ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް އަންހެން ކުޅިވަރު ތަރި އައިމިނަތު ޝިއުރާއަކީ ދިވެހި ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ ތަރި އެކެވެ. ރާއްޖޭގެ ކުޅިވަރު މައިދާނުގައި ފާހަގަކުރެވޭ ޝަހުސިއްޔަތެއްގެ ގޮތުގައި ނަން ފަވާލެވިފައިވާ ޝިއުރާ އަކީ ބާސްކެޓް އަދި ނެޓްބޯޅައިގެ އިތުރުން ހޭންޑްބޯޅައިގައި ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.
ޝިއުރާ ވަނީ މި ތިން ކުޅިވަރުން އެތައް ކާމިޔާބީތަކެއް ހޯދައި ގިނަ މުބާރާތްތަކުގައި މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދާފަ އެވެ. އޭނާ އަކީ އަންހެން ކުޅިވަރު ކުޅުންތެރިންގެ ތެރެއިން އާއްމުންގެ ތެރޭގައި އެންމެ މަގުބޫލު އެއް ކުޅުންތެރިޔާ އެވެ.
ކުޅިވަރުގެ މައިދާނުގައި އެންމެ މަތީ ފަންތީގެ ނަން ތަކުގެ ތެރޭގައި ހިމެނޭ ޝިއުރާ އާއި ގައުމީ ޓީމުގެ ފޯވަޑް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ދެ އަންބަށް ކައިވެނިކުރިތާ ދެ އަހަރުވާން ގާތްވެފައިވާއިރު، އެ ދެމަފިރިންގެ ދަރިފުޅަށް މިހާރު ނުވަ މަސް ވަނީ ވެފައެވެ.
ގައުމީ ބާސްކެޓްބޯޅަ ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޝިއުރާ، މެދުކެނޑުމަކަށްފަހު އަލުން ކޯޓު ތެރެއަށް ނުކުމެފައިވާއިރު މިހާރު ކުޅުދުއްފުށީގައި ކުރިއަށްދާ ގައުމީ ޓީމުގެ ކޭމްޕްގައި އޭނާ އަންނަނީ ބައިވެރިވަމުންނެވެ. ޝިއުރާ ކޭމްޕަށް ފުރާފައިވަނީ އޭނާގެ ނުވަ މަހުގެ ދަރިފުޅު ގޮވައިގެންނެވެ.
ބާސްކެޓް އާއި ނެޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ޝިއުރާ ހޯދާފައިވާއިރު، ވިހެއުމަށްފަހު ދާދި ފަހުން މާލޭގައި ބޭއްވި ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ ފީބާގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތަށް ކޮލިފައިވާން ބޭއްވި އޭޝިއާ މުބާރާތުގައިވެސް ޝިއުރާ ވަނީ ކުޅެފަ އެވެ.
ދެއްކުންތެރިކަން
ހިތާމަކުރަން، ޝިއުރާ އަށްވުރެ މާބޮޑުތަނުންވެސް މޮޅު ޒުވާންކުދިން އެބަކުޅޭ އެކަމަކުވެސް އަމިއްލަ އެދުމާއި ބައެއްގެ ރޭވުމުން ވަކި ބަޔަކަށްނޫނީ ޗާންސު ނުދިނުމުގެ ފަލްސަފާގެ މަތިން ހިންގާ ޖަރީމާއެއް. ދެންދެކިބަލަ ތިޔަބުނާ ޝިއުރާ އެންމެ ފަހުން ކުޅުނު މުބާރާތުގައި އުޅުނު ހާލު ފަހަތަށް 18 ޓަނުގެ ނަގިއްޔެއްލާގެން ދާ އާގުބޯތެއްހެން ކޯޓުމަތީގައި ދެމުނީ. ހުތުރުދޯ ޝިއުރާއަށްވެސް. މީކީ މޮޅުކަމެއްނޫން އަދި ސަޅިކަމެއްވެސްނޫން. މީ ހުތުރުކަންބޮޑު އަމަލެއް.
ޝިއުރާ އަކީ ޝިއުރާގެ ރަންޒަމާނުގައި މޮޅު ކުޅުންތެރިއެއް. މިހާރު މިފަހުން ޝިއުރާއަށް އެއްވެސް ވަރަކަށް މިއުޅޭ ޒުވާންކުދިންނާ އެއްފެންވަރެއްގައި ހިފަހައްޓައެއްނުލެވޭ. އަދި ކުރިމަގުގައި ވާނޭކަމެއްކަމަކަށްވެސް ނުދެކެން އެއީ އިންސާނުންނަށްވީތީވެ. މިހަގީގަތް މިހެން އޮތްއިރު ޝިއުރާ ހައްދައިގެން ބަޔަކު މީނާ ގައުމީ ސްކޮޑަށް ލުމަކީ ކުރިންވެސް މީނާ ވިހައިގެން އޮތްއިރުވެސް ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދެމުންގެންދާ މުސާރަ މީނާއަށްދެމުން ދިޔަހެން އަނެއްކާވެސް މަޖުބޫރީ ހާލާތު ޖެހިގެން ހިންގާ ހުތުރު އަމަލެއްކަމަށް ފެނޭ.
މިހުތުރު ރޭވުމަކީ ޝިއުރާ އަށް ގައުމީ ކުޅުންތެރިންގެ މުސާރަ ދީ ދީ ހުރުން. ތިޔަހާ އެހީވާން ބޭނުމިއްޔާ ގެންގޮސް ގޭގައި ބާންދަންވީނުން. ކޮންމެހެން މިކުޅިވަރު ފުޑާލަން އުޅުމަށްވުރެ.
އަލުގަނޑުމެން މިބަލަނި ހުރިހާކުޅިވަރަކުންވެސް ރިޓަޔާރ ކުރާ ކުދިން އަލުން ކުޅިވަރުގެ މައިދާނަށް ނެރެވޭތޯ ހާއްސަކޮށް މަންމައިން. އޭގެ ޓެސްޓެއް މިފަހަރު ޝިއުރާއަށް. ހީވަނީ ރަގަޅުވާނެހެން. މަރޭ.
ތިޔަފުރުސަތު އެހެން ކުދިންނައް ދޭނަ މަ ތިޔަ ގޮތައް ބުނެވޭނެ ، ދެންސިއުރާ އިނީ ޓީރެކްސް ފިރިހެން ޓީ މް ގެބެންޗުގަ އ ކޯޗެއް ގޮތުގަ ރާއްޖޭގަ ބޭއްވި އެއްވެސް ކޯޗިން ކޯހެއްގަ ވެސްބާއިވެރި ނުވެ ، ސިއުރާ އައްވުރެ މާޅެތި ޒުވާން ކުޅުން ތެރިން ނައް ފުރުސަރު މާ ހައްގް ، ހަސަންބަންޑާ ގެއަ މިއް މިއްލަ އެދު މައިގެން ކުރުވާ ކަ މެއް ތީ ، އަދި ބޯގަންވިލާ އައް ނިސްބަތްވާ މީހަކުހުއްޓަ ބާސްކެޓް އެސޯސިއޭސަން ދުވަހަކުވެސް ރަނގަޅުވާކައް ނެތް، ހަޖަ މް އިނގޭ
އަލުގަނޑުމެން މިބަލަނި ހުރިހާކުޅިވަރަކުންވެސް ރިޓަޔާރ ކުރާ ކުދިން އަލުން ކުޅިވަރުގެ މައިދާނަށް ނެރެވޭތޯ ހާއްސަކޮށް މަންމައިން. އޭގެ ޓެސްޓެއް މިފަހަރު ޝިއުރާއަށް. ހީވަނީ ރަގަޅުވާނެހެން. .ދެންކީއްވެ ތޯ އެހެން ކުޅުން ތެރިންނައް ފުރުސަތު ނުދެނީ
ނުވަ މަހުގެ ތުއްތު ކުއްޖަކު ގޮވައިގެން ކޮން ތަ މްރީނެއް ހެދޭނީ ، ހަ މަޖެހޭ ކަންތައްކޮއްބަލަ، ލަދުން ހަލާކު
ސިއުރާ ވޭތިވެދިޔަ 4 އަހަރުތެރޭގަ މުބާރާތެއް ނުކުޅެ ޓަސް ގައުމީޓީމައް ، ކޮބާ އެހެން ކުދިން ގެ ހައްގް