ރާއްޖޭގައި އަންހެނުންނަށް ހާއްސަކޮށްގެން ޒަމާނުއްސުރެ ކުޅެމުން އަންނަ ބަށި ބޯޅައަށް ދީފައިވާ ގައުމީ ހައިސިއްޔަތު އުވާލަން ޔޫތް މިނިސްޓްރީން ނިންމެވުމާއި ގުޅިގެން، ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅަން ނޭޝަނަލް ބަށި ބޯޅަ އެސޯސިއޭޝަން (އެންބީއޭ)އިން ނިންމައިފިއެވެ.
ޔޫތް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ސޮއިކޮށް، ބަށިބޯޅަ އެސޯސިއޭޝަންއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ގައުމީ މަޖިލީހުގެ, ޖަލްސާގައި ޘަގާފީ ކުޅިވަރުތައް ހިންގާ ޖަމުއިއްޔާތަކަށް ކުޅިވަރުގެ ގައުމީ ހައިސިއްޔަތު ދެމުން އަންނަ އުސޫލު ބަދަލުކޮށް، ކުރިއަށް އޮތް ތަނުގައި އެ އެސޯސިއޭޝަންތަކަށް ގައުމީ ހައިސިއްޔަތު ނުދޭން ނިންމާފައިވާ ކަމަށެވެ.
އަދި އެ ނިންމުން ނިންމާފައިވަނީ ބަށިބޯޅައަކީ ބައިނައަލްއަގުވާމީ މައިދާނުގައި ވާދަކުރެވޭ ކުޅިވަރަކަށް ނުުވުމާއި އެ ކުޅިވަރަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ސަގާފީ ކުޅިވަރެއްގެ ގޮތުގައި ވަކި ހާއްސަ މުނާސަބަތުތަކާ ގުޅިގެން ކުޅޭ ކުޅިވަރެއް ގޮތުގައި ފާހަގަކުރެވިފައިވުމާއި ބަށިބޯޅަ އަކީ ޕްރޮފެޝަނަލް އެތުލީޓުން ބިނާކޮށް ތަމްރީންކުރެވޭ ކުރެވޭ ކަހަލަ ކުޅިވަރަކަށް ނުވާތީ ކަމަށެވެ.
ބަށި ބޯޅަ އެސޯސިއޭޝަންގެ ސެކެރެޓަރީ ޖެނެރަލް ނަހުލާ އަލީ "ވަގުތު"އަށް ވިދާޅުވީ، މި ސިޓީ އާއި ގުޅިގެން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްއާއި ބައްދަލުކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށެވެ.
"އެހެންވީމަ ރާއްޖޭގެ އެކި ހިސާބުތަކުގައި އުޅޭ ޓީމުތަކުން އެބަ ދޭ މިހާރު ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް". ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ، މި ޕެޓިޝަންގެ ބޭނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށް މި ޕެޓިޝަން އެރުވުން ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ، މިވަރުގެ ކަމެއް މިދަނީ އަންހެނުންގެ، މުހިންމު ކަމެއް، އަދި ގިނަ ބައެއްގެ މަސްލަހަތު އޮތް ކަމެއްގައި ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގެން މިވަރުގެ ކަމެއް ކުރައްވާނެ ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން"، ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވި، މި ކުޅިވަރަށް ތާއިދު ކުރާ ފަރާތްތަކާއި ޓީމްތަކުން ބޭނުންވަނީ ކުރިންވެސް އޮތް ގޮތަށް، ގައުމީ އެސޯސިއޭޝަނެއް ގޮތަށް، ގައުމީ ހައިސިއްޔަތު އަލުން އަނބުރާ އިޔާދަކޮށްދިނުމަށް ކަމަށެވެ.
ނަހުލާ ވިދާޅުވީ، މީގެ ދެ ހަފްތާހެއްހާ ދުވަސް ކުރިން އެންބީއޭ އިން ލ އަތޮޅުގައިވެސް ބަށި ބޯޅަ ދެ މުބާރާތެއް ބާއްވާފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހާ ތެރޭގައި ފުލުހުންގެ ބަށި ބޯޅަ މުބާރާތެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަަމަށް ނަހުލާ ވިދާޅުވިއެވެ.
"މިއީ ހަމައެކަނި އީދު ކުޅިވަރެއްގެ ގޮތުގައި ކުޅޭ ކުޅިވަރެއް ނޫން. މި އަހަރުގެ ތެރޭގައިވެސް ބަށި ބޯޅަ މުބާރާތްތައް އެބަ އޮތް އެކި ފަހަރު މަތިން ބާއްވާފައި. އަހަރެއްގެ ތެރޭގައި އީދު މި އަންނަނީ ދެ ފަހަރު، މިއީ މިހާތަނަށް އީދު ކުޅިވަރެއްގެ ގޮތުގައި، ރާއްޖޭގައި ކުޅޭ ކުޅިވަރެއް ނޫން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންހެނުން އެންމެ ފޯރި ނަގާ، އެންމެ ސަގާފީ އަދި ހަމައެކަނި އަންހެނުން ކުޅޭ ދިވެހި ކުޅިވަރު". ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ، އެހެން ގައުމުތަކެއްގައިވެސް އެ މީހުންގެ އަމިއްލަވަންތަ ކުޅިވަރެއް ކަމުގައިވަނީނަމަ އެ މީހުން ކުރިއަށްގެންދަން މަސައްކަތް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އެސޯސިއޭޝަނުން ފާހަގަކުރަން ބޭނުންވޭ، މި ނިންމުމަކީ އަސްލު ފަހަތަށް އެޅި ފިޔަވަޅެއް ގޮތުގައި، ފިޔަވަޅު އަޅަން ވާނީ ކުރިއަށް، ކުޅިވަރުގައި އައިސްފައި އޮތް ހިސާބުން އެއަށްވުރެ ކުރިއަށް މީތި ދާން ވާނީ"،ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ފާހަގަކުރެއްވިގޮތުގައި، އެ އޮފީސް ހުސް ކުރުމަށް ދީފައިވާ މުއްދަތަކީ މާދަމާ މެންދުރު 2:00 ގެ ކުރިން ކަމަށެވެ. އަދި އެ އޮފީހުގައި ވަރަށް ބައިވަރު އެއްޗެހި ހުންނާނެ ކަމަށާއި، މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި މިތަން ހުސް ކުރުން އެންގުމުން މި އެއްޗެހި ގެންދާނެ ތަނެއްވެސް ނޭގޭ ކަމަށް ނަހުލާ ވިދާޅުވިއެވެ،
ނަހުލާ ވިދާޅުވީ، އެ އެސޯސިއޭޝަނުން ބޭނުންވަނީ މި މައްސަލަ ހައްލު ކުރަން ކަމަށެވެ.
ބަށި ބޯޅައެސޯސިއޭޝަން އިން އުޅުނީ ބަށި ކުޅޭކަށްނޫން އެހެން ކަންކަމާ އުޅެން ހަދައިގެން ބަށި ދިޔައީ ދަށަށް.
ތި ނަހުލާއަށް އެއްވެސް ކަމެއް ނުވާނެ، ހިތުން ސިޔާސީ ގޮތުން މާބާރު ގަދަ މީހެއްތީ. އުޅެނީ ޖާބިރުއާއި އެކީ ޔޮޓުގަ
މަހޭ ކަލޭ ކީއްވެ ނަހުލާ މަގުމަތި ކޮއްލީ
ތިއޮފީސް ހުސްކޮށް ތިތާހުރި އެއްޗެއްސާ ތިތާ މަސަައްކަތް ކުރި މީހުން ގެންގޮސް އުކާލަންވީ ތިލަފުއްޓަށް..
ނަހުލާސާބަސ
ނަހުލާ އާ ޖޭވީ ދޯ
މި ނަހުލާމީ ބަށިބޯޅަ އެސޯސިއޭޝަންގެ ރައީސްތަ؟ އެސޯސިއޭޝަން ހަދައިގެން ދައުލަތުން ބަޖެޓުނަގައިގެން ދޯމިއުޅެނީ.......
ސެކެރަޓެރީ ޖެނެރަލްދޯ ނަހޫމީ
ނަހުލާ ގަދަ
ލަވް ޔޫ ނަހޫ
ނަހުލާގެ ވާހަކަ ރަނގަޅު
ޝުކުރިއްޔާ ނަހުލާ
ކާމިޔާބަށް އެދެން
ނަހުލާ އަށް ވާނެ
މަހުދީ އައި ލަވް ޔޫ
އުވާލަން ލަސްވެސް ވެއްޖެ ކުޅިވަރެއްތީ.. ބަޝި އެސޯސިއޭޝަނެއް ބާއްވަންޔާ ދިގު އުޑި އެސޯސިއޭޝަނެއްވެސް ހަދަން ޖެހޭނެ..
ބަށިބޯޅަ ކުޅުން އޯކޭ ޤައުމީ ހައިސިއްޔަތު ދޭކަށް ނުފެނޭ. ތީ ރާއްޖޭގައި އާލާވާނެ ކުޅިވަރެއްވެސް ނޫން ގިނަ ރަށްރަށުގައި ކުޅެން ބޭނުންވެސް ނުވާ ކުޅިވަރެއް.
ރައީސް ސޯލިހު ގޯނިފުލަށްލާ. އޭރުން ތިޔަޕެޓިޝަން ގަބޫލުކުރާނެ. ޔަގީން ތިކަން ސޯލިހަކަށް ނޭގޭނެ. އެނގިއްޖިއްޔާ ވަރަށްކޯފާވާނެ. މަހުލޫފު ގޭގައި މަޑުކުރަން އަންގާނެ. އަވަހަށް ޕެޓިޝަން ހުށަޅާ. އަނެއްކާ ތިޔައެސޯޝިއޭޝަން އުވާނުލަނީސް ހުށަހެޅޭތޯ ބަލާތި.
ސަރުކާރުގެ އެނިންމުމަށް އަޅުގަޑުވެސް ތާއީދު ބަށިބޯޅައަކީ ވަރަށް ގެއްލުންވާކުޅިވަރެއް އަދި ދުނިޔޭގެ އެއްވެސް ގައުމެއްގައި ކުޅޭކުޅިވަރެއްވެސް ނޫން އެހެންވީމާ އެ އެސޯސިއޭޝަން އުވާލިއަށް ކޮންމެ މުނާސަބަތަކާއިގުޅިގެން އެކުޅިވަރުކުޅެވިދާނެ