ 7 ނަންބަރު ރާއްޖޭގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތިން ބޭރަށް ދިޔައިރު އޭގެ އިރުކޮޅެއް ފަހުން އެޓީމުން ނެގި ކޯނަރެއްގައި 11 ނަންބަރު ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 30 ވަނަ މިނެޓުގައި އަނެއްކާވެސް ލިބުނު ހުރަހެއްގައި 7 ނަންބަރު ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ބޭރަށްދިޔައިރު އޭގެ މިނެޓެއް ފަހުން ލިބުނު ހިލޭ ޖެހުމެއްގައި އެޓީމްގެ 9 ނަންބަރު ފޮނުވާލި ހަމަލާ އަމާޒުވީ ރާއްޖޭގެ ގޯލުގެ މަތީ ދަނޑިއާއެވެ.
ޗައިނާ އިން މެޗުގައި އެޓީމުން ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ 34 ވަނަ މިނެޓުގަ އެވެ. ވޫޒީގެ ލަނޑުން ޗައިނާ އިން ލީޑު ހޯދުމަށްފަހު މުޅި މެޗުގެ ކޮންޓްރޯލް ނެގިއިރު އެޓީމުގެ ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމެން މިނެޓެއް ވެފައިވަނިކޮށް ޖަހައިދިނީ ސްޕެއިންގެ އެސްޕާންޔޮލް އަށް ކުޅެމުން އަންނަ ވޫ ލީ އެވެ. މެޗުގެ ފުރަތަމަ ހާފު ޗައިނާ އިން ނިންމާލީ 2 ލަނޑުގެ ލީޑަކާއެކު އެވެ.
ރާއްޖެ އިން ދެވަނަ ހާފަށް ނުކުތީ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބޭލުމަށްފަހު ޒުވާން ކުޅުންތެރިއާ ނާއިޒު ހަސަން (ދާދު) ކުޅެން އަރުވައިގެންނެވެ. މެޗުގެ ދެވަނަ ހާފު ރާއްޖެ އިން ފަށައިގަތީ އެޓޭކިންގް އެޕްރޯޗަކާއެކު އެވެ. އެގޮތުން ފުރަތަމަ ހާފާއި ހިލާފަށް މި ހާފުގައި ދިވެހި ޓީމުން ވަނީ ފުދޭވަރަކަށް ކުރިއަށް ޖެހިލައި ޗައިނާގެ ގޯލަށް ނުރައްކާ ކުރެވޭތޯ ބަލާފަ އެވެ.
މެޗުގެ 51 ވަނަ މިނެޓުގައި ރާއްޖެ ޓީމުން ކުރިއަށް ޖެހިލި ވަގުތުގެ ބޭނުން ހިފައި ޗައިނާ އިން ރަނގަޅު ކައުންޓާ ހަމަލާއެއް ތަނަވަސްކުރި ނަމަވެސް އެޓީމުގެ 9 ނަންބަރު މުޅިން ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ. އޭގެ ދެތިން މިނެޓު ފަހުން ރާއްޖެ އިން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ޑީއޭރިއާ ބޭރުން ކެޕްޓަން އަކުރަމް އަބްދުލްޢަނީ ފޮނުވާލި ހިލޭ ޖެހުން ގޯލުގެ މަތީ ދަނޑިއަށް އަމާޒުވި އިރު ރީބައުންޑުގައި ލިބުނު ބޯޅަ ފޯވަޑް ދާދު އަށް ރަނގަޅަށް ޖެހޭ ގޮތެއްނުވި އެވެ. އޭގެ އިރުކޮޅެއްފަހުން ރާއްޖެ ޓީމުން ނެގި ކޯނަރެއްގައި ހަމްޒާ މުހައްމަދު (ހަމްޕު) ދިން ޕާހެއްގައި ހައިޝަމް ހުހަށް ހުރެ ބޮލުން ފޮނުވާލި ނަމަވެސް އެ ހަމަލާ ޗައިނާ ކީޕަރު ވަނީ މަތަކޮށްފަ އެވެ.
އަނިޔާވުމުގެ ސަބަބުން މެޗުގެ 60 ވަނަ މިނިޓްގައި ރާއްޖޭން ވަނީ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް)ގެ ބަދަލުގައި ސަމޫހު އަލީ (ސަމުއްޓެ) ކުޅެން އަރުވައިފަ އެވެ. ރާއްޖެ އިން ފުދޭވަރަކަށް ރަނގަޅަށް ކުޅެމުންދަނިކޮށް ޗައިނާގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ 63 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޔާން ޝޫ އެވެ.
ޗައިނާގެ ހަތަރު ވަނަ ލަނޑު ޖެހީ މެޗުގެ 83 ވަނަ މިނިޓްގުއި ލިބުނު ޕެނަލްޓީ އެއްގައި އެލްކެސަން އެވެ. ރާއްޖޭގެ ކެޕްޓަން އަކޫ ޗައިނާގެ ކުޅުންތެރިއަކަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އާއެކު އަކޫ އަށް ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލި އެވެ. މެޗުގެ ފަހު ވިއްސަކަށް މިނެޓަށް އެޅުނު ފަހުން ރާއްޖެ ޓީމުގެ ކުޅުންތެރިން ވަރަށް ބޮޑަށް ވަރުބަލިވެފައި ތިބިކަން ފާހަގަވެފައިވެ އެވެ. މެޗުގެ އިތުރު ވަގުތުގައި ރާއްޖޭގެ ކުޅުންތެރިން ވާނުވާގައި ތިއްބާ ޗައިނާގެ ފަސްވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ އެލްކެސަން އެވެ.
ނަސީބެއްނު. މޮޅުވި ނަމަ ރައްޔިތުންގެ ލާރިން އެތައް މިލިޔަނެއް ބޭކާރު ކުރަން ވެއްޖެ
ކޯޗު ،އިސްތިއުފާ.... ކޯޗު.. ކަޑަ
ކޯޗުތަ ތަނޑުމަތީގަ ކުޅެނީ؟ ކިތައްމެ މޮޅު ކޯޗެއް އައަސް ތިއޮށް ކުކުޅު ސުކޮޑަށް ވާނެ ކަމެއް މޯންނާނެ. ބޯޅަ ޚޮންޓުރޯލް އެހާ ދަށް މިސް ޕާސް އެހާގިނަ.
މެޗްް ފެޝުމުގެ ކުރިން އެއްލައްކަ ދޭން ބުނީމަ ކުޅުންތެރިން ސިކުނޑި ތެރޭ ގަ އެފައިސާ އެނބުރުމުގެ ސަބަބުން ނުއެއް ކުޅެވުނު
ކޯޗު ބޭރު ކުރޭ. މުޅި ޓީމު އަލުން ބަލުން ނަގަންވީ. ތިއެއް ނުން ރާއްޖޭގެ ފެންވަރަކީ. ސީދާ ސިލެކްޝަން މައްސަލަ. ތި ޓީމުން ތިނުން ކުޅުމެއް ނުފެންނާނެ މީގެ 50އަހަރު ފަހުންވެސް. އެފްއޭއެމް އިސްތިއުފާ.
ލައްކަ އެއް?ނޫން? މިލިޔަނެއް? މަހުލޫފު ?މިމީހުންނައް?ދޭންޖެހޭނީ?
ކޯޗް ބޭރުކުރިޔަސް ޅަބަކަށްޓަކުން ކިރުފެލޭތަ ނެތްފެންވަރެއް ނެރެވޭތަ؟ ކޯޗް އާންމުކޮއްވަކިކުރަނީ މޮޅަށްކުޅެ ގޯލް ނުޖެހުނީމަ ޓީމަށް ކުޅެވުނުތަ؟ މެސީ ގޯލްޖަހަނީ ކޯޗް މޮޅުބީމަކަނޫން މެސީ މޮޅުވީމަ
ކޯޗު އިސްތިއުފާ
ދިވެހިން ހީވީ ދަގަނޑޭ އެރުވީމަ މޮޅުވާނެ ކަމަށް.. އެންމެފަހު ވަގުތު ރައްޔިތުން ލައްވާ ބޮޑާ ޖައްސުވައިގެން ޓީމަށްނެގި މީހާގެ ސަބަބުން ކޯޗަށް އެތަށް ބަދަލުތަކެއް ޓީމު ރޭވުމުގާ ގެންނަން ޖެހުމުންގެ ނަތީޖާ މިފެނުނީ..
ކޯޗު މިވެނި ސްޓައިލަކަށް ކުޅޭށޭ ބުނީމަ ނޫނީ ބޭނުން ފޯމޭޝަނަކަށް ކުޅެވޭ މީހުން ހުސްތިބީ. ދާދު ކުރިއަށް ލައިގެން ވަކި ކުރިއެރުމެއް އައިތަ. ހާދަ ވަރެކޭ ތިހިރަވަނީ ދަގޭ އާޖެހި. ކަލޯ މީހާ ހަލާކުވާނެ ކަމެއް ނެތް. ދަގޭ އަށް އެއްމެ ބޯޅައެއް ދެވުނުތަ މެދުތެރެއިން. ދަގޭއަކީ މޮޅު ފިވެހިންގެ ފަޚުރު ހޯދާފައިވާ ޕަލޭޔަރެއް.
ދަގަޑޭގެ ހުނަރަށް ޖޭވާ ވ ގިނަ މީހުން އުޅޭ..އޭނަ އަށް ދިންކޮންމެ ބޯޅަ އެއް ތަފާތު ދައްކައިދިން..އޭނަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ބަހައްޓައިގެން އެޓޭކު ނުކުރީ އޭނަގެ ހުނަރު ފެނިދާނެތީ.. ޒާތީވީމަ ބަދަލު ގިނަވާނެ
ދަނގަޑޭ އަރުވާގެން މޮޅުވިނަމަ ކަލޭ ތިގޮތަށް ވާހަކަނުދައްކާނެ.
އާދޯ . ދުވަހަކު ފުޓުބޯޅ މެޗެއް ނުބަލާ މީހުންވެސް ދަގަނޑޭ ދަގަނޑޭ ދަގަނޑޭ. ހީވަނަީ އެހެން ފަދަކަމެއް ހެން މީޑިއާތަޖުންވެސް. މިމީހުން ހީކުރަނީ ދަގަނޑޭ އެކަނަިހަމަށް ނަތީޖާ ނެރެނީ. ބަލަ ތިބުނާ މޮޅު މީހެއްނަމަ ކޯޗުވެސް މިއޮށް ހާ ދުވަހަު އޭނަ ޓީމުން ވަކަި ކޮށްފަ ނުބަހައްޓާނެ ދޯ.
މޮޅުވިނަމަ ކުޅިވަރަށް ލާރިގަނޑު ހުސްކުރީސް!
މިހާރުވެސް މިއުޅެނީ ދެރުފިޔަ ދިމާނުވެގެން!
ހަހަހަހަ ކޮމިސަން ހަދާގެން ވެސް ކަމެއް ނުހޯދިގެން!!
ޅަބަކަށްޓަކުންކިރުފެލީ ކީރިތިރަސޫލާ މައްކައިން މަދީނާއަށް ވަޑައިގެން މަގުމަތީގަ ވަރަށްމުސްކުޅި ނިކަކަމެތިމީހަކު ގެއްގުޅު ކިރުވެސް ނުފަޅާ ޅަބަކަށްޓަކުން މިހާރަކު އެކަމެއް ނުވާނެ ގައުމީޓީމްގަނެތްފެންވަރެއް ނުދެއްކޭނެ ކޯޗްމޮޅަސް
الحمد لله
މޮޅުނުވި ކަމަށް ޓަކާ الله އަށް ހަމް ދުކުރަން
ލާދީނީކަންކަމަށް ޚަރަދުކުރަމުން ގޮސްމުޅިމާލިއްޔަތު
ހުސްކޮށްލާ އެނިންމަނީ އިސްލާމްދީންހިމާޔަތްކުރުމަށް
ކުރަނީކޮން ކަމެއް؟
އަބަދުވެސް ޒުވާނުން ޒުވާނުން ކުޅިވަރު ކުރިއެރުވުމުގައި
އިވެންޓްބާއްވަނީ
ނަމާދުކުރޭތޯ ޒަކާތްދޭތޯ ޤުރުއާންކިޔަވާތޯ ދީނަށްޢިހްތިރާމް ކުރެވޭ ކަންކަމަކީކޮބައިތޯ އެއްވެސް
ސަރުކާރަކުން ނުބަލާ ރައްޔިތުންގެފައުސާ ބޭކާރުގޮތުގައި
ޚަރަދުކޮށްތަޅާބުރުވާލަނީ
މީކޮންކަހަލަމުސްލިމުވެރިބަޔެއް
މިމީހުން ހީވަނީ ﷲ ހަޞުރަތުގައި ތިމަންމެންޖަވާބުދާރީވާން ނުޖެހޭނެކަމާއި އެދުވަހުން
ބޮޑުބަޖެޓެއް ލިބޭނެކަމަށް ތޯޗެއް!!!
މީ ކޯޗު ބޭނުންވި ގޮތް....
ރައްޔިތުން ޕްރެޝަރ ކުރިވަރުން ދަގަނޑޭ އަރުވާފަ ދަގަނޑޭ ލައިގެން ވަކި ވާނެ ކަމެއް ނެތް ކަން ރައްޔިތުންނައް ދެއްކީ....
ދަގަނޑޭ އަރުވާފަ ޑިފެންސިވް ގޭމެއް
ޑަގނޑޭ ބާލައިފަ އެޓޭކިންގ ގޭމެއް
އަދިވެސް ބައްސާމް މެންނަށް ވިސްނޭކަށް ނުވޭތަ
އަސްލު ކޯޗު ބަދަލުކުރަންވީ
ކޯޗު ބޭނުންވަނީ ދަގަނޑޭ ލައިގެން ވަކި ވާނެ ކަމެއް ނެތްކަން ދައްކަން....މިހާރު އެހެން ބުނާނެ
ދޫވިހަ މަހުލޫފުގެ ސުންޕައިކަމުން
މަހުލޫފުގެ އަނގަވިހަކަން މިއެނގެނީ