ބަނގްލަދޭޝްގެ ސައިފް ސްޕޯޓްސްގެ ކޯޗު ކަމުގެ މަގާމުން ރާއްޖޭގެ މުހައްމަދު ނިޒާމް (ނިޒާމްބެ) އިސްތިއުފާ ދީފި އެވެ.

ދިވެހި ކޯޗުންގެ ތެރެއިން ބޭރު ގައުމެއްގެ ވަރުގަދަ ލީގެއްގައި ކްލަބަކަށް އިރުޝާދު ދިން ދިވެހި ފުރަތަމަ ކޯޗުގެ ޝަރަފް ހޯދި ނިޒާމްބެ އޭނާގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ދެ ފަރާތް އެއްބަސްވެގެން ސައިފް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ނިންމާފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ނިންމި ނިންމުމެއް ކަމަށާއި ބޭނުންވަނީ ކުރިއަށް ރާވާފައިހުރި ޕްލޭންތަކާއެކު ކުރިއަށްދާން ކަމަށް އެ ޕޯސްޓުގައި ނިޒާމްބެ ބުނެފައިވެ އެވެ.

ބަންގުލަދޭޝްގެ ޕްރިމިއާ ލީގުގައި ވާދަ ކުރަމުން އަންނަ ސައިފް ސްޕޯޓްސް ކުލަބާއި ނިޒާމްބެ ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ. ސައިފް އާއި ހަވާލުވިތާ ދެ މަސް ފަހުން ނިޒާމްގެ އެކުލަބާއި ވަކިވާން ނިންމި އިރު ސައިފް ވަނީ މީގެ ދެ ދުވަސް ކުރިން ބަނގްލަދޭޝްގެ ފެޑަރޭޝަން ކަޕުގެ ކުއާޓާ ފައިނަލުން ބަލިވެ މުބާރާތާއި އަލްވަދާޢު ކިޔާފަ އެވެ.

ސައިފް ބަލިވީ ބަނގްލަދޭޝް ޕޮލިސް ޓީމާއި ވާދަކޮށް 3-1 އިންނެވެ. ފެޑެރޭޝަން ކަޕްގެ ފުރަތަމަ މެޗުގައި ރަހުމަތުގަންޖާ އާއި ސައިފް ވާދަކުރި މެޗު ލަނޑެއް ނުޖެހި ދެޓީމު އެއްވަރު ވެގެން ނިމުނު އިރު ދެ ވަނަ މެޗުގައި ޝެއިހް ޖަމާލް ޑީސީއާ ދެކޮޅަށް ކުޅެ 3-1 އިން މޮޅުވެ ގްރޫޕް އެއް ވަނަ ޓީމުގެ ގޮތުގައި ސައިފް ކުއާޓާ އަށް ދަތުރު ކުރި އެވެ. މިދިޔަ އަހަރުގެ ފެޑެރޭޝަން ކަޕްގެ ކުއާޓާ އިން ސައިފް ކެޓީ ޝެއިހް ޖަމާލް އަތުން ބަލިވެގެންނެވެ.

ނިޒާމްބެ “މިހާރު” ނޫހާއި ހަވާލާދީ ބުނީ ކުއާޓާ ފައިނަލް މެޗުން ބަލިވީ ސައިފްގެ ކުޅުންތެރިންނަށް މެޗު ފަސޭހަކޮށްލެވުމުން ކަމަށާއި އެކަމަކު ދެ ވަނަ ހާފުގައި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުން ފާހަގަކުރާ ކަމަށެވެ.

ތޭރަ ޓީމު ވާދަކުރާ ބަންގްލަދޭޝްގެ ޕްރިމިއާ ލީގު ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ ތެރޭގަ އެވެ. ނިޒާމްބެ ސައިފްއާ ހަވާލުވީ މިދިޔަ އަހަރުގެ ދިވެހި ޕްރެމިއާ ލީގު ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ޓީސީ ސްޕޯޓްސް ކްލަބަށް ހޯދައި ދިނުމަށްފަހު އެވެ.

ޓީސީ ގޮވައިގެން 2017 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ހޯދި ނިޒާމްބެގެ ކޯޗުކަމުގައި ޓީސީން ވަނީ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި 2018 ވަނަ އަހަރު ސައިފް ސްޕޯޓިން ކްލަބު ބަލިކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބިސްބޮންގޮންގް

    ކިހިނެތް ތި ހެދީ؟ ބޭރަށް ހިންގާ ގެރިއެއްހެން ހަވާލުވެފަ އިސްތިއުފާދީފަ ހަވާލުވެފަ އިސްތިއުފާ؟ އަވަހަށް އާދޭ ރާއްޖޭގެ ކްލަބަކާ ހަވާލުވާން! ނޫނީ ގައުމީ ޓީމާ ހަވާލުވާންވީނު؟ ގައިމު ސްޓޭގާޓަށްވުރެ ހާސްބައި މޮޅުވާނެ!

    8
    3
  2. ޒާހިދު

    އަހަރެން ކޯޗް ނިޒާމް ދަންނަން. ވަރަށް ގާތުން ދަންނަން. ނިޒާމް އަކީ މޮޅު ވިސްނުން ތޫނު އަދި އެހާމެ ހިތްތިރި ކޯޗެއް. ތިމާގެ އަމިއްލަ އަމާޒު ކަނޑައަޅައި މަސައްކަތް ކުރަން ދަންނަ މަސައްކަތް ކުރަން ކެރޭ ކޯޗެއް!

    5
    6
  3. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ފެއިލްވީމަ އިސްތިއުފާ ދީފަ ދާންޖެހުނީހެން ހާދަ ހީވެޔޭ. ހިފަހައްޓާ ނުލެވުނީ. އެކަކުވެސް އަމިއްލަ ފެއިލިޔަރ ގެ ވާހަކައެެއް ނުދައްކާނެ.

    14
    1
  4. ސާބަސް

    ޓީސީގަ ތިބި އާދައިގެ ކުޅުންތެރިންނާ އޭރު އެޓީ މު ކުޅުނު މޮޅު ކުޅުން ފެނުނު މީހަކު ގައު މީ ޓީ މުގައި މިދިވެހި ދަރި ހުރުން އެދޭނެ

    2
    3
  5. ކަހަބު

    ތަނެއް އިތީޔާ ބޯގަޅާލާތި. މަރޭ އެކޭ މިކަލޭގެއެކޭ އެއްތާކު ޖެހެނީ.

  6. އައޑ ގޫބއޑ

    ބަންގްލަދޭޝްގެ ނޫހެއްކަމުގައިވާ ޑާކާ ޓްރިބިއުންގައިވަނީ ގައުމީ ޓީމްގެ ކުޅުންތެރިންނާއެކު ނުކުމެ އުއްމީދުކުރިވަރުގެ ނަތީއްޖާއެއް ނުނެރެވުމުން ސައިފްގެ ކޯޗްކަމުން ނިޒާމް ވަކިކޮއްފިކަމަށް އެޓީމްގެ މެނޭޖިންގް ޑިރެކްޓަރ ނާސިރުއްދީން ޗައުދުރީ ބުނުއްވިކަމަށް.

  7. މޯޑް

    ޢިސްތިޢުފާ ދިނީކީ ނޫން ބޭރުކޮށްލިކަމަށްވަނީ.