އާޖެންޓީނާގެ ގިނަ ސަޕޯޓަރުންތަކެއް "ފްރާންސް ރުއިން ހުއްޓާލާ" ނަމުގައި ޕެޓިޝަނެއް އޮންލައިންކޮށް ފީފާއަށް ހުށަހަޅައިފިކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.

އާޖެންޓީނާގެ ސަޕޯޓަރުން މި ޕެޓިޝަން ހުށަހެޅީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް އަލުން ކުޅުމަށް ފްރާންސްގެ ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކުރުމާ ގުޅިގެންނެވެ.

ޕެޓިޝަންގައި ބުނެފައި ވަނީ ފައިނަލް މެޗް އަލުން ކުޅެން ޖެހެނީ މެޗްގެ ރެފްރީ ދެނިންމުމެއް ވަރަށް ގޯސްކޮށް ނިންމާފައި ވާތީ ކަމަށެވެ. ފުރަތަމަ ނިންމުމަކީ މެސީ ފުރަތަމަ ލަނޑު ޖެހި ޕެނަލްޓީ އާޖެންޓީނާއަށް ދިނުމެވެ. ވީޑިއޯތަކަށް ބަލާއިރު އެއީ ޕެނަލްޓީ ދޭން ޖެހޭވަރުގެ ނިންމުމެއް ނޫން ކަމަށް ޕެޓިޝަންގައި ބުނެފައި ވެއެވެ.

ޕެޓިޝަންގައި ދެން ފާހަގަ ކޮށްފައި ވަނީ އާޖެންޓީނާ އިން ތިން ވަނަ ލަނޑު ޖެހިއިރު އާޖެންޓީނާގެ ބަދަލު ކުޅުންތެރިންތަކެއް ދަނޑަށް އަރައި ތިބުމެވެ. އެއީ ފުޓްބޯޅައިގެ ގަވައިދަށް ބަލާއިރު ހިލޭ ޖެހުމެއް ދޭން ޖެހޭ ފަދަ ހާލަތެކެވެ.

މިކަމާ ގުޅިގެން އާޖެންޓީނާގެ ސަޕޯޓަރުންގެ ފަރާތުން ހުށަހެޅި ޕެޓިޝަނުގައި ބުނެފައިވަނީ، ވޯލްޑް ކަޕްގެ ތަށި އާޖެންޓީނާއަށް ލިބުނު ފަހުން ފްރާންސް މީހުން ރުއިން ހުއްޓާލައިފައި ނުވާ ކަމަށާއި، މިއަދާ ހަމައަށް އައިއިރުވެސް، އާޖެންޓީނާއަކީ ދުނިޔޭގެ ޗެމްޕިއަން ކަމުގައި ފްރާންސްއިން ގަބޫލުކޮށްފައި ނުވާ ކަމަށެވެ. އަދި މި ޕެޓިޝަނަކީ ފްރާންސްގެ ސަޕޯޓަރުން ރުއިން ހުއްޓާލުމަށް އަޑު އުފުލުމުގެ ގޮތުންނާއި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އެގައުމުން ގަބޫލުކުރުމަށް ގޮވާލަން ހުށަހެޅި ޕެޓިޝަނެއް ކަމަށް ވެސް ބުނެފައިވެއެވެ.

މިހާތަނަށް 65،000 އަށް ވުރެ ގިނަ މީހުން ވަނީ މި ޕެޓިޝަނުގައި ސޮއިކޮށްފައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ފްރާންސްގެ ސަޕޯޓަރުން ފާހަގަކުރާ މައްސަލައަކީ ސީދާ ވަރުގަދަ މައްސަލަކަށް ނުވި ނަމަވެސް ދައުރުވަމުންދާ ޕެޓިޝަނާއި ގުޅިގެން ސަޕޯޓަރުން ފާޅުކޮށްފައިވާ ޝުއޫރުތަކުގެ ތެރޭގައި "އޮތީ މަކަރު ހަދާފައެވެ. އަލުން ޖެހޭނީ މެޗު ކުޅޭށެވެ.'' ބުނެފަވެއެވެ. ''ރެފްރީ ބަދަލުކޮށްގެން މި މެޗު އަލުން ކުޅެންޖެހޭ'' މެޗު އަލުން ކުޅުމަށް ސޮއި ކޮށް ޝެއާ ކުރުމަށް ގޮވާލައި ލިޔެފައިވެއެވެ.

ފްރާންސްގެ ސަޕޯޓަރުން ބުނާގޮތުގައި ފައިނަލް މެޗްގެ ރެފްރީ ހުރީ އާޖެންޓީނާއަށް "ވިކި" ފައެވެ. އަދި އާޖެންޓީއަށް ދިން ޕެނަލްޓީއަކީ ގަވައިދާ ހިލާފަށް ދީފައިވާ ޕްނަލްޓީއެއްކަމަށް އެމީހުން ބުނެއެވެ. އަދި އާޖެންޓީނާއަށް ދެވަނަ ގޯލް ހޯދައިދިނުމުގެ ގޮތުން އެމްބާޕޭ ފައުލު ކުރުވި ކަމަވެސް އެމީހުން ޤަބޫލު ކުރެއެވެ.

ފްރާންސް ސަޕޯޓަރުން ކިތަންމެ ބޭނުންވިއަސް ފައިނަލް އަލުން ކުޅުމުގެ ފުރުސަތެއް އެއްގޮތަކަށްވެސް ނެތެވެ. ފްރާންސް ސަޕޯޓަރުންނަށް ފާހަގަ ނުވި ނަމަވެސް ފައިނަލް މެޗްގެ ރެފްރީކަން ކޮށްފައިވަނީ ވަރަށް ފުރިހަމައަށްކަމަށް މި މެޗާގޫޅޭގޮތުން ޚިޔާލުފާޅުކުރި ބޯޅައިގެ ތަޖުރިބާކާރުން ބުނެފަވެއެވެ.

މިއީ ފުޓްބޯޅަ މެޗެއް އަލުން ކުޅެން އެދި ބަޔަކު ޕެޓިޝަނެއް ހެދި ފުރަތަމަ ފަހަރެއް ނޫނެވެ. ސްވިޒަލޭންޑާއި ފްރާންސް ޔޫއެފާ ޗެމްޕިއަންޝިޕްގައި 2020 ވަނަ އަހަރު ކުޅުނު މެޗުން ފްރާންސް ބަލިވުމުން ވެސް އެމެޗް އަލުން ކުޅެން ގޮވާލައި 270000 މީހުން ޕެޓިޝަނެއްގައި ސޮއި ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުޅި

    ކޮންމެއެއްޗެކޭކިޔަސް ހިޔޮ ފްރާންސް މޮޅުވީ

    8
    16
  2. ޚަލީލު

    ފްރާންސްގެ 2 ވަނަ ގޯލަކީ މެސީ ކޮއްޕާލާފައި ފައުލްކޮށްގެން ބޯޅަ ހޯދައިގެން ގޮސް ޖެހި ގޯލެއް. ފްރާންސްގެ 3 ވަނަ ގޯލަކީ ކޯނަރ ނެގި ބޯޅައިގައި ފްރާންސްގެ ކުޅުންތެރިޔަކު އަތުން ޖެހުމުން އެމްބާޕޭއަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ޕެނެލްޓީ އޭރިޔާގެ ތެރޭގައި ހުރި އާޖެންޓީނާގެ ކުޅުންތެރިޔެއްގެ އަތުގައި ޖެހުމުން ދިން ޕެނެލްޓީއަކުން ޖެހި ގޯލެއް. ފުރަތަމަ އެ ބޯޅައިގައި އަތުން ޖެހީ ފްރާންސްގެ ކުޅުންތެރިޔާ. ފްރާންސްގެ އެ 2 ގޯލަކީވެސް ރަނގަޅު 2 ގޯލެއް ނޫން. ފްރާންސަށް ފުރަތަމަ ޕެނެލްޓީ ދިން ފައުލްއަކީ އާޖެންޓީނާއަށް ޕެނެލްޓީ ދިން ފައުލްއާ ދާދި އެއްގޮތަކަށް ކުރި ފައުލްއެއް. އެހެންވީމާ، ފްރާންސް މީހުންނާއި ފްރާންސަށް ސަޕޯޓްކުރާ މީހުން ތިޔަ ވާހަކަ ދައްކާކަށް ރީއްޗެއް ނޫން.

    26
    7
    • ޕްރޮފެސަރ މރ.ގޯޓް

      މާ އެނގުނީ ދޯ. އާޖެންޓީނާ އަކީ އަބަދުވެސް ވަގަށް ތަށި ހޯދާ ބައެއް. އަސްލު ޗެމްޕިއަނުންނަކީ ފްރާންސް

      1
      3